ހދ. ކުޅުދުއްފުށީގައި މިޔަރެއް ހަމަލާދީގެން މީހަކު ޒަހަމްވެފައި.
19 އެޕްރީލް 2025 - 12:40
ހދ. ކުޅުދުއްފުށީ ކައިރިއަށް މިއަދު މަސްހިފަން މޫދަށް ފައިބައި އުޅުނު އެ ރަށު މީހަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާގައި ޒަހަމްވީ އާންމުކޮށް މަސްހިފަން ގޮސްއުޅޭ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކުޅުދުއްފުށިން ވާހަކަދެއްކި މީހަކު ޒަހަމްވި މީހާ އާއި އިތުރު ބަޔަކު މަސްހިފަން މޫދަށް ފޭބީ މިއަދު ވަރަށް ހެނދުނު އެ ރަށު ކުނިކޮއްޓާ ދިމާލުން ބޭރަށް ކަމަށެވެ. މިޔަރު ހަމަލާދިނީ އެ މީހާ ފެންމަތީގައި އޮއްވައި ކަމަށް އޭނާ ބުންޏެވެ.
މިޔަރު ހަމަލާދީފައި ވަނީ އޭނާގެ ކަނާތު ކޮނޑަށެވެ. ކޮނޑުގެ ތިރިން އަތުގެ ބޮޑު ބައެއް ވެސް އޮތީ މިޔަރު ދަތްއެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި ފަރުވާދީ ލޭ މަނާކުރެވިފައިވާ ކަމަށެވެ.
"ކޮނޑުހުޅުން ނެއްޓިފައި އިން ބައި ވެސް މިހާރު ވަނީ ހުޅަށް އަލުން ލައްވާފައި. ބްލީޑިން ވެސް ހުއްޓިއްޖެ،" އެ ހޮސްޕިޓަލުން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. މިދިޔަ އަހަރު އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅުނު ޒުވާނަކަށް މިޔަރެއް ހަމަލާދިގެން މަރު ވެސް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރާޝް
21 April 2025
ހައިރާންވާވަރުވޭ. ބައެއްމީހުން ކޮންމެ ކަމެއްވާއިރަށް ސަރުކާރު ބަދުނާމްކުރަން ހާދަވަރެއްހުރެއޭ. ތިޔައަނިޔާ ލިބިފައިވާފަރާތުގެވެސް އާއިލާއަކާއި ގާތްތިމާގެ މީހުންވެސް ތިބޭނެ ކަން ޔަޤީން. މަލާމާތުގެ ބަސްތައް ބޭނުންކޮށް ހެދުމުން އެގިގެންދަނީ ކޮމެންޓްތައް ކުރާ ބައެއްފަރާތްތަކަކީއިންސާނިއްްޔަތުކަމުގެ ކަންފުޅެއް ނެތުމާއިއެކު އަޚުލާގީ ފެންވަރެއްވެސް ނެތްކަން. މިހާދިސާއާއި ގުޅިގެން އަނިޔާވިފަރާތަށްއަވަސް ޝިފާ އަކަށްއެދި ދުއާކުރަކުރަން
ހަސަން ޒަރީރު
20 April 2025
މިހާރު ދެންވަކި މުއްދަތަކަށް ވަކިވަރަކަށްވުރެ ބޮޑެތި މިޔަރު ބާނައި އޭގެމަސް ލޮނުއަޅައިގެން ބޭރުކުރުމަށާއި އޭގެ އުރަހަ ނަގައި އެކްސްޕޯރޓް ކުރުމުގެ ހުއްދަ ދެއްވަން އެބަޖެހޭ. މިޔަރުތައް ހިސާބަށްވުރެ ގިނަވެ ދިވެހި ރައްޔުން ކޮޅު ކައި ހުސްކުރާ ހިސާބަށް ހިގައްޖެ. މިކަމާއިމެދު ދައުލަތުން ކޮންމެވެސް ގޮތެއް ނިންމަވައިދެއްވުން އެދި މަސްވެރިއެއްގެ ހައިސިއްޔަުން ވަރަށް އަދަބުވެިކަމާއިއެކު ދަންނަވަން.
އެޗް އެމް
20 April 2025
ސޭވް ދަ ޝާރކްސް! ރައްކާތެރި ކަމުގެ ފިޔަވަޅު ނޭޅިހުރީމަ، ގިނައިން މިޔަރު އުޅޭ ސަރަހައްދަކަށް ވީމަ، މިޔަރަށް ކާންދޭތީ، ޖައްވު ހޫނުވުމުން، މިޔަރަށް އޮޅިގެން، މިޔަރަކަށް އަނިޔާ ކުރީމަ އަމިއްލަ ދިފާއުގައި،
ވާނުވާ.
20 April 2025
ބަލާބަލަ އަނެއްކާ އެމިޔަރުގެ ދަތައް ކަމެއް ވިތޯ!!!!މި އޮތީވާ ގމެއް
ކަންނެލި
19 April 2025
މިޔަރު މަދުކުރާކަށް ނުވޭބާ!!!!
ޖަސްޓިސްފޯމިޔަރު
19 April 2025
މިޔަރު އުރަހަ ވަގަށް ބޭރުކުރަން ނަމުން މިޔަރު ހިމާޔަތް ކުރަނީ
ސޭކުބެ
19 April 2025
ޢެބަރަގަނޅުވޭހެން ހީވަނީ
މަށާ ކުޅެލަބަލަ
19 April 2025
މަގޭގައިގަ ތީގެން ނިދަން މިޔަރެއް ނިކަން ދަތް އަޅާލަބަލަ ވާގޮތް ދައްކާލާނަން, ޖެހިޖެހީނުން ނިންދަވާލާނަން, ދެން ފަހަރަކު މިޔަރެއް ކައި ހުން ކުރާނަން, ޅަމިޔަރައް ދާންދެން ކާލާނަން, މަށާ ޖާބިރުއާ ވެގެން މިޔަރުތައް ކާލާނީ
ާއަލިމޯޑު
19 April 2025
މިހަބަރުގަ އެބައޮތް އެމްއެންޑީއެފް ޓްރެއިނިންގގަ އުޅުނު މީހަކަށް ހަމަލަދީގެން މަރުވި ވާހަކަވެސް. އަޅުގަނޑު އަޑުއެހި ގޮތުގަ އެބޭފުޅާއަށް މިޔަރު ހަމަލަދީގަވަނީ ސިފައިން މޫދުގަ އޮތް ޓްރެއިނިންގ ނިމިގެން މަސްހިފަން އުޅުމުގެ ތެރޭގަ އެބޭފުޅާ މަސްފަތި ހިފައިގެން އޮއްވަ މިޔަރު އެމަސްފައްޗަށް ހަމަލަ ދިން ގަޑީގަ ފައިގެ ފަލަސްމަސްގަނޑާއެއްކޮށް ހަމަލާ އަރައިގެން ކަމަށް. މާތްﷲ މައްޔިތާ އަށް ހެޔޮ ރަހުމަތް ލައްވާށި.
ޢާދަނުބެ
19 April 2025
ޜިސޯޓު ހިންގާ މީހުން ވަނީ ވަރަށްބޮޑައް އޮޅުވާލާފަ ޓޫރިސްޓުންނައް މިޔަރު ނުފެންނާނެ ކަމައްބުނެ ކުރިން ވެސް ޑައިވިން ޕޮޢިންޓުތަށް ވަނީ ހިމާޔައްކޮއްފަ އެތަންތަނުން މިޔަރު އަދި މަސްނުބާނާ ގިނަ މަސްވެރިންނައް އެނގޭނެ އެ ޕޮއިންޓުތަށް ދެން ރިސޯޓު ދޮންފަޅު މަތީގައުޅޭ މިޔަރު އަބަދުވެސް އުޅޭނެ ދެން ކިހިނެތްތޯ މާސްކު އަޅައިގެން 400 މީޓަރު އަޑީގަ އުޅޭ މިޔަރު ބަލާނީ ފަޓުރުވެރިން