ހދ. ކުޅުދުއްފުށިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރި މީހަކު އެ ރަށު މޫދު އަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށި، ބަޑިފަސްގަޑުގެ، ސުލައިމާން ހުސައިން، 59 މަރުވެފައިވާ ކަމަށް އެ ރަށު ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ސުލައިމާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދުގެ މެންދުރު 1:48 ހާއިރު އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަނިކޮށް، ފެނުނީ ކުޅުދުއްފުށީގައި އޮންނަ ބޮޑަވަކިވާ ބީޗުގެ މޫދުއަޑިން މިއަދު މެންދުރުފަހު، 3:00 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.