14 މާޗް 2025 - 19:16
އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.
އެ މައްސަލާގައި އަބްދުއްރަހީމް ވިދާޅުވީ ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް ކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށެވެ.
އެ ކުދިންގެ އަބުރާ އިއްޒަތް ނަގާލައި، ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެ ކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އަބްދުއްރަހީމް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލެއްވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމަ، ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރި ކުރުމުގެ ބަޔާނަކުން ފުއްދައި ނުލައްވައި، އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަންދީގެ އެ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކުށްވެރި ކޮށްފަ އެވެ.
އެ ބަޔާނުގައި ވަނީ ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެ ކޮމިޝަނުން ވަނީ ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ. އެ ކޮމިޝަނުން ބުނީ، ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނައި ގަވާއިދާ ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން އެ ޕާޓީތަކަށް ހަނދާން ކޮށްދޭ ކަމަށެވެ
އެކަމަކު، މަންދީގެ ވާހަކަތައް ދިފާއުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެއީ ކުޑަކުއްޖަކަށް ނިސްވަތްކޮށް އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބާން
15 March 2025
އަސްލުވެސް މީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން. މިގޮތަށް ނޫނަސް އަޑު ގަދަ ކުރެވިދާނެ. އެހެން ނޫނަސް ނޮޓް ސަމްތިންގް ސަޕްރައިޒިންގް. އޭސް އެކްސްޕެކްޓެޑް ފްރޮމް އެމްޑީޕީ. މަގުމަތީ ބޮޑުވި ޕާޓީ އެއް ވީމަ އުޅުމެއް ގޮތެއް ފޮތެއް ނުހުންނާނެއްނު
އަންމި
15 March 2025
މަހުވާ އެއްވެސް ވަރަކަށް ސިޔާސީ ވާހަކަ ދައްކަން އިނގޭ ބައެއް ނޫން މި އެމްޑީޕީ އަކީ. އަބަދުވެސް ކިޔޭ ނުކިޔޭ އެއް ނޭގޭނެ. އެންމެ ފަހުން ރޮޒެއިނާ އޭ ކިޔާ އެތި ކުފުރު ވީ. ދެން މި މަންދީ ކިޔާ ހުތުރު އެތި މި ބެހެނީ ދަރީންނާ. މީހުންގެ ސަމާލުކަން ހޯދަން އުޅުނަސް ތި ބޮޑުވަރު
ހުދުކުލަ
15 March 2025
އެކަމަކު، މަންދީގެ ވާހަކަތައް ދިފާއުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެއީ ކުޑަކުއްޖަކަށް ނިސްވަތްކޮށް އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ. މިހެން ނުބުނާނެ އެހެން ބަޔަކު، މިމީހުންގެ މީހެއްގެ ދަރިއަކާ ގުޅުވައިގެން އެކަހަލަ އެއްޗެއް ބުނިނަމަ. އެހެން މީހުންނަށް ދުއްޕާނާ ހަމަވާނެ
އަފްރާސިޔާބު
15 March 2025
ދެއްކި ވާހަކައެއް ދެއްކިގޮތަކަށް ލިޔެލިނަމަ އާންމުންނަށް ވެސް އެނގޭނެ ކަރާމަތަށް ގެއްލުންވި ކަމެއް. އެންމެންނަކީ މުޒާހަރާ ކުރާތަނާއި ދައްކާވާހަކަ ބަލަން ތިބޭ ބައެއްނޫން.
މޯޑޭ
15 March 2025
ގައުމީ ސަލާމަތަށް ނުރައްކަލެއް، ސިފައިންނާއި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް!. މިކަން މިހާރު ނިމްނީތޯ?
ރަން
15 March 2025
ކަމެއްގެ ހަގީގަތަށް ކިޔާދިނުމުން ކޮބާ މައްސަލައަކީ؟ އަމއްލަ ދަރިން ނުބަލާ ވާހަކަ ވަރަށް ގިނައިން ފެނޭ.
ފާއިހް އަލީ
15 March 2025
ބަލަ ދަރީންގެ ވާހަކަ ސިލްސިލާ މުޒާހަރާ އެއްގައެއް ނޫނެއްނު ދައްކަންވާނީ. އެހެން ނޫނަސް މެޑަމް ސާޖިދާ ނޫޅޭ ދަރިން ނުބެލިގެން. އެހެން ނޫން ނަމަ އެކުދިން އެހާ ކިޔަވަން މޮޅެއް ނުވާނެ. ބެހެންޏާ މުއިއްޒުއާ ސާޖިދާއާ ބެހޭ ބެހޭނެ ގޮތަކަށް، އެކަމަކު ދަރިންނަކާ އެފާޑަށް ނުބެހެވޭނެ
އައިޝަތް މާހާ
15 March 2025
ކުޑަ ކުދިން ސިޔާސީ ކުރީމަ އެކަން ކަމަކުނުދޭ. އެމްޑީޕީ ދެކެ ފޫހިވެއްޖެ. ލަދުވެތި ކަމެއް. މަންމައެއްގެ ހައިސިއްޔަތުން މިކަން ބެލުމަށް ގޮވާލަން
ފާފު
15 March 2025
ހީވަނީ ވަރަށް އެއްވެހި ގޮވައިގެން އުޅޭހެން އަނެއްކާ ކީކޭ ކިޔައިގެންތަ މިއުޅެނީ، ގައުމު އެލާޓުވެފައި މައިތިރި ވިރުވެސް mihaa ފޯރިއެއް ނެތްވިއްޔާ!
ޝައުގީ
15 March 2025
އެމްޑީޕީ އަކީ މަގުމަގީ ޕާޓީއެއް. އެމީހުންނަށް ރަނގަޅުވާނީ އަބަދުވެސް މީހެއްގެ އަބުރަށް އަރައުގަތުން. މިކަންކަން ހުއްޓުވަން ޖެހޭ
މުހްތާރް
15 March 2025
އަސްލުވެސް. ސިޔާސީ ވިޔަސް އެމްޑީޕީއިން ކުރި ކަންތައް ބަލައިނުގަނެވޭނެ
ސިއްބަތް އަޒީޒް
15 March 2025
މިހާރު މިކަމަށް ފިޔަވަޅު ނާޅާފިއްޔާ ފަހުން މިކަން އާއްމުވާނެ
އަފްރާސިޔާބު
15 March 2025
ފިޔަވަޅު އެޅިއްޔާ ކަމެއްނުވާ ކަމަށްވީތަ؟ މީހުން ބަލައިގަންނާނީ ސަރުކާރުން ދައްކާވާހަކައެއް އެކަނި ނޫން. ބޭރުމީހުންވެސް ތިބޭނެ މިކުރާކަންތައް ބަލައި ފިޔަވަޅު އަޅަން.