ކަލާފާނު ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީގައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
05 އެޕްރީލް 2025 - 11:17
އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވިއަސް ދިރާސީ އާ އަހަރާއެކު ކިޔެވުން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.
މި ނިމުނު ރޯދައިގެ ފަހު 10ގެ ބަންދާއި އީދު ޗުއްޓީއާ އެކު ސަރުކާރުގެ މުވައްޒަފުންނަށް ވަނީ ދެ ހަފުތާގެ ޗުއްޓީއެއް ލިބިފަ އެވެ. ބޮޑު ބަންދަކަށްފަހު މާދަމާ ރަސްމީ މަސައްކަތް ފަށާނެ އެވެ.
ސްކޫލްތައް ބޮޑު ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 40 ދުވަހުގެ ޗުއްޓީއަކަށް ދިރާސީ އާ އަހަރު އަންނަ ހަފުތާގައި ފަށާނެ އެވެ.
އާއްމުކޮށް ސްކޫލުތައް ހުޅުވަނީ އާދިއްތަ ދުވަހެއްގައި ވިއަސް، މި ފަހަރު ކިޔެވުން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ސްކޫލުތަކަށް ޓީޗަރުން ވަނީ މިއަދު ނުކުންނަން ފަށައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ. ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު 28 ގަ އެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ގޮތް
06 April 2025
އަސްލު ވާންވީ އަނެއް ކޮޅަށް. ސްކޫލްތައް ހުޅުވިފަ އޭގެ ފަހުން އޮފީސްތައް ހުޅުވެންވީ.
މުވައްޡަފު
05 April 2025
ސަރުކާރު ހުޅުވާނެކަމެއް ނެތް. ސަރުކާރު ބަންދު އެކަމު ސަރުކާރު މުވައްޡަފުން ބަރާބަރަށް އޮފީހަށް ނިކުމޭ. ނިކުންނާނެއްނު. އެލަވަންސް ލިބޭ ނިކުންނަ ކޮންނެ ފުވަހަކަށް. އިތުރު ގަޑި ލިބޭ. ސަރުކާރު ސްކޫލްތަކުގެ އިދާރީ މުވައްޡަފުން ވެސް ސަރުކާރު ބަންދު ހުރިހާ ދުވަހަކު ސްކޫލަށް ނިކުމޭ. ރޯދަމަހުގެ ފަހުދިހައިގެ އަޅުކަން ކުރަނީ ސްކޫލްގައި. އެލަވަންސް އަދި އިތުރުގަޑި ވެސް ލިބޭގިތަށް. ޢެއްދޮނުގަ ދެބުޅި. ކިހާސަޅި. ސަވާބުވެސް ލިބޭ ލާރުވެސް ލިބޭ.
އަސްލުގ
05 April 2025
ޓީޗަރުންނަށް ޗުއްޓީ ނުލިބެއޭ ކިޔާފަ ހަމަ އެކަކު ގިނައިން ކޮމެންޓްކޮށްފަ ހުރީ. ޓީޗަރުންގެ އަގު ތިވައްޓާލަނީ
އަލްގޯ
06 April 2025
ކިހިނެތް އިގެނީ އަޅެ؟
އަފުގާން ބަލި
06 April 2025
ބޭފުޅާއާށް ހީވަނީ ދެއްތޯ ޝައްކަކީ ވަރަށް ނުބައި ބައްޔެއް
ގުނައިދު ޝަރީފް
05 April 2025
ސްކޫލްތައް ހުޅުވިޔަސް ސަރުކާރު ހުޅުވަން އަދި ތަންކޮޅެއް އަވަސް 6 މަސްވަރު ވަންދުކޮއްލިނަމަ.
ބެލެނުވެރިއެއް
05 April 2025
އާ ސްކޫލް އިޔާ ފެށޭތީ ބުނެލަން. އަސްލު މިހާރު ކުދިން ވަރަށް ސަކަރާތް ގޭގަ އަބަދު އެތިބެނީ ފޯނާ އައިޕެޑްގައި ލޯ ޖަހަައިން. އެކުދިން ބަލާ އެއްޗެސް ކިތަންމެ ޓުރައި ކުރިއަސް ޕޭރަންޓުންނަށް ރަގަޅަށް ނުބެލޭ. އެއްވެސް ލިމިޓެއް ނެތި ބޭނުން އިރަކު ކުދިން އެތިބަ އެއާ ކުޅޭ ނަގަނީ. ފެންނަށް ނުޖެހޭ އުމުރާ ނުގުޅޭ އެކި އެއްޗެއް ފެނި ކުދިން ހަލާކު ވަނީ . ކިޑްސް ޔޫޓިއުބު އެޅިއަސް ގޫގުލުން އެއްޗިސް ބަލަން ކުދިންނަށް ވެސް އިގޭ. މައިންބަފައިން ޒިންމާ ނަންގަވާ!!
އަދީލާ
05 April 2025
ކީއްތޯ ކުރާނީ. ދަރިން ދެކެ ލޯބިވާ ކަން ދެއްތިބި މީހުންނަށް ދައްކަން އައިޕެޑް ގަނެދެނީ. އެނިމުނީ ދަރިފުޅު އައިޕެޑުން ކުރާ ކަންކަމާ ބަލާ އެއްޗިސް މޮނިޓާ ކުރުމުގެ ވާޖިބު އޮތްތާ އޮތީ. އިންޓަނެޓަށް ވަދެވޭ އައިޕެޑާ ފޯނަކީ އަސްލު ވާނުވާ އެގޭ މީހަކު ކައިރި އިދެގެން ނޫނި ކުދިން އަތައް ދޭން ހެޔޮވާ ވަރު އެއްޗެއް ނޫން. އެއަށް ތުރެ ޓީވީ ވެސް ރަނގަޅު އާއްމުކޮއް ގޭގެ އެހެން މީހުން ބަލާން ތިބޭނެތާ އޭރަށް
ބޭން ކިޑްސަށް އައުޕެޑް
05 April 2025
ވޭޕަށް ތުރެ އަސްލު އޭގެ ޒާތުގައި އައިޕެޑާ ފޯނުތަކުން އިންޓަނެޓާ އޮންލައިން ގޭމުތަކުން ކުދިންނަށް ކުރާ އަސަރު މާ ބޮޑު. ސީދާ ކުދިންގެ ސިކުޑިއާ ވިސްނުން ހަލާކު ވަނީ. ކުދިން އެކަހެރި ވުމާ ވަޔަލަންޓުވެސް ވަނީ އެހެން ކުދިންނާ ނުގުޅެނީ މީހުންނަށް އިހުރިރާމުވެސް ނުކުރަނީ. ސަބަބު: ޢައިޕެޑް ފޯން!!
ފެކްޓް 1
05 April 2025
ކުދިން ލައްވާ ކުރަހާ ކުލަ ހައްސުވާ ވާހަކަ ކިޔުއްވަން ޕޭރަންޓު ކުޑަ އެފާޓެއް ލާން ޖެހޭތީ އެކަމެއް ނުކުރޭ. އައިޕެޑާ ފޯނާ ދީފަ ބޮލައް ފަސޭހަ ކޮއްލަނީ. ޕޭރަންޓުވެސް އިންނާނީ ފޯނުގައި. ދަރިން ތަރުބިއްޔަތު ކުރެވޭނު އޭރުން ލައްކަ ދޯ
އެވެސް އެޑިކްޝަނެއް
05 April 2025
މަބުނީ ޕޭރަންޓުން ވޭޕާ މެދު ކަންބޮޑުވާ ވަރައް އައިޕެޑާ ފަޯނާ އޮންލައިނު ގޭމާ މެދު ވިސްނަބަލާށޭ. ނޫނި އެއައްތުރެ ވެސް ބޮޑަށް އިގޭ. ސްކްރީން އެޑިކްޝަން އަކީ ހަމަ ޑުރަގުދ ކަހަލަ އެއްޗެއް. މިބުނީ އައިޕެޑަށް ކުދިން ދެވިހިފީމަ އެ 24 ގަޑި އިރު ނުދިނީމަ އެކުދިންވެސް ސިކު ވެގެން ރޮއި ހޭރޭ ނޫންހޭ. ގެޓު ވޭބާ؟؟.
ރިންދީ
05 April 2025
ދެމަފިރިން ފިނި ބުރު ޖަހަން ދަނީ ދަރި އަތައް ތަން މިނަށް ހުޅުވިފަ އޮތް އިންޓަނެޓަށް ވައްދާފަ މި ހަގީގަތް.
ލޯބިން ދިން އައިޕެޑެކޯ
05 April 2025
ޓީޗަރުންނަށް ބަދު ބަސް ބުނާނެ ކަމެއް ނެތް އެކަކުވެސް. އަސްލުވެސް ހޮނިހިރު، ރަސްމީ ސަރުކާރު ބަންދު ދުވަހެއްގައި ޓީޗަރުން ވަޒީފާއާށް ނެރޭކަށް ނުޖެހޭ. ޝުކުރު ކޮއްބަލަ ގޭގެ ހަތަރު ފާރު ތެރޭ ހަތަރު ދަމު ސްކުރީނެއްގެ ތެރޭ އިންޓަނެޓު ނޫނި އޮންލައިން ގޭމް ކުޅޭން ތިބޭ ތިމާމެންގެ ދަރިން އެޓީޗަރުން އެއާ ނުލާ ބަލަހައްޓާތީ ސްކޫލުތަކުގައި. މައިން ބަފައިން ދަރިން އަތަށް ފޯނާ އައިޕެޑާ އިންޓަނެޓަށް ވަދެވޭ ގޮތަށް ހަދާފަ ދީގެން ޖީލެއް ހަލާކު ކޮއްފަ އެތިބީ
ސައިކޭޓްރިސްޓް
05 April 2025
އާދެ. އެއަށް ޅަދަރިން އެތިބީ ދެވިހިފާފަ. އެވެސް ހަމަ ޒާތެެއްގެ އެޑިކްޝަނެއް. ސިކުޑީގެ އެޑިކުޝަނެއް. އެ ބެތިއްޔާ ކުދިންނަށް އެތިބަ ވާ ގޮތް ދެއްތޯ. އެހެނުންތޯ ވާނީ މައިންބަފައިން ފަސޭހަ ކޮއްލަން އެދީފަ ތިބެނީ.
ރޮބަޓް ޖެނެރޭޝަން
05 April 2025
އަސްލުވެސް. އެތިބަ ކުޑަ ކުދިންނަށް އިންޓަނެޓުން ނުފެންނަ އެއްޗެއް ނެތް. ދަރިން ދެކެ ލޯބިން ނޯލަ އައިޕެޑް ދެނީ. އެކަމު އޭގެން ދަރިން ވަނީ ހަލާކު. ރޮބަޓް ތަކެކޭ އެއްގޮތް އެ އައިޕެޑަކުން ކުދިންތައް. މީހަކާ އަގައިންބުނެލަން ވެސް ނޭގެ. ސުޕޮއިލު ވެއްޖެ ޖީލެއް ހަމަ ގެއްލުން ބޮޑު ކަމެއް ބެލެނިވެރިން ކުރާ
ބަނިސް
05 April 2025
އޯކޭ ބަޓް ވައި؟
ބެލެނިވެރިއެއް
05 April 2025
ސަރުކާރު ބަންދުކުރިޔަސް ކޮންމެހެން ނުކޮށް ވާން ނެތް ކަންކަން ކުރުމަށް ނިކުންނަންޖެހޭ މީހުން ނިކުންނަންޖެހޭނެ ދޯ.
ހަބަރުދާރު
05 April 2025
ހެޔޮ ސަރުކާރެއް. ބަންދު ދުވަހެއް ރަސްނީ ދުވަހަކަށް ހަދައިގެން ޓީޗަރުން ނެރެގެން. ކޮބާ ޓީޗަރުންގެ ހައްގު. ފަހު 10 ގެ ބަންދުވެސް ވަނީ ޓީޗަރުންގެ ޗުއްޓީއަށް. ޓީޗަރުންނަށް ކުރާ އަނިޔާ ހުއްޓާލާ
ސަސި
05 April 2025
ބޮޑު އީދު ނިމެންދުން ބަންދުވާނެ ގޮތެއް ބަލާދީބަލަ.