ސަރުކާރުގެ ކަންކަން ރަނގަޅު ކުރުމަށާއި ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޝްވަރާ އަރުވާ މަޖިލިސް މިއަދު އެކުލަވާލައްވައިފި އެވެ.
"ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި ރައީސް މުއިއްޒު އުފެއްވި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ އެ މަނިކުފާނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި، އެއީ ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމަށާއި ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިއުމަށް ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން މަޝްވަރާ ހޯއްދަވަންޖެހޭ ކަންކަމުގައި ރައީސަށް ލަދާ އަރުވަން އެކުލަވާލި މަޖިލީހެކެވެ.
އެ މަޖިލިސް އެކުލަވާލައްވާނެކަން ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ރައީސަށް މަޝްވަރާ އަރުވާ މަޖިލީހުގައި ތިއްބަވާނީ 12 ބޭފުޅެކެވެ. އެއީ:
1. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ކަމާލުއްދީން (މއ. އާނުވެލި)
2. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް (މ. ސިލްވަކްލައުޑް)
3. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ޙުސައިން (މއ. އުރަހަ)
4. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު (މ. ލޮނުވެލި)
5. ނިޝާން އަސްކަރީގެ ވެރިޔާ މޭޖަ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް (ހ. ރާޅާހާ)
6. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ލަތީފް (މއ. ކިނބި)
7. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދު މޫސާ (ހ. މީރުބަހުރުގޭއާގެ)
8. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއިލް އަލީ (މ. މަހްމާވިލާ)
9. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހުމަދު ނަސީމް (ހ. ހިކިފިނިފެންމާގެ)
10. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު (މއ. ވިލުވެލި)
11. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އާދަމް އަބްދުއްރަހްމާނު (އަލިމަސްގެ، ހއ. އުތީމު)
12. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހުމަދު ޝާކިރު (މއ. ކަށިމާ)
އެ މަޖިލިހުގައި މައިގަނޑު ގޮތެއްގައި ތިއްބެވީ އެކި ސަރުކާރުތަކުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އެކި މަގާމުތައް ފުރުއްވި ބޭފުޅުން އަދި މިހާރު ވެސް އެފަދަ ބައެއް މަގާމުތައް އަދާކުރައްވާ ބޭފުޅުންނެވެ.