މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
27 އޮކްޓޯބަރ 2025 - 14:55
ގަވާއިދާ ހިލާފަށް ވެހިކަލްތައް ރަޖިސްޓަރީ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވެސް މިނިސްޓްރީގައި އެދިވަޑައިގަންނަވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ވެހިކަލް ރަޖިސްޓަރީކުރާ ވަރު އިތުރުވާއިރު އެ މިނިސްޓްރީން ގާނޫނީ ޒިންމާ ވެސް ވަރަށް ރަނގަޅަށް އުފުލާ ކަމަށެވެ.
ގާނޫނާ އެއްގޮތަކަށް ނޫނީ މިހާރު ވެހިކަލް ރަޖިސްޓަރީ ނުކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އެއާއެކު، މިނިސްޓަރު ދެން ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެސް ވަރަށް ގިނަ މެމްބަރުން، އުޅަނދު ރަޖިސްޓަރީ ކޮށްދިނުމަށް އެދިވަޑައިގަތުމުން ވެސް އަރުވަނީ އެއް ޖަވާބެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް ޔަގީންކަން އަރުވަން، އިރާދަކުރެއްވިއްޔާ ގާނޫނުން ބޭރުން އެކަމެއް ނުހިނގާ މިހާރު. ގާނޫނާ އެއްގޮތަށް މިހާރު އެހެރީ،" އޭނާ ވިދާޅުވި އެވެ.
ޝަމްހީދު ސުވާލު ކުރެއްވީ ވެހިކަލް ރަޖިސްޓްރޭޝަން އިތުރުވާއިރު ވެސް ގާނޫނީ ޒިންމާ ނުއުފުލަނީ ކީއްވެގެންތޯ އާއި ޕާކިން ބިލްޑިންގް އަދި ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ޖެހުމާ ގުޅޭގޮތުންނެވެ.
އަމީން ވިދާޅުވި ގޮތުގައި، ގަރާޖު އޮވެގެން ނޫނީ ވެހިކަލް އެތެރެ ނުކުރެވޭނެ ގަވައިދެއް ވެސް ވަނީ ހަދައިފަ އެވެ.
އޭނާ ވިދާޅުވީ ޑިޒައިން އެންޑް ބިލްޑު އުސޫލުން ޕާކިން ބިލްޑު ކޮންސެޕްޓު ހަދާފައިވާ ކަމަށެވެ. އެތަން އެޅުމަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދަޅުވި އެވެ. އަދި ޕާކިން ސްޓިކާ ޖަހަން ފެށީ ވެސް ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ ބޮޑުވުމުންކަން އަމީން ފާހަގަކުރެއްވި އެވެ.
ސައިކަލު ގިނަވުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން، މާލެ ސަރަހައްދުގައި ސައިކަލު ރަޖިސްޓަރީ ކުރަން، ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލުވުމުން، މިދިޔަ އަހަރު އަހަރު ވަރަށް ބޮޑު ދަށްވުމެއް އައި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބެ
29 October 2025
ވެހިކަލް ރަޖިސްޓްރީ ކުރުމަށް މާލޭގޯތިއޮތްމީހެއްގެ ސިޓީ ހުށަހެޅުމަކީ ރޯމާދުވާލު ހިންގާ އެންމެބޮޑު ސްކޭމް. މިގަވާއިދުގެ ބޭނުމަކީ ކޮބާތޯ. ހައްލުކުރަންބޭނުންވާ ކަމަކީ ކޮބާތޯ. ސިޓީގެންނަމީހާއަށް އެނގޭ އޭނާގެ ކާރު ބާއްވަންޖެހޭނީ މަގުމަތީގަކަން. މިނިސްޓްރީއަށްވެސް އެނގޭނެ އެކާރު ބާއްވަންޖެހޭނީ މަގުމަތީގަކަން. މިމާލޭގަ ގަވާއިދުން އެެތެރޭޕާކްކުރެވޭގޮތަށް 100 ގަރާޖުވެސް ނުހުންނާނެ. ހިއްކާބިންތަކުން ގަރާޖުކުރުަން ބިންކުއްޔަށްދޭންވީ. މެމްބަރުންގެ ޒިންމާ.
ޱރ ދޮގު ގުޅި
28 October 2025
އަމީން ތިޔަހެއްދެވީ ބޮޱު ދޮގެއް މެމްބަރުން އެދޭވާހަކަ ބުނުމަކުން ނުފުދޭނެ ހާމަ ކުރޭ މެމްބަރުންގެ ނަންތައް ފަސްޖެހުމެއްނެތި ފިސާރިކެރިގެން.
ގެދޮރޭ
28 October 2025
ހޮޅިވާހަކަ ނިދައްކާ. ލާރިގަނޑެއް ދިނީމަ ކާރުރަޖިސްޓްރީ ކުރާކަށް އެއްވެސް ހުރަހެއް ނެތް މިހާރުވެސް. ރަނގަޅު. އުޞޫލު ހަރުދަނާ. އެހެންވީމަ ދޭންޖެހޭ ފައިސާގެ ޢަދަދު ބޮޑު. ކުރިން 60000. މިހާރު 150000.
ބަޑިތަކުރު
28 October 2025
އަމީން އެބުނަނީ ތެދެއްކަމަށްވާނަމަ ދެން މިގައުމުގައި ރަނގަޅަށްދާނީ ކޮންކަމެއްތޯ ސުވާލު އުފެދެއެވެ.
ކޯކް0
28 October 2025
މިނިސްޓަރު، މެންބަރުންނަށް ޖެއްސުމަށް ތިވާހަކަ ހަމަ ބުނލުމަކުން ޒިންމާ އަދައެއްނުވޭ.. މައްސަލަ ހުށައަޅަންޖެޙޭ.. މައްސަލަ ބަލަންޖެހޭ،،
ދޮންމޮހޮނު1
28 October 2025
މާލޭގެ ރަށްވެހިންނަށް 1 ވެހިކަލް ނަމަވެސް ރަޖިސްޓުރީ ކުރެވެން ޖެހޭނެ. ދައުލަތުގެ އުޅަންދުތަށްވެސް ހުންނަނީ މަގުމަތީ ޕާކުކޮށްފަ. ރައްޔިތުމީހާ ބޮޑު އަގުގަ ނުހުންނަ ގަރާޖުގަންނަން މަޖުބޫރު ނުކުރުވާ. ރައްޔިތުންނަށް ލުައިފަސޭހަވާނެ ގޮތްސަރުކާރުން ފަހިކޮށްދީ!!
ވާނުވާތަ މީ
28 October 2025
މާލޭގެ މީހުނަ ނަށް އަމިއްލަ ރަށުގަ ކާރުވެސް ސައިކަލުވެސް ރަޖިސްޓްރީ ކޮށް ދެވެން ޖެހޭނެ...ކީއްވެތަ އެހެން ރައްރަށުގަ އެރައްރަށުގެ މީހުން ނައް ރަޖިސްޓްރީވެފަ ދުއްވޭއިރު މާލޭ މީހުން ނައް ނުވަނީ! ހާދަ ރޭސިސްޓޭ! ކޮން ގަރާޖެއް ތަ؟ ގަރާޖުގަ ވިއްޔާ އެހެރީ ހުރިހާ ކާރެއް
ޢޭންޖަލް
27 October 2025
ކޮށްދެމެންނު. އާންމުންގެ މީހަކު ފޭސް 2 ގަ ލިބުނު ގޯތިގަ ގަރާޖް ހަދަން ހުއްދަނުދޭ
އަމީން ދީފަ ނަގާ
27 October 2025
ނިސާން 350ޒެޑް އެހަކަށް ދުވަހުވެސް ރަޖިސްޓްރީކޮށްދިން. އެނގިގެން މި ބުނަނީ. ކާރު އެނގޭ މީހުންނަށް އެނގޭނެ އެއީ ކޮންއިރެއްގެ ކޮންކަހަލަ ކާރެއްކަން. ފައިސާ ދޭން ޖެހެނީ ސިޔާސީ މިހަށާ އޭނައާއި އެއްކޮށް އަންނަ ސިވިލް ސްޓާފަކަށް.
ކޮރަލް
27 October 2025
މެމްބަރުން ގަވާއިދާ ހިލާފައް ރަޖިސްޤްރީ ކުރަން އެދުނީމަ އެމައްސަލަ ބަލަން ވާނެ ނޫން ތޯ އެވެ؟ އެއީ ވ ބޮޑު ކަމެކެވެ.