އެމްޑީޕީން ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
01 މެއި 2025 - 12:59
އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރި ހިތްވަރުގަދަ މަސައްކަތްތަކާއި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތައް ހަނދާން އާކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަސައްކަތްތެރިންނަށް ލިބިފައިވާ ހައްގުތައް ސަރުކާރު އިސްވެ، ހަނިކުރަމުންދާ ދަނޑިވަޅެއްގައި އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާ އެކު މަސައްކަތް ކުރުމުގެ އަޒުމު ކަނޑައެޅުމުގެ ފުރުސަތު ވެސް މި ދުވަހު ލިބޭ ކަމަށެެވެ.
މޭ ޑޭގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް އަރިސްކުރަން. މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރެވުނު ހިތްވަރުގަދަ މަސައްކަތްތައް ހަނދާންކޮށް، ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ހަނދާންކޮށް، އެ ހައްގުތައް ސަރުކާރު އިސްވެ…
— Fayyaz Ismail (@faya_i) May 1, 2025
ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއް ކަމަށެވެ.
ފައްޔާޒު އެހެން ވިދާޅުވިއިރު މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެމްޑީޕީން އަންނަނީ މިރޭ އެއްވުމެއް ބާއްވަން ވެސް ތައްޔާރުވަމުންނެވެ.
އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި މި ވަގުތު ރާއްޖޭގައި ފަރުދީ ގޮތުން ނިކަމެތިކަން ތަހައްމަލު ކުރަން ނުޖެހޭ އެންމެ ފަރުދެއް ވެސް ނެތެވެ. އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ބޭސް ލިބުމުގެ ހުރި ދަތިތަކާއި ސިއްހީ ފަރުވާ ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީނު
02 May 2025
މިނިމަމް ވޭޖް ހަދާފަ އެވެސް ސަރުކާރު މުވައްޒަފުންނަށް އޮޅުވާލި ބަޔެއް. 7000 ރ ހަމަ ކުރީ އެލަވަންސެއް ލައިގެން. އަހަރުނއ އުންމީދުކުރީ ބޭސިކް 7000 ވެފަ ދެންލިބޭ އެލަވަންސްތަކުގެ އިންސައްތައިން ޓޭކްހޯމް ރަނގަޅުވާނެ ކަމަށް. އެކަމު ދިނީ ދޯކާ.
އައިމިނާ
02 May 2025
ތިޔަ އެމްޑީޕީންތައް ސަރުކާރުގަ އުޅެފަ މި 5 އަހަރު އަތުންފައިން މަސައްކަތެއް ނުކޮށް ތިޔަ އުޅެނީ އަމިއްލަ ފައިސާގަތޯ.ރައްޔިތުންގެ ހައްގު ތިޔއީ. މި ދުނިޔޭގަ ތިޔަގޮތަށް އަރާމުގަ އުޅެވިދާނެ.
އައިމިނާ
02 May 2025
ތިޔަ އެޑީޕީންނަށްވުރެ ބޭ އިންސާފުބައެއް ނޫޅޭނެ. ހުރިހާ ގޯސް ވިޔާނުދާ ކަންކަން ފަސްއަޅާ ފޮރުވާފަ.
ފިޔަވަޅު
02 May 2025
ކޮންބޭއިންސާފެކޭ ކިޔާކަށް. އަހަރެމެންގެ ހިޔާފުލެޓް އަތުލާފަ ޕާޓީމީހުނަށް ބަހާލި މީނުންނޭ މި ވާހަކަ ދައްކަނީ. އަހަރެން މާލޭގަ އުޅޭތާ 19 އަހަރު ވީއޭ . އެކަމް ފުލެޓް ދިން އަހަރެމެން ރަށުގަ ދިރި އުޅޭ މީހުންނަށްވެސް . . މީތަ ތިބުނާ އިންސާފު .
ސަރުކާނު
02 May 2025
މީނަގެ ލަދެއްވެސް ނެތް ދޮތަ؟ މިމީހުން މިކަހަލަ ވާހަކަ ދެއްކީމަ ލަދު ދޯ؟
އަލިބެއްޔާގެބެއްޔާ
02 May 2025
މަގޭހިތައްއަރާ މިމީހުންގެ ފަސްއަހަރުދުވަހު ބޭއިންސާފު އިންސާފަށް ބަދަލުނުކުރީ ކީއްވެގެންހޭ. ރައީސަކު މަޖިލިހަކު މީހަކުނެތީބާއޭ، ގައުމުގައި ކޯޓެއް ހުރަގެއެއްނެތީހޭ. މިއިންޒަމާނަކު ގައުމުނުދެކޭހާ ބޭއިންސާފުން އެކިމީހުނަށް ގައުމު ބަހާ އުޅުނުއިރަކު އެއްޗެއް ނޭގުނު. މިހާރަކު ނަގާކިޔާނެ ބަޔަކު ނުވާނެ ފަހަތަކުން.
ރަހުމާން
02 May 2025
މިސަރުކާރުންވެސް ކާން ފުރުސަތު ދޭންވީ.އެއީ ސަގާފަތް.
ރައްޔިތެއްޖ
01 May 2025
ކަލެއައްތިއޮތީ އޮޅިފައި މީ މަސައްކަތްތެރިންގެ ދުވަސް އަބަދުވެސް ކޮންމެވެސް މޮޅުވާހަކައެއްދައްކައިގެން ރައްޔިތުން މަގުފުދެއްދުން ކަމަކީ
ބައްޔާޒު
01 May 2025
ހުޅުމާލެއިން އިންސާފުން ބެހި ބިންތައް އެހުރީ 15 މިލިޔަނުން 20 މިލިޔަނުން ވިއްކަން ޖަހާފައި. ފައްޔާޒުމެން ވާހަކަ ދައްކަން ވަރަށް މޮޅުވާނެ. ކަން ކުރާނީ ދިމާ އިނދިކޮޅަށް.
ބޭއިންސާފު
01 May 2025
ކަލޭމެން ކުރިކަމެއް ކުރި ގޮތައް އަދި އޮތީ މާބޮޑު ބަދަލެއް ނައިސް
އެހެނަސް
01 May 2025
އެމީހިން އެބުނާ މަސައްކަތް ތެރިންނައް އެއްވެސް ކަމެއް ނުކޮއްގޮސް އެހެން ބަޔަކު ވެރިކަމައް އައީމަ އެހެން މީހުންގެ ބޮލުގަ އެޅުވޭތޯ އެބަލަނީ