މިނިސްޓަރު އަމީން ނޫސްވެރިންގެ ސުވާލުތަކެއް އަޑުއައްސަވަނީ.
02 މެއި 2025 - 11:17
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ އިދާރާ އިން ފޮނުވައިފި އެވެ.
އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މިނިސްޓަރަކަށް މަޖިލިހުގެ އިދާރާ އިން އެކަން އަންގަން ޖެހެ އެވެ. އަދި އެ މައްސަލައަކާ ގުޅިގެން އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު މިނިސްޓަރަށް ދޭން ވާނެ ކަމަށް ގަވާއިދުގައި ވެ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ނިންމާލާއިރު، މަޖިލިހުން މަސައްކަތް ކުރަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ވެސް ވަކި ގޮތެއް ނިންމުމަށް ފަހު ޗުއްޓީ އަށް ދާށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ ޕީއެންސީ ކަމަށް ވާއިރު، މި މައްސަލާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އަދި ވަކި ނިންމުމެއް ނުނިންމަ އެވެ. މައްސަލަ އަމީނަށް ކާމިޔާބު ވުމާއި ނުވުން ބިނާވަނީ ޕީއެންސީން ނިންމާ ގޮތަކަށެވެ.
އަމީން މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލިހަށް ހުށަހެޅީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައި ވަނީ އެ ހާދިސާގައި އޭނާގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީ ކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަމަށެވެ. ނަމަވެސް، ފުލުހުން އެ މައްސަލާގައި މައުލޫމާތު އާންމު ކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރު ކޮށްފައިވާ ކަމަށް މައްސަލާގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ނިންމާލާއިރު، މަޖިލިހުން މަސައްކަތް ކުރަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ވެސް ވަކި ގޮތެއް ނިންމުމަށް ފަހު ޗުއްޓީ އަށް ދާށެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި ބުނެފައި ވަނީ، އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން އެ މީހުން ބަރީއަ ކުރުމަށް ފުލުހުންގެ އިދާރާ އަށް އޭނާ ނުފޫޒު ފޯރުވާފައިވާކަން ހާމަވާ ކަމަށެވެ. އެއީ މިނިސްޓަރުގެ ހައިސިއްޔަތުން އަމީނަށް ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަން ކަމަށް ވެފައި އޭނާ ގާނޫނާ ހިލާފު ވެފައިވާ ކަމަށް ވެސް އެމްޑީޕީގެ މައްސަލާގައިވެ އެވެ. އެމްޑީޕީން އެ ގޮތަށް ތުހުމަތުކުރި ނަމަވެސް އަމީން ވަނީ ކުރިން އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވެފައިވާ ގޮތުގައި ޔުމްނު ވެއްޓުނު ރޭ އޭނާނރާއްޖޭގައި ނޫޅުއްވަ އެވެ. ގަތަރުގެ ދޯހާގައި އޮތް ރަސްމީ ބައްދަލުވުމަކަށް ފަހު ރާއްޖެ ވަޑައިގަތީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާ ހިނގީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޖަމިއްޔާ، އައިކާއޯ އިން ގަތަރުގެ ދޯހާގައި ބޭއްވި އައިސީއޭއޯ ފެސިލިޓޭޝަން ކޮންފަރެންސް 2025 ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ.
މި މަހުގެ 16 އިން 18 އަށް ކުރެއްވި އެ ދަތުތުގައި މިނިސްޓަރު އަމީން މާލެ ވަޑައިގަތީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 18 ވަނަ ދުވަސް ނުވަތަ ޔުމްނު ވެއްޓުނު ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ.
ޔުމްނު ވެއްޓިފައި ވަނީ ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ރޭ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.
އަމީނަށް ކުރާ ތުހުމަތުތަކުން އޭނާ ބަރީއަވަމުން އައި ނަމަވެސް ޔުމްނު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގެ ނުވަތަ އަމީންގެ ގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ފުލުހުންނަށް ނުލިބުނު މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާ މީޑިއާ އިން ސުވާލު ކުރުމުން ބުނީ، މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. އެ ގެއިން ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި އެކަން ޔަގީން ކުރުމަށް ކުރެވެން ހުރި މަސައްކަތްކޮށް، ސީސީޓީވީ ފުޓޭޖު ނެތްކަން ފުލުހުން ވާނީ ކަށަވަރު ކޮށްފައި،" ފުލުހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބުންޏެވެ.
ސީސީޓީވީ ފުޓޭޖު ނެތް ކަމަށް ފުލުހުން ބުނާ މައްސަލާގައި އަމީން އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން މާންދޫގޭ ދެކުނުގޭގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ވެސް ބަލައި ފާސްކޮށްފަ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެ ގެތައް ފާސްކުރިއިރު، ހާދިސާއާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަނުހުންނަ
02 May 2025
ދަރިން 18 އަހަރުން މަތިވިއަސް މަިންބަފައިން ޖެހޭނެ ދަރިން އުޅޭ ނޫޅޭގޮތް ބަލަން ދަރިން ގޯސްމަގަކުން ދަނީނަމަ ނަސޭޙަތް ދޭން ޖެހޭނެ އެކުދިން އިސްލާހުވޭތޯ މަސަތްކަތްކުރުމަކީ މައިންބަފައިންގެ ޒިންމާއެއް
ކޮސް
02 May 2025
މަޖިލީހަކުން އަގުލަބިއްޔަތެއް ނުލިބޭނެ މިކަމުގަ.
ޙޫއަދި34
02 May 2025
ޢަމީން މާލޭގައި ނޫޅޭކަމަށް ވިދާޅުވީމާ،ބައްލަވާ އެއާޕޯޓް ކެމެރާތައް ރާއްޖޭގެ އެއާޕޯޓާއި ބޭރުޤައުމުގެ އެއާޕޯޓް ތަކުގެ ނުފެންނާނެ އަމީން އެއަކުން ޔަޤީން 100%
އޮނަރަބްލް އަފީފު ދީދީ
02 May 2025
އޭޕްރީލް 18 ވަނަ ދުވަހުގެރޭ ކ.މާލޭގެ 8 ޕާޓޭ އަކު ޑްރަޤާއި ބަނގުރާ ބޮއިގެން ބޭއްވި "މަސްތު ޕާޓީގައި" ވަޒީރު އަމީނަށް ބޮޑުބޭބެ ކިޔާ އަމީނުގެ އަމިއްލަފުޅުގެ ކ.މާލޭ މއ މާންދޫގެދެކުނުގެ އިޒުދިޔާން މުހައްމަދު މައުމޫނު އާއި ހަމަ އެގޭ ޔޫސުފް އަހުމަދު އަކްރަމް ބާއިވެރިވެފައިވާއިރު މިމައްސަލަ ބެލުމަށް ވަޒީރު ނުފޫޒު ފޯރުވާ ކަމަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޙަބަރު ފެތުރި އަމީން އިސްތިޢުފާ ދެއްވަން ހުށަހެޅި ކަމަށްވެސް ޙަބަރު ފެތުރުނު. މިއީ ތެދެއްތޯ؟
ގެދާނޯމޮސް
02 May 2025
ސިޔާސީ ބަޔެއްގެ ނުފޫޒުން ގެއްލޭ މަގާމު ތަކަކީ ، ޕޮލިހުންގެ ނާގާބިލް އަޅުވެތި ކަމަކުން ވާބަދުނާމެކެވެ. ކަންކަން އިންވެސްޓިގޭޝަން ކުރަން ނުދަންނަ ދެފުއްދެގޮތް ބަޔަކާހެދި މުޅި ގައުމު ފަސާދަޔަށް މިދަނީ ޑރ މުއިޒްގެ ސިޔާސަތު އެއްފަޅިއަށް ބުރަވެގެން ދާތީވެއެވެ.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
02 May 2025
އެންމެ ރަނގަޅު ގޮތަކީ އަމީން އަމިއްލަ އަށް މަޤާމުން ވަކިވުން. މަޤާމް ގައި ހުންނަ ކޮންމެ ދުވަހަކީ މަސްލަޙަތު އިތުރަށް ގެއްލޭނެ ދުވަހެއް. އަމީން ބޭނުން ކުރާ، "ޓެރަސް" އަށް އަރާ ކުދިން މީގެ ކުރިން ވެސް އޮންނާނީ އެބުނާ އެއްޗެއް ބޮއިފަ! އޭރުން ފެށިގެން އަމީން މަނާ ނުކުރި ކަން އެއީ އަމީންގެ ޒިންމާދާރު ކަން ކުޑަ ކަން! ޒިންމާދާރު ކަން ކުޑަ ކުރުމަކީ ވަޒީފާ އިން ވަކިވާން ޖެހޭ ކަމެއް!
ޢަޒްރާ
02 May 2025
އަމީން އިސްތިއުފާ ދޭންޖެހޭ ސަބަބަކީ ކޮބައިތޯ؟އެކުދިން ކުރިފާޙުށި ޢަމަލުތަކުގަ އަމީންބައިވެރިވީތޯ؟އަމީން ދަޢުވަތު ދީގެން އެގެއަށް އައިބައެއްތޯ؟
އަޒްރާއަށް ރައްދުދޭ ފަރާތް
02 May 2025
އަޒުރާ ބުނަންތަ ރަނގަޅު ވާހަކައެއް. ގޭތެރޭގަ ފާހިޝް އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގަ އަމީނުގެ އެއްބަނޑު މީހުންގެ ދަރިން ކުރަމުން ދާއިރުގަ އަމީނަށް އެކަން ނޭނގި އޮތުން އެއީ ހަމަ ނެތްގޮތެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އެނގިހުރެ މުންކަރާތްތަކާ ފާހިޝް އަަމަލުތައް ނަހީ ނުކުރުން އެއީ މައްސަލައެއް. އެއީ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމުގެ އަމަލަކަށް ވާނީ.. މިހާރު ސާފުވެއްޖެ ކަމަށް އުންމީދުކުރަން. އަމީނު އިސްތިއުފާދޭންޖެހޭނެ!
ވަތަންގެ ދަރި
03 May 2025
ބަލަގަ އެ ގެއަކީ އަމީނުގެ އެކަނި ގެއެއްނޫނޭ، އޭނަ ބޭނުނހާގޮތެއްހަދާކަށް. ރަގަޅަށް އަސޓިކަލް ކިޔާފަ ނޮމެންޓު ކޮށްލުން ރަގަޅު.
ހިނިއަންނަނީ
02 May 2025
އަމީން ވަކިކުރީމަ އެކުއްޖާއަށް އިންސާފް ލިބުނީތޯ؟؟ އެކުދިންކުރި ފާހިސްއަމަލުން އެކުދިން އެއްކިބާވީތޯ؟؟ އެކުއްޖާ އެހާދަންވަރު ގޭގަނެތިގެން މައިންބަފައިން ހޯދަންއުޅުނުތޯ؟ ކޮބާ މައިންބަފައިންގެ ޒިންމާ؟؟ އަމީންވަކިކުރޭ އަދި މައިންބަފައިން ދަރިންނުބަލާކަމުގެ އިހްމާލުއޮތްނަމަ އަދަބުދީ
ޞަގަބު
02 May 2025
ކަލޭތީ ހާދަބޮޑު ގަމާރެކޭ. މީހުންމަރާ މީހުން ޖަލަށްލީމަ މަރުވި މީހާ ދުނިޔެއަށް އަނބުރާ އާދޭތަ؟ އަމީން ވަކިކުރަން ގޮވަނީ އަމީނު މިތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނީމަ.
ދޯހަޅި
02 May 2025
18 އަހަރުން މަތިވުމީ ދަރިން ބޮޑުވުން، ކައްވަޅަށް ދާންދެން މައިބަފައި ތަ ކުރާ ހުރިހާކަމެއްގެ ޒިންމާ ނަގާން ޖެހޭނީ؟ ދޯހަޅި ވިސްނުން ދޫކޮށްލާ އާދޭސްކުރަން
ރަސިނާ
02 May 2025
އަމިއްލައަށް އިސްތުފާދިނުން އެންމެ ރަގަޅުގޮތަކީ
ރަނާވަތު
02 May 2025
ސަރުކާރަށް އަދިވެސް ނުވިސްނޭ. އަނެއްކާވެސް އެއުޅެނީ ގުއިރޯނެއްގައި ޖައްސުވަން. މީނާއަށް އިތުބާރު އެބައޮތޭ ސަރުކާރު ލައްވާ ބުނުވަން އެއުޅެނީ