ސިފައިންގެ އަހަރީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
24 އެޕްރީލް 2025 - 13:48
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ދާދިފަހުން ޒުވާން އަންހެނަކު ގެއަކުން ވެއްޓުނު މައްސަލައާ ސިޔާސީ މަގާމެއްގައި ތިބި ބަޔަކާ ގުޅުން އޮތް ކަމަށް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތަފާތެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ ނަސަބަކަށް ނުވަތަ މަގާމަކަށް ނުވަތަ މުއްސަނދި ކަަމަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައިގެން ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ.
"ރަހުމަތްތެރި ކަމަކަށް އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫން ވެސް ކަމަކަށް ބަލައި މި ކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން ނުވަސް ކުރާނަން. އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް،…
— Dr Mohamed Muizzu (@MMuizzu) April 24, 2025
އެ މައްސަލާގައި އަނިޔާވި އަންހެން ކުއްޖާ އެންމެ ފުރަތަމަ ދިޔައީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ، މއ. މާންދުގެދެކުނުގެއަށެވެ. އެއީ އަމީންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުންގެ ރަޖިސްޓްރީގައި އޮންނަ ގެއެކެވެ. އޭނާ ވެއްޓުނީ އެގެއިން ނިކުމެގެން އެހެން ގެއަކަށް ގޮސް އުޅެނިކޮށެވެ.
އެގޭގައި އޮތް ހަފުލާއެއްގައި އަމީންގެ އެއްބަނޑުއެއްބަފާ ދެ މީހުންގެ ދެ ދަރިން ވެސް ތިއްބެވެ. އޭގެ ތެރެއިން އިޒުދިޔާން މުހައްމަދު މައުމޫނު މިހާތަނަށް ހުރީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިކްގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. އެމައްސަލަ ފެންމަތިވިތާ ހަފުތާއެއް ވެފައި ވަނިކޮށް އިޒުދިޔާން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އޭނާގެ އިތުރުން، އެ މައްސަލާގެ ބައިވެރިވި ކަމަށް ތުހުމަތުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ކަމަށްވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފަ އެވެ. އެކަމަކު، އެ މައްސަލާގައި ދާއޫދަށް ތުހުމަތެއް އޮތް ކަމަކަށް ފުލުހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
24 April 2025
ދަންބެރަށްވުރެ ތަގުޑި ދިގުކަމަށް ކަލޭމެން ކުދިންނަށް ފާހަގަ ކުރެވޭތަ؟
ވަންދޫނި
24 April 2025
ތަފާތު ނުކުރާތީދޯ މިދިޔަ ހަފްތާގެ ބުރާސްފަތީ ދުވަހު ވެފައޮތް ކަމަކަށް ތަހުގީގަށް ޕޮލިހުން މިއަދު މީހުން ހިފާހައްޔަރުކުރަން ފެށީ! އަދުގެ ހާލަތު ޕޭޖް ހިންގާ މީހުންނަށް ހާސްފަށުން ޝުކުރު! އެފަދަ ބަޔަކު ތިބީމި މިކަން ރައްޔިތުންނާ ހަމައަށް އާންމުމިވީވެސް! ތީ ތިހެން ބުނެލާ ބަހަކަށް ނުހަދަ ބުނާބަހުގެ އިތުބާރު ހިފެހެއްޓޭހެން އަވަސް ފިޔަވަޅު އަޅާތަން ރައްޔިތުން ދެކެން ބޭނުންވަނީ!
ނޫސަންގު
24 April 2025
ތިވާހަކައެއް ނުން. މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހަކަށް ގައުމުގެ އެންމެ މަތީ އޮފީހުން ވަޒީފާ ދިނީ ކިހިނެއް. ކެރެކްޓަރ ގްރައުންޑުން ފާސްވިތަ؟ ދެން އަނެއްކަމަކީ އުމުރުން 21 އަހަރުވި މީހަކަށް ގައުމުގެ އެންމެ މަތީ އޮފީހުގެ އަންޑަރސެކްރެޓަރީ ކަން ދޭ ވަރުވޭ ތަ.
މިއީގައުމެއް
24 April 2025
މިއީ އާދައާއި ޚިލާފު ގައުމެއް. ޒުވާނުން ބާރުވެރިކުރުމުގެ ނަމުގައި ތަސައްރަފުނުފުދޭ ވަރުގެ ޒުވާނުން މިގައުމުގެ އިސްމަގާމުތަކައް ލާފައިތިބީ. އެހެން ގައުމުތަކުގައި ޒުވާނުން މަދީތަ؟ ނަމަވެސް އެއިން ގައުމެއްގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުފަދަ މަގާމަކަށް ދެވޭނީ އެތަކެއް އަހަރުގެ ތައުލީމާއި ތަޖުރިބާއާއި ދިރާސާތަކެއް ކުރުމަށްފަހު. މިގައުމުގައި މިއަދު ފުރަތަމަ ޑިގްރީ ނިންމާ މީހާވެސް އަމިއްލަ ފަތުވާ ނެރެން ފަށާފާނެ
އިސްތިއުފާ
24 April 2025
ތިޔައޮތީ ތަފާތުކޮށްފަ. ކަވަރަޕް ފުލުންދިޔާމަ ދެން އޮޅުވާލަން ނޫޅޭ ކަމަކައްނުވާނެ. ތިމާބޭނުންހާ ގޮތައް ހުރިހާ ފަހަރަކު މޮޅުނުވެވޭނެ. ދެންދާނީ ބަލިވަމުން
އޮނަރަބްލް އަފީފު ދީދީ
24 April 2025
މިނިސްޓަރުން ކަންކުރާންވާނީ ރައީސުލް ޖުމްހޫރިއްޔާ އަންގާގޮތަށްކަން ދައުލަތުގެ ޤާނޫނު އަސާސީން ވަރަށް ސާފުކޮށް އިގޭ. އަދި އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ ފުރަތަމަ މަރުޙަލާ ފެއްޓޭ ފުލުހުންގެ އިދާރާއިންވެސް ޤއ އާއި ޤާނޫނު ތަކާއި ޙިލާފަށް ދިވެހިންގެ މެދުގައި "ތަފާތު ކުރުން ގެންގުޅޭނަމަ" އެކަން ހުއްޓުވުމަކީ ރައީސްގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް. ތުހުތަމު ކުރެވޭ އެހެން މީހުނާއި ޙިލާފަށް ތިޔަ ޕާޓޭން ގެ Mug Photo ފުލުހުން އާންމު ނުކުރީ ކީއްވެ؟!
ސީިދިބެ
24 April 2025
ރައިސް ކޮބާހޭ, ބޯހިޔާ ވެހިކަމަށް ދޭ އިސްކަން, 2 އަހަރު ވަނީ, ހެޑްލައިން ހަމައެކަނި އަޅަނީ.
އަފްރާސިޔާބު
24 April 2025
ކަލޯ ގަޔާ! އެބުނި އެއްޗެއް. ޕްރެސަރަށް އެރީދޯ އެކު އުޅޭ ކުދިންކޮޅު އުޅޭ ގޮތަކުން. ތިޔައީ އަމިއްލަ ގާމޫނު ހަދައިގެންތިބޭ ބަޔަކީތަ އެހިންގަން. ދައުލަތެއްގެ ގާނޫނުތަ؟
ބަބްސް
24 April 2025
ބަޔަކު އެއްވެ ހޯއް ގޮވަން ފެށީމަތޯ މައްސަލަ ބަލަނީ ... ފުލުހުން މިކަން އޮއްބާލަން ވަނީ މަސަތްކަތްކޮއްފަ. މިކަން ވަރަށް ސާފު. މިކަހަލަ މައްސަލަ ތަކުގައި ފުރަތަމަ 24 ގަޑިއިރަނީ ވަރަށް މުހިންމު ވަގުތެއް. ފުލުހުންވަނީ ގަސްތުގައި ކޯޓުން ސާބިތުނުކުރެވޭ ވަރުކޮއްފައި. ތިބޭފުޅާ އިހްލާސްތެރި ކަމަކަށް ޤަބޫލެއް ނުކުރަން.
މަރޭ މިތުރާ
24 April 2025
ޑރ.ރައީސް ތިހެން ވިދާޅުވިތަ ވަރައް ގޯސްވީތި މަމި ހުންނަނީ ތިކަމުގަ ރައީސް އެއްޗެއް ވިދާޅުނުވާތީ ވަރައް އުފަލުން ކޮންމެވެސް ވަރަކައް ތިކަން އިންސާފުވެރިވާނެކަމައް، އެކަމަކު މިހާރު ދެން ޔަގީން ވެއްޖެ ތިކަންވެސް ދާނީ އިންސާފުން އެއްކިބާވެގެންކަން. ޑރ ގެ މާޒީ އައް ބަލާލިއިރު އެބޭފުޅާއައް ލިބިވަޑައިގެންފަ ހުރި ހުނަރެއް އެއީ ކަނޑައެޅިގެން ޚިލާފައް ބަސްވިދާޅުވުމަކީ. ވަރައް ދެރަކޮށް މިވީ މަފަހަރުވެސް. ގައުމާ ރައްޔިތުންނައްޓަކާވެސް އެއްޗެއް ވިދާޅުނުވެބަލަ
ނަފާ
24 April 2025
މި ހާދިސާއާ ގުޅިގެން ގިނަ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަރަމުންނެވެ. ޚާއްޞަކޮށް މިނިސްޓަރުންނަކީ ޤާނޫނާއި ގަވާއިދުތަކަށް ތަބާވާންޖެހޭ ބައެއްކަން ފާހަގަކޮށް، މިފަދަ ކަންކަމުގައި ޖަވާބުދާރީވުމަށް ގޮވާލާފައިވެއެވެ.މިނިސްޓަރ ގޭގައި ޕާޓީކުރާކަން އެގިހުރެ ރިޕޯޓު،ނުކުރުމަކީ ކޮއްގެންހުރި ހުވަޔާހިލާފުކަމެކެވެ ،