އައިޖީއެމްއެޗް ހޮސްޕިޓަލް. ފިހުނު ދެމަފިރިންނަށް ފަރުވާ ދޭން މުމްބާއީ އިން ޑޮކްޓަރެއް އައިސް ލަފާ ދެއްވައިފި -- ފޮޓޯ: އައިޖީއެމްއެޗް
30 މާޗް 2025 - 15:07
އއ. ރަސްދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް ފަރުވާ ދިނުމުގައި އިންޑިއާގެ މުމްބާއީގެ ޑޮކްޓަރެއްގެ ލަފާ ހޯދައިފި އެވެ.
އައިޖީއެމްއެޗުން ބުނީ، ފިހުނު ދެމަފިރިންނަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދޭން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ އައިސް ޕޭޝެންޓުންގެ ހާލަތު ބެލި ކަމަށެވެ.
ޕޭޝަންޓުގެ ހާލަތު ބެލުމަށްފަހު ހުކުރު ދުވަހު އޭނާ ވަނީ އަނބުރާ އިންޑިއާއަށް ގޮސްފަ އެވެ.
އައިޖީއެމްއެޗް އިން ބުނީ، ފިހުނު ދެމަފިރަންނަށް ފަރުވާ ދެމުން އަންނަނީ އެ ޑޮކްޓަރުގެ ލަފާއާއި މަޝްވަރާއާ އެކު ކަމަށެވެ.
މިވަގުތު އެ ދެ މީހުންނަށްވެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އެ ދެ މީހުންގެ ހާލަތު ކްރިޓިކަލް އިރު، ހާލަތަށް އަދިވެސް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ދެ މީހުންގެ ހަށިގަނޑުގެ ގާތްގަނޑަކަށް 70 އަށް ވުރެ ބޮޑު ޕަސެންޓެއް ވަނީ ފިހިފަ އެވެ. އުމުރުން 31 އަހަރުގެ އެ ދެމަފިރިން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެމަފިރިންގެ ކޮޓަރީގައި މާބޮޑަށް އަލިފާން ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތްބަލިދީދީ
31 March 2025
އިންޑިއާއޭ ކިޔައިގެން ވާހަކަދައްކަން ލަދުނުގަނޭބާ، ކަމެއް ދިމާވީމަ ނާށިގަނޑު ހިފައިގެންދަނީ waduvesq,
މުޝައްރަފު / ލިބޭ
30 March 2025
އިންޑިއާ މީހުންނަށް ވުރެ ރަގަޅުވާނެ ބެންކޮކް ބުމަރަންގްރާޑް ހަސްފަތާލުން ނުވަތަ ޑުބާއީ ހަސްފަތާލަކުން ޑޮކުޓަރުން ގެނައި ނަމަ. ޢިންޑިއާ ޑޮކްޓަރުން އުޅޭނީ އިންޑިއާއަށް ގެންގޮސްގެން އާސަންދައިން ފައިސާތަކެއް ކާލަން.
ޒީނިޔާާ
30 March 2025
ބެންކޮކް ގެ ބުންހުމްރާޑް ހޮސްފިޓަލުން ގެނައި ޑޮކްޓަރު އަތުގަ އޮތީ އިންޑިޔާ ފާސްޕޯޓެއް. ދެން އޭނަ ފޮނުވާލާފަ ގެނެއީ ދުބާއި ހޮސްޕިޓަލުގެ ޓުރޯމާ ޑިޕާޓްމަންޓުގެ އިންޗާޖް. ގެނައި އިރު އޭނަވެސް ވެގެން ދިޔައީ އިންޑިޔާ ދޮކްޓަރަކަށް. ވިސްނާ ފިކުރު ކޮއްބަލަ.
އަލީފުރު767
30 March 2025
ތެދެއް. ބެންކޮކްގެ ބަމްރުންގްރާޑްގެ ޑޮކްޓަރުން ވަރަށް މޮޅުވާނެ.
ބޮޑުއަގު
31 March 2025
ބުމްރުންގްރާޑް، ބެންކޮކް އިންޓަނޭޝަނަލް މިހޮސްޕިޓަލްތަކުން ރަނގަޅަށް ކުރެވޭނެ އޮންނަނީ އެއްމެކަމެއް، އެއީ އޮބިނޯއްނަވަރަށް ބޮޑުއަދަދުން ފައިސާނެގުން.
ވާންޗޯ
30 March 2025
ވިސްނާނުލާ ކުރާކަމަކުން ގިސްލާ ރޯންޖެހޭ