ދިގުރަށު ތުނޑި: ފީ ނުދައްކާ ޓޫރިސްޓުން ދިގުރަށުން ބޭލި މައްސަލަ ބަލަން ސަރުކާރުން ވަނީ ނިންމާފައި.
14 މާޗް 2025 - 14:57
އދ. ދިގުރަށް ކައުންސިލުން ކަނޑައަޅާފައިވާ ފީ ނުދޭ ޓޫރިސްޓުން އެ ރަށުން ބޭރުކުރާ މައްސަލައިގެ ތަހުގީގެއް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ދިގުރަށު ކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަަހައްދު ނޫން ތަންތަނުގައި ޓޫރިސްޓުން މަޑުކުރާ ނަމަ އަދި ތުނޑި ބޭނުން ކުރާ ޓޫރިސްޓުން އަތުން ފީތަކެއް ނަގަން ނިންމައިފަ އެވެ. ދުނިޔޭގެ މަގުބޫލުކަން ވެސް ލިބިފައިވާ ދިގުރަށު ތުނޑިއަކީ ރާއްޖޭގައި ވެސް އޮތް އެފަދަ އެންމެ ބޮޑު އެއް ތުނޑި އެވެ.
އެ ތުނޑިއަށް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާއިރު، އޭގެ ތެރޭގައި ކައިރި ރިސޯޓްތަކާއި އެހެން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ހިމެނެ އެވެ.
ކައުންސިލުން ފީ ނަގަން ފެށި ފަހުން، އެ ފީ ނުދައްކާ ޓޫރިސްޓުންނަށް ތުނޑީގައި ނޫޅެވޭނެ ކަމާއި އެ ރަށުން ފައިބަން ޖެހޭނެ ކަން ދަނީ އަންގަމުންނެވެ. ފީ ނުދައްކާ އުޅުނު ޓޫރިސްޓުންތަކެއް ރަށުން ފައިބަން، ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އަންގާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެއީ، ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަނބުވެގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އެކަމާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިގުރަށުން ފެނިގެންދިޔައީ ހިތާމަވެރި ކަމެއް ކަމަށާއި އެކަން ހިނގި ގޮތުގެ ހާލަތުތައް ދެނެގަތުމަށްޓަކައި ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"ރަށްރަށުގައި އޮންނަ މުޖުތަމައުގެ މިންގަނޑުތަކަށް އިހްތިރާމްކުރުމުގައި އަޅުގަނޑުމެން ދެމިތިބި ނަމަވެސް، އަޅުގަނޑުމެންގެ ރަށްރަށުން ފަތުރުވެރިންނަށް އެކަށީގެންވާ މަރުހަބާއެއް ކިޔަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މުޖުތަމައުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި ޓޫރިޒަމް ސިނާއަތް ފުޅާކޮށް ކުރިއަރައިދިއުމަށްޓަކައި، ކަމާގުޅޭ ހުރިހާ ފަރާތްތަކަކާ އެކު ގާތުން މަސައްކަތްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
14 March 2025
ޓޫރިސްޓުން ނައީމާ ދެން ކޮންއެއްޗެއް ނަގާނީ؟ މިސަރުކާރުގެ ހަރުކަށިގޮތް ކޮންމެ ރަށެއްގައިވެސް ކުރިއަރައިދާނީ،.
އޮނަރަބްލް އަފީފު ދީދީ
14 March 2025
މިކަމުގައި ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ދެކެން. ދިވެހިން އަތުން ފީއެއް ނުނެގި ކަމަށްވިޔަސް ތިތަނަށް އަރާ ފައިބާ ވާކްވީސާ އޮތް ބޭރު މީހުނާއި ޓްއަރިސްޓް ވީސާގައި އުޅޭ ބިދޭސިން އަތުން ތިތަން ބެލެހެއްޓުމަށާއި ތަން ތަރައްޤީކޮށް ހިދުމަތް ދިނުމަށާއި، ތަން ރައްކާތެރިކޮށް ބަލަހައްޓާން ތިބޭ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ފަދަ ކަންކަމަށް ކުރާ ޙަރަދު ހޯދުމަށްޓަކާ ޓްއަރިސްޓުންގެ އަތުން އެކަށީގެންވާ ފީއެއް ނެގުމަކީ ހަމަ ރަނގަޅު ކަމެއް ކަމަށް ދެކެން.
މުޑަހަންޖާ
14 March 2025
ޓޫރިސްޓުމީހާ އަތުން ފީއެއް ނަގަންޏާ ކ.މާލޭ ކޮންމެވެސްތާކަށް އެފައިސާ ޖަމާކުރެވޭ ގޮތަށްއޮތުން މީގަ މުހިންމީ. އެއްގޮތަކަށްވެސް އެހެން ރަށަކަށް ފައިސާކޮޅެއް ވަންނަކަހަލަ ފީއެއްނެގުން ރަނގަޅެއްނޫންކަމުގައި އަހަރެމެން ދެކެނީ.
އައިމިނާ
14 March 2025
ގަވާއިދާ ޚިލާފުވާ ކައުންސިލަރުން ވަކިކުރެވޭ ގޮތަށް ކައުންސިލްތަކުގެ ގަވާއިދު އިސްލާޙު ކުރަންޖެހޭ. ހީވަނީ ކޮންމެ ކައުންސިލަކީ ވަކި ސަރުކާރެއްހެން. އެ ގޮތަށް ސިފަވަނީ. ޢަމަލުތައް ހުންނަ ގޮތުން. އެމްޑީޕީން ގައުމު ހަލާކުކޮށް ސުންނާފަތިކޮށްފި. އަތޮޅުވެރިން އުވާލާ ކައުންސިލްތައް ގެނައުމުން ގެއްލުންވަނީ.
އަސްލު......
14 March 2025
މިރާއްޖޭގަ އެއްވެސް ގާނޫނެއް ގަވާއިދެއް ތަންފީޒެއް ނުކުރެވޭނެ.....
ޜާސްތާ
14 March 2025
ގިނަ ގައުމުތަކުގަ އެގައުމެއްގެ ގުދުރަތީ ރީތި ތަންތަނާ ހިމާޔަތްކޮށްފަ އޮންނަ ތަންތަނާ ނުވަ ތަރައްގީކޮށް ހަދާ ޕާކުތަކަށް ފަތުރުވެރިންނަށް ވަދެވެނީ ފީއެއްދައްކައިގެން. އެގަވައިދާ ހިލާފަކަށް ނުވަދެވޭނެ. ތަނެއް ރީތިކޮން ބަލަހައްޓަން ހަރަދެއްވެސް ހިނގާނެ އެކަން މެނޭޖުކުރަން ފަތުރުވެރިޔާއަތުން އަގެއް ނެގޭނެ. މީގަ ގޯހީ ކައުންސިލަރެއްނޫން ތިޔަމީހުން ތިތަނަށް އެރުވިމީހުން.
ޜިޔާޒު ރަސީދު
14 March 2025
އެހެންވީމާ ވަނުމުގެ ކުރިން ފީ ނަގާނީ. ކައުންސިލްގެ ރައީސް ނިކުމެ ރަށުން މީހުން ބޭރުކުރަން އުޅުނީމާ ހަމަ ހުތުރު.
އަފްރާސިޔާބު
14 March 2025
ދަނޑިޖަހައި ބަންދުކޮށްފައި ސަތަރި އަޅައި ފޮރިވަންވީނުން ރީތިކަން ދަމަހައްޓަން.
ކުރުރަށް
14 March 2025
ދިގުރަށު ކައުންސިލުން ހީކުރަނީ އެއީ ވަކި ދަޢުލަތެއްކަމަށް އެމީހުން ހިތައްއަރާގޮތައް ކަންކަންކުރަނީ... ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އިންޓަރވީން ކުރަންޖެހޭ
ސަލީމު އިދުރީސް
14 March 2025
މިހާރު ވަރައް ބޮޑުވެއްޖެ ކަމެއްތީ! ޓުއަރިސް އަންނީ ގުރީނު ޓެކުސްސައްވެސް ބޮޑު އަދަދެއް ދައައިގެން! ރަށަކައް އެރިއަސް މައްސަލައެއްނޫ ސަބަކީ ކައުންލައްވެސް ކުނިމޭނޭޖު ކުރެވޭނެ ބަޓެއް ސަރުކާރުންދޭތި! އޭގެ ޒާތުގަ އެއްވެސް ރަށެއްގެ ބީޗަކީ ފުރައިވެޓު ތަނެއްނޫން! އެކަމަކު ބީޗުގަ ދޭހިދުމަތުން ފައިސާ ނެގޭ ގޮތައް އޮތުން މައްސަލައެންނޫން! ރަށައް އަރާމީހަ ބީޗުގަ ތުވާއްޔެއް ފަތުރައިގެން އިށިއިންނަން ޓެކުސް ނެގިގެންނުވާނެ
ގަދަނޫ
14 March 2025
އަޅެ ކަލޭ ވެއްޖެނު ސާފުސީދާ ދިވެހިބަހުން ލިޔަން ދަސްކުރަން ފުރަތަމަ! ލިޔެފަ ތިހުންނަ އެއްޗެއް ކިޔަންވީމަ މުޅި ބޮލުާ ލޮލުގައޭ ރިއްސަނީ..
ޓީޖެޓީ
14 March 2025
އެހެންވިއްޔާ ރިސޯޓްތަކުގެ ބީޗްތައްވެސް ބޭނުންކުރެވެންވާނެ.
ކައުންސިލަރު
14 March 2025
މިއޮއްފަދަ ރޯދަމަހު ކައުންސިލަރު ގެސްޓުންގެ ފަހަތުން ތިޔަ ދުވަނީ އެހެން ކަމަކު ލޮލް
ޕިކްސް
14 March 2025
ދިވެހިންނަށް ބޭނުން އިރަކު ގޮސް ރިސޯޓުތަކަށް އެރޭތަ. އެ ކަމަކު ރިސޯޓުތަކުން ގެސްޓުން އަތުން ފީ ނަގައިގެން ރައްރަށަށް ގެނެސް އެރަށުގެ ގުދުރަތީ ރީތިކަން މިވިއްކަނީ. ރަށަށް އެއްވެސް އެއްޗެއްނުދީ.
ނަށީދު
14 March 2025
ރަށާ ބެހިބަލަ