ޝަމްއާން: އޭނާ ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފައި --- ފޮޓޯ/މިހާރު
29 އެޕްރީލް 2025 - 14:45
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް، ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހު އެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކުރިޔަސް، ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ، އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
އެ މައްސަލާގެ ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ވެސް އޭރު ހައްޔަރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސސފހގ
30 April 2025
ރަނގަޅަށް ތިޔާވީ...ތިއީ ވަރަށް އަވަހަށް ސައިޒު އޮޅިގެން ތެޅުނު ސޮރެއް.
ޢަބުދުލް ޤާދިރު
30 April 2025
މިހާރު ޤައުމުގެ ޙާލަތު މި އޮތްގޮތުން އެއް ވެސް ކޯޓަކުން މި ސަރުކާރު ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ޙުކުމެއް އަންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ. މިކަމަށް މަގު ފަހިކުރުމަށް، ކޯޓުތަކުގައި ބައިތިއްބަން މި ސަރުކާރުން ބޭނުން ވަނީ ވެސް ޢަލީ ރަޝީދުކަހަލަ "ނަޒާހަތްތެރި" ފަނޑިޔާރުން
ޢިންސާފު
29 April 2025
ޝައްމާން ބިދޭސީމީހާ އަތުން ފައިސާ ނެގީޔޯ. އެ ފައިސާ ގެއިންވެސް ފެނުނީ. އެޗްޑީސީން ފަޒުލް ވައްކަންކޮށް ބޭނުން ބަޔަކަށް ބިންދިންކަން ސާބިތުވެ ފަޒުލްގެއިން ފައިސާ ވެސް ފެނުނު. ސުވާލަކީ ފަޒުލް މިނިވަންކަމާއިއެކު އުޅެން ދޫކޮށްލާފަ ޝައްމާން ވާނުވާ ބަންދެއްގަ ހުންނަން ޖެހެންވީ ކިއްވެހޭ؟ މޯލްޑިވްސް ގޭސްގެ ލާރިއަށް ވީގޮތެއްވެސް ނޭގުނު. ޙަމަ ވަފީޒާގަ. ކަންތައް މިހެންވާތީ ޝައްމާންގެ ޢާއިލާއިން ދައްކާވާހަކަ ގަބޫލް ކުރެވެނީ....
ޗީޑި
29 April 2025
ކޮބާ ފެނޭ. ފަނޑިޔާރުން ވަޔަށް ދުއްވާތަން. ތިއީ ކޮންމެ ވެރިކަމަކާ އެކު ރިޔާލާ ބައިގަނޑެއް.
ކުޑޭ ފ
29 April 2025
ދޫކޮށްލަން ދައްކަން ޖެހޭ އަދަަދަށްވުރެ ބަހައްޓަން ދިން ޢަދަދު ބޮޑުވީ! ވިޔަފާރީގައި ބޮޑަށް އޮންނާނީ ފިހާރައިގެ ސޭޓުންނަށް ބޮޑަށް ފައިދާ ވާގޮތް
އިންސާފުގާރު
29 April 2025
ޝަމްޢާން އަށް ރިޝްވަތުގެ ތުހުމަތު ކުރެވިގެން ވަޒީފާއިން ވަކިކޮށް، ބަންދުކުރިއިރު، ކޮވިޑްތެރޭ އެތަށް މިލިޔަނުން ވައްކަށްކޮށް ނާޖާއިޒު ފައިދާނެގިކަމަށް އޭސީސީން ރިޕޯޓް ފޮނުވި ޑރ ހުންނެވީ އައި ޖީއެމްެޗް ގައި ހަމަ އެވައްކަން އިތުރަށް ކުރުމަށް ބަހައްޓާފަ... ވަޒީފާއިން ސަސްޕެންޑެއްވެސްނުކުރޭ. ބޮޑުމުސާރައިގާ ވައްކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ބަހައްޓާފަ...އިންސާފުހުރިގޮތަކީ މިއީތޯ.
ރުންކުރު
29 April 2025
ތެދެއް. ބަންދުކުރީކީ ފާހަނައަކު ނޫން. ޖަލުގައި. އެހެން ވީމަ ރަނގަޅަށް ހުންނާނީ ބަންދުކޮށްފައި. ދެން މި މައްސަލައިގައި ހައި ކޯޓަށް ދިޔައީ ކީއްކުރަން؟؟
ނޯބަލް
29 April 2025
މަހިތަށް އަރަނީ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ހަމަލާދީ އަނަސް މަރާލި ކަމަށް ތުހުމަތުވާ މީހުންނަށްވުރެ މި ޝައްމާން މުޖުތަމައުއަށް ނުރައްކާތެރީ ބާވައޭހަމަ.
ފަޒުލް މެން ތިބީ ގޭގަ
29 April 2025
5 ލައްކަ ރުފިޔާ ގޭން ފެނިގެނެއް ނޫން ޝަމްއާނު ބަންދުކޮއްގެން ތިޔަ އުޅެނީ. ތީ ކޮންމެސް އެހެން މީހެއްގެ މަސްލަހަތު. 5 މިލިއަނުން ވައްކަން ކުރި ކަޓި ނެގި މޯހުން އެތިބީ ގޭގައި.
ޢަނަސް
29 April 2025
މީނާގެ ޓީމު ގުޅިގެން ވަރަށް ގިނަ ޖަރީމާ ހިންގާލި. އެކި މީހުން ބަންދު ކޮށްް ފައިސާ އަތުލި.