ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިން ވަނީ ފަށާފައި.
28 މާޗް 2025 - 21:21
ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެތަނުގެ މަސައްކަތްތައް ސިފައިން މިއަދު ފަށައިފި އެވެ.
އެތަނުގެ މަސައްކަތްްތައް ސިފައިންނާ ހަވާލުކޮށްފައި މިވަނީ މިހާރު ދަމަނަވެށީގައި ހިންގަމުންދާ އެތަނާ މެދު ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް، މިދިޔަ އާދީއްތަ ދުވަހު މުޒާހަރާކޮށްފައި ވަނިކޮށެވެ.
އެހެންވެ، އެތަނުގެ މަސައްކަތް އަވަސްކުރުމަށް ސިފައިންނަށް ހަވާލުކުރީ މިހާރު ހިދުމަތްދޭ ތަނުގެ ހާލަތު ރައީސް ބައްލަވާލެއްވުމަށް ފަހު އެވެ.
އެކްސްގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ވަނީ ރައީސްގެ އެންގެވުމާ ގުޅިގެން އެތަނުގެ މަސައްކަތް މިއަދު ސިފައިން ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށައިފި. pic.twitter.com/oFVzX1S5n4
— Maldives National Defence Force (@MNDF_Official) March 28, 2025
އެމްއެންޑީއެފުން ބުނި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. ސާވިސް ކޯ މިލިޓަރީ އިންޖީނިއަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް ކުރާނީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންނެވެ. އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިން ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެތަނުގެ މަސައްކަތް ފެށުމުކުރިން ވެސް އިންޖީނިއަރުންގެ ޓީމުން ވަނީ އެތަނަކީ ކުޑަކުދިން ގަޔާވާ ކަހަލަ ތަނަކަށް ހެދުމަށް ބައެއް ކަހަލަ ބަދަލުތައް ވެސް ޑިޒައިނަށް ގެނެސްފަ އެވެ.
ސިފައިން އެ މަސައްކަތް ނިންމުމަށް އަޒުމު ހިފާފައި ހުރީ އަންނަ މަހުގެ 25 އަށެވެ.
ކުރިން ކޮވިޑް-19 ފެސިލިޓީގެ ގޮތުގައި ހުޅުމާލޭގައި ބޭނުންކުރި އޮރެންޖް ހިޔާގެ އިމާރާތުން ފްލޯއެއް ތެލެސީމިއާ ސެންޓަރު ހިންގުމަށް ބަދަލުކުރަމުން އަންނައިރު އެތަނުގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ވެސް ނިންމާފައިނުވާ ކަމަށް ރައީސް ވިދާޅުވެ އެވެ.
އެހެންވެ، އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ މުއްދަތު އިތުރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޖައިބެއް
29 March 2025
ބ ދަރަވަންދޫގަ ކައުންސިލުން ހަދާ ކުޑަކުދިންގެ ޕާކުވެސް ސިފައިން ނިކުމެ ނިންމާލަދީބަލަ. ހަތަރު އަހަރުވީ . ކައުންސިލް މުވައްޒަފުންނަށް އޯޓީ ދީގެން ދިގުދަންމަނީ ޚިދުމަތްނުދީ
ބަބޫ
29 March 2025
ޔުނީފޯމްގައި މަސައްކަތްތިފެށީ ފޮޓޯކޮޅެއްގެ ބޭނުމުގައި
މަމެންގެ
29 March 2025
ދިވެހި ސިފައިން އެތަން ނިންމާނެ. ސިފައިން ނަކީ ޗޯރުންނެއް ނޫން
މުޑަހަންޖާ
29 March 2025
ތެލެސީމިއާއަކީ ކ.މާލޭގަ އެކަނި އުޅޭ ބައްޔެއްތަ.
ފެޓު ތަންބު
29 March 2025
ސޮރީ، ރުޅިއައިސްގެނެއް ނޫން، ނުބައި ބަޓަނަކަށް ފިތުނީ. ތިޔަ ބުނީ ރަނގަޅު ވާހަކަޔެއް.
ޝުމާރު ނަންބަރު އެކެއް
28 March 2025
ތަން ހީވަނީ ނިމިފަ ހުރިހެން ވަށާ ފާރާ ފުރާޅު ދަށް ބަލާލީމާ. ކީއްވެބާ އެކަމު ސީލިންގ ތިގޮތަށް ތިޔަ ވައްޓާލީ... ތިޔަ ޒާތު ބޯޑުން އަރާ ކުނޑި ވަރަށް ގެއްލުން ހުންނާނެ އިނގޭ ފުއްޕާ މެޔަށާ ލޮލަށްވެސް. މިވަގުތު ހެވިފަ ތިއްބަސް އެކަހަލަ ކުނޑީގެ ގެއްލުމުގެ އަސަރު ބޮޑަށް ކުރަން ފަށާނީ ޢުމުރުން 60 އާ ގާތްވީމާ. އިނގޭ އިރު ގިނަ ފަހަރަށް ހުންނަނީ ވަގުތު ފާއިތުވެފައި.
ކޯޓު އޮފިސަރު
28 March 2025
ކްރިމިނަލް ކޯޓު އިމާރާތްވެސް ސިފައިންނާ ހަވާލުކުރީމަ ނިމޭނީ. އެޗްޑީސީން އެތިބެނީ އޯޓީ ހަދާލަ ހަދާލަ. ނިންމާކަށް ނޫޅޭ
366ދާދާ
29 March 2025
ކޮން އޯޓީ އެއް ތަ. ކަލޭ ކުރާނެ ރަނގަޅު މަސައްކަތެއް ހިޔެއް ނުވޭ އޮތް ހެނެއް ދޯ އޮފިސަރޫ
ހަސަންބޭ..
28 March 2025
ދިވެހި ސިފައިން ރައްޔިތުންގެ ހައްޤުގައި ކޮށްދޭ ކޮންމެ ކަމަކަށް ހަމަ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން.. ޤަައުމު ކުރިއަށް ދިވެހި ސިފައިން.. ސާބަހޭ.
ކުރާށޭ
28 March 2025
ސިފައިން ޓެކްސީ ދުއްވުން މަނާކުރަންވީއޭ އެއީ ސިފައިންނާއި ފުލުހުން އިތުރު ގަޑީގައި ފައިސާ ހޯދަން ކުރަން ޖެހޭނެ ކަމެއް ނޫނޭ އެމެން އިތުރު ގަޑީގައި ފައިސާ ހޯދަން ކުރަން ޖެހޭނެ މަސައްކަތް ތަކަކީ މިގޮތަށް ސިފައިންނާއި ސަރުކާރުން ހަވާލު ކުުރާ ޚާއްސަ މަސައްކަތް ތަކޭ އެއް ނަމްބަރު ފާލަން ބެލެހެއްޓުން ވެސް ސިފައިންނާއި ހަވާލުކުރާށޭ އިސްލާމީ މަރުކަޒު ބެލެހެއްޓުން ވެސް ސިފައިންނާއި ހަވާލުކުރާށޭ އިސްލާމިކް މިނިސްޓްރީ އަށް އެކަން ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ
ކާދު
29 March 2025
ސިފައިން ކުރަންވީ ކަންކަމާ ނުކުރަނަވީ ކަންކަން ބުނެދޭން ތިޔައީ ކާކު. ސިފައިންނަކީ އަބަފުވެސ ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން ސަރުކާރުން ދޭ ލަފާގެ މަތިން ޤުއުމަށް އެހީތެތިވެދޭ ބައެއް.
ޖައްސާޖައްސާ
28 March 2025
ފެނަކަ އަތުން އައްޑޫ އިންޖީނުގެ ނަގާ އައްޑޫ އިންޖީނުގެ ހަވާލުކުރާށޭ ސިފައިންނާއި އަދި ސިފައިން އެކަން ކުރަން ފަށައިފިނަމަ އައްޑޫން ކަރަންޓް ވެސް ނުކެނޑޭނެއޭ އައްޑޫ އިންޖީނުގެ ސިފައިންނާއި ހަވާލު ކުރުމުން އެތަނުގެ ވަޒީފާގައި ތިބޭ ސިވިލް މީހުން ޖެހޭނީ ސިފައިންގެ ސިވިލް މީހުން ގޮތަށް ހަދާ އަދި ސިފައިން ހަދާ ތަމްރީން ލައިޓް ލެވެލް ގައި ހަދަން ޖެހޭނެއޭ ފެނަކަ އަށް ނުވާނެއޭ ސްޓެލްކޯ އަށް ވެސް ނުވާނެއޭ ބަލައްޗޭ މާލޭން ކަރަންޓް ކެނޑޭނެއޭ ޖައްސާ ޖައްސާ
ގެންގުޅެނީދޯ
28 March 2025
ސިފައިންނާއި މިހާތަނަށް ހަވާލު ކުރި މަސައްކަތެއް ނުނިމި ނުހުންނާނެއޭ ސިފައިންނާއި ހަވާލު ކުރަންވީއޭ އޮޅުހިޔާ ބެލެހެއްޓުމާއި ބުޅާ ތައް އެތަނަށް ގެންދިއުން އަދި ރާއްޖޭން ބޭރުން ބުޅާކާނާ ދެން އެތެރެ ކުރެވޭނީ ސިފައިންގެ އަށް އެކަނި ކަމަށް ހަދާށޭ އެއިރުން ދެން ބުޅާ މުޅި ރާއްޖޭގައި ގިނަވެގެން ނުދާނެއޭ މިދާ ރޭޓުން ބުޅާ ގިނަވަމުންދާނަމަ އިންސާނުންނަށް ވުރެން ބުޅާ ގިނަވެގެން ދާނެއޭ ކަނޑުކޮހުން ތަކެކޭ ރާއްޖޭން ބޭރުން ބުޅާ ގެނެސްގެން ކުއްތާ ގެންގުޅޭ ގޮތަށް
މަޢުމޫނު
28 March 2025
ސިފައިންނާ ފުލުހުން އަދި ޖަލުމީހުން ބުރަ މަސައްކަތައްނެރެ މުސާރަ ހަލާލުވާވަރުކުރުން މުހިއްމު!