"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
03 އެޕްރީލް 2025 - 16:32
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ގާނޫނީ ގޮތުން ކަނޑައެޅުމަށް އާއްމުންގެ ހިޔާލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލައްވައިފި އެވެ.
އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ޒުވާނުން ދުންފަތާ ދުރުކުރުމަށް "ޖެނަރޭޝަން ބޭން" ނުވަތަ ވަކި އުމުރެއްގެ މީހުންނަށް ދުންފަތް މަނާވާ ގޮތަށް ކަނޑައަޅަން ނިންމަވައި އެކަން އިއުލާނުކުރެއްވުމަށް ފަހު ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދުންފަތް މަނާ ކުރާނެ އުމުރުފުރާ ކަނޑައެޅުމަށް ޕޯލެއް ހިމަނުއްވައިފަ އެވެ.
މިއީ ރާއްޖޭގެ ރައީސަކު ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލަށް އެދިވަޑައިގެން ޕޯލެއް ހިމެނުއްވި ފުރަތަމަ ފަހަރެވެ.
ރައީސްގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އިއްޔެ ވިދާޅުވި ގޮތަށް ޕޯލްގައި ވެސް ވަނީ ތިން އިހުތިޔާރެއް ދެއްވައިފަ އެވެ. އެއީ 2007ގެ ޖެނުއަރީ، 2004ގެ ޖެނުއަރީ އަދި 2000ގެ ޖެނުއަރީ 1 ގައި އުފަންވި މީހުންނަށް ދުންފަތް މަނާކުރުމެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
- ޖެނުއަރީ، 1، 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަންވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން.
- 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން.
- 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން.
އޭގެ ސަބަބުން އުމުރުން 18 އަހަރާއި 25 އަހަރުވެފައި ތިބި ކުދިންނާއި އޭގެ ދަށް އުމުރު ފުރާގެ ކުދިންނަށް ސިނގިރޭޓު މަނާވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އުމުރުފުރާގެ ކުދިންނަށް، އެ އުމުރުން މައްޗަށް ދިއުމުން ވެސް ސިނގިރޭޓާއި ދުންފަތް މަނާވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ އެތައް ޖީލެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކެކެވެ. މި ނިންމުމަށް ގިނަ ބައެއްގެ ތާއީދު އޮތް ކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގަތީ މިކަމުގައި އެންމެންގެ އެއްބާރުލުމަށެވެ.
If a generational ban on smoking were to be implemented in the Maldives, to protect the health of our youth and future generations from the harmful effects of smoking, which of the following would be the most appropriate starting point?
— Dr Mohamed Muizzu (@MMuizzu) April 3, 2025
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕްކޮށްފި ނަމަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ވެސް ބޮޑުކޮށް، ދުންފަތް ގަނެވޭނެ ދަށް އުމުރަކީ 21 އަހަރު ކަމަށް މިދިޔަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒާން / އައްޑޫ
05 April 2025
ރަގަޅުކަމެއް. ޢެކަމަކު ތިކަން ތަންފީޒު ކުރާނީ ކިހިނެއް. ސިގިރޭޓް ބުއިން މަނާސަރަހައްދުވެސް ބޯޑު ޖަހާފަ ހުންނަނީ. ޢެކަމަކު އެތާގައި ތިބެ ބޯ ވަރަކަށް ބޮނީ. ރާއްޖޭގައި ގިނައީ ތަންފީޒް ނުކުރެވޭ ގާނޫން.
ގުދުގުދާބެއްޔާ
04 April 2025
މާލެއަށް އައިސް މޫކަނޑަން އެއްވެސް ކަމެއް ނުކޮއް ވައްކަން ކޮއްގެން އުޅޭ މީހުން ކުށް ކުރުމުން ވަކި މުއްދަތަކަށް މާލެ ނާދެވޭ ގޮތައް ރަށައް ފުނުވާލުން ތިޔަކަން ކުރުމަށް ވުރެން މާރަގަޅު! އަހަރު މެން މާލޭ މީހުންނަށް ބޮޑު ނޮހުރުއްޕާނެއް!
ނެދުންދީ
04 April 2025
ފުރަތަމަ ބަލާބަލަ ވޯޓު ހޯދަން ދުވިއިރު ވީ ވައްދުތައް ވީ ކޮންތާކުތޯ! އޭރު ތިޔާ ސިނގިރެޓޭއްގެ އަޑެއް އެހި މީހެއް ނެތް! ތިޔާ އުޅެނީ ކަންކަން ނުވާން ފެށިމަ ރައްޔިތުން ބޮލަށް ޗިޕު ޖަހައިގެން ހައްލަން ކަމަށްތަ؟
ޖޯރޖޮ
04 April 2025
ދުންފަތް ކުންފުނިތަކާ ތި ސުވާލު ކުރަން އަހަރެމެން އެޑްވައިސް ކުރަން
ސެލަރީ
04 April 2025
ލިވަޕޫލްއާ ހަވާލްކުރާފެންފެނޭ ތިކަންވެސް
އަސްލު.....
04 April 2025
ރައްޔަތުން ހޮވާފަ މަޖިލީސް އަށް ފޮނުއްވި މެމްބަރުން ޕާޓީ އަކުން ވަކިކުރެވޭގޮތަށް ހެއްދެވިއިރު އަހާވެސް ނުލާ ދެންކޮންސުވާލެއްތޯ...
ޖައިލަްމް
04 April 2025
ރަނގަޅު ނިންމުމެއް. ޒުވާންޖީލް ދުންފަތުން ސަލާމަތްކުރަން ތިކުރައްވާ މަސައްކަތައް ރައީސް މުއިޒުއަށް ތާއީދުކުރަން
ޞަލްމް
04 April 2025
ތިވެސް ޑުރަގް ކަހަލަ ބޮޑު ވިޔަފާރިއަކަށް ހަދަން ތިއުޅެނީ. ފައިދާ ނަގާނީ ވަކި ބަޔަކު
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
03 April 2025
މިއީ ހުދުމުހުތާރުކަން ނޫން ދެން ކޮންކަމެއް؟؟؟ ފެންނަ ކަންކަމުގަ އެކަނި ރައްޔިތުންގެ އަޑު، ނުފެންނަ ކަންކަމުގަ ކޮންމެ ގޮތެއް ހަދަންވެސް ވަރިހަމަ. މިއީ އެއްގޮތަކަށްވެސް ވެރިކަމުގައި ބަހައްޓާވަރުގެ މީހެއް ނޫން. ފިތުނަ ފަސާދަ އުފެއްދުން ނޫން ކަމެއް ނުކުރޭ. އަނެއް ކޮޅުން ރައްޔިތުން މިތިބަ ދަރާ ވިކެނީ އެތައް ބިލިއަން ރުފިޔާއަކަށް
އަލް އުސްތާޒު
03 April 2025
މި މަނާ ކޮއްގެން ގޯސްއަތަށް ދާނެހެން ހީވަނީ. މަށަށް އިނގޭ ވޭޕް ކުރާ ބައިވަރު މީހުން. އެމީހުން ވޭޕް ކުރަން ފެއްޓީ ދުންފަތާ ދުރުވާން. މިހާރު އެއިން މީހަކާ އެއްކޮށް ކޮފީއަކަށް އެރިއަސް ފެންނަނީ އެންމެން އެނބުރި ސިނގިރޭޓްއަށް ގޮއްސަހުރިތަން. ބުނަން މިއުޅެނީ މި މާލެއަކީ ކުރަން މާގިނަ ކަންކަން ހުރި ރަށެއް ނޫނޭ. ތިޔަކަން އެއްކޮށް މަނާކޮށް ބޮޑު ކުށަކަށް ހަދައިފިއްޔާ ޑުރަގްއާއި ތަފާތެއް ނެތް. އާންމު ތަންތާ މިހާރުވެސް ދުންފަތް މަނާ. އެ ތަންފީޒުކުރަންވީ.