ޑރ. ޝަމްހީދު، މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
05 އެޕްރީލް 2025 - 19:29
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
އެ ޕާޓީގެ ބައެއް މެމްބަރުންނަށް ޝަމްހީދު މިއަދު ފޮނުއްވި މެސެޖުގައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުތައް ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން ވިސްނަމުން އަންނަ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި 2012 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި ޝަމްހީދު ވަނީ ރިޔާސީ ޓިކެޓް ހޯދުމަށް އަޅާ "ފުރަތަމަ ފިޔަވަޅަށް" އެ ބޭފުޅުންގެ ތާއިދަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޝަމްހީދު އެ މެސެޖު ފޮނުއްވިކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ޝަމްހީދުގެ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެގެން މިހާތަނަށް އިއުލާނުކުރެއްވީ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އޭނާ އެކަން ހާމަކުރެއްވީ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް ގްރޫޕަށް ފޮނުއްވި މެސެޖުގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ބައެއް މެމްބަރުން ވެސް ދަނީ އެ މަނިކުފާނަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުންނެވެ. ނަމަވެސް، އިންތިހާބާ ގުޅޭގޮތުން އިބޫ އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އެ ސުވާލު ކުރުމުން އިބޫ ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސީ ކުރިމަގާ ބެހޭ ގޮތުން އެމްޑީޕީގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވާފައިވާ ކަަމަށާއި ކުރިއަށް ވަޑައިގަންނަވާނެ ގޮތް ވެސް އެ ބޭފުޅުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް "ހަތަރު ފަސް" މެމްބަރަކު މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ ވާދަވެރި އެތެރޭގެ އިންތިހާބެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިއްކޮ..
06 April 2025
ޑރ. ކުރިއަށް ލައިފި މީހަކަށް މިގައުމުގެ ވެރިކަން ދޭން ބޭނުންނުވޭ. ޑރ. ވަހީދު، ޑރ މުއިއްޒު، ޑރ. ޝަމްހީދޫ ތިކަމުން ދުރަށްދޭ. ޑރ. ން ވަރަށް ހިތި ތަޖުރިބާަކަށްމިވީ. ރާއްޖޭން ބޭރާ ގުޅުން ރަނގަޅުކުރެވޭނީ ޝާހިދަށް. އޭނާގެ ހުންނާނެ ތަޖުރިބާ
ހައްޖަ.
06 April 2025
މަޖްލިސް މެމްބަރަކަށް ވާއިރަށް ދެން އެވީ ރައީސް ކަމަށް ދެފައި ނަގަން ދެން މީ ބޮޑު ވަރެއް.ބޯ ހަލާކު.
ބަރުބާދު
06 April 2025
ރައިއްޔަތުންނޭ : ދޮގު ދޮގު ނޫޅެއްޗޭ ކަރުމަޅި ނޭޅެއްޗޭ.
އަލީސަލީމް
06 April 2025
ވަރަށް ތާއީދު. އޭދަފުށިން ބޮޑުކޮށް ވޯޓް ދޭނަން
ޔުވެންޓަސް
06 April 2025
ޝަމްހީދުތަ ނޫނީ ޑރ.ޝަމްހީދުތަ؟ ޕީއެހުޑީތައް ގިނަކަމުން އަހާލީ..
މުލޭ
06 April 2025
ސިޔާސީ ތަޖުރިބާއާއި ދުނިޔޭގެ އާއްޖަފާއްޖަ ދަންނަ މިންވަރާއި ތަޢުލީމާއި ގާބިލު ކަމަށް ބަލައިގެން މީހަކު ހޮވާނަމަ ކިރިޔާވެސް ކުފޫހަމަވާ މީހަކަށް ހުރީ ޝާހިދު. އެކަމަކު އެމްޑީޕީ މީހުންނަކީ ވަރަށް ފާޑެއްގެ ބައެއް. މީދަލަކަށް ވެސް ވޯޓު ދީފާނެ.
ރާއްޖެ
06 April 2025
ޝާހިދަކީ ކޮރަޕްޓް މީހެއްް. ރާއްޖެ އިގްތިސާދީ ގޮތުން ވެއްޓިފަ މިއޮތީ އިބޫގެ ސަބަބުން. ނަޝީދަކީ ޗޮއިސް އެއް ނޫން. އެމްޑީޕީ ބަދަލު ވާން އެބަ ޖެހޭ.
ތޫނާ
06 April 2025
މިހާތަށްވުރެން އެތައްގުނައެއް ކަރަޕްޓުވާނެކަމަށް ފެންނަނީ
ޑރ ވާންޗޯ
06 April 2025
ތިޔަށް ވެރިކަން ލިބިއްޖެއްޔާ ދައުރު ހަމަވެގެން ފޭބިޔަސް ނޫނީ ވެރިކަން ދޫކޮށްލާފަ ދުވެފިލިޔަސް ސަރުކާރުން ބޮޑުބަދަލެއް ދޭންޖެހޭނެ.
މިވަރެއްނެތް
06 April 2025
ފާޑުފާޑުގެ ނަންނަމުގައި ބޭރުގެ ކުންފުނިތައް "ފްރަންޓަކަށް" ނެރެގެން ހިންގި ބިޔަ މަޝްރޫއުތަކުން ހޯދި ފައިސާ ހަތަރު ގުނަކޮށްލަން އެންމެ ފަސޭހަވާނީ ގައުމުގެ ރައީސްކަން ހޯދީމަ
ޑރ ވާންޗޯ
06 April 2025
ވެރިކަމުގެ އިންޓަރެސްޓް ހުއްޓަކަށް ރީދުލަކަށް އެސްޖޭއަކަށް ވޯޓުދިނުމުގެ އިންޓަރެސްޓެއް ނެތް .