ޚަބަރު / މުހައްމަދު އަމީން (ޓްރާންސްޕޯޓް މިނިސްޓަރު)

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ ރާއްޖޭގައި ވެސް ނެތިން، ފަތުރަނީ ދޮގުވާހަކަތަކެއް: އަމީން

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅުވައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެ ގޭގެ އެޕާޓުމަންޓެއްގައި އެ ވަގުތު ހުންނެވި ކަމަށް ބުނާ ވާހަކަތަކެއް ދެއްކި ނަމަވެސް އެ ދުވަހުގެ އެ ވަގުތު ރާއްޖޭގައި ވެސް ވަޑައިގެން ނެތް ކަަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ގ. ރަނައުރާގޭއާގޭ ޔުމްނު ވެއްޓުނު ހ. ފެންޓޯނިއާގޭގެ ހަތް ވަނަ ފްލޯގެ ލިފްޓާ ކައިރީގައި ހުންނަ އެޕާޓްމަންޓުގެ ދޮރު މަތީގައި ކަހަލަ ގޮތަކަށް މުށި ކުލައިގެ ބޫޓެއް ހުންނަ ތަން ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

އެ ބޫޓު ބަހައްޓާފައި ހުރި ގޮތް ބަދަލު ވެފައިވާ ތަން ފުޓޭޖުތަކުން ފެންނާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މިނިސްޓަރު އަމީން ހަފުލާއަކަށް ވަޑައިގެންނެވި ދުވަހެއްގައި، އެ ކުލައިގެ ބޫޓަކަށް އަރުއްވައިގެން ހުންނެވި ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށް، އެއީ މިނިސްޓަރުގެ ބޫޓު ކަމަށް ބުނެ ވާހަކަތަކެއް ފަތުރައިފަ އެވެ.

"އިސްތިއުފާ ނުދޭން ޖެހޭ ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ހަގީގަތުގައި ވެސް އަޅުގަނޑުގެ އެއްވެސް އިންވޯލްވްމަންޓެއް [ބައިވެރިވުމެއް] މިކަމުގައި އޮތް ކަމަކަށް ނުވާތީ. ޒައްރެއްގެ ވެސް އިންވޯލްވްމަންޓެއް އޮތް ކަމަކަށް ނުވާތީ އެއްވެސް ކަމަކަށް އެއްވެސް އިންވެސްޓިގޭޝަނެއް ބަންދުކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނޯންނާނެކަން އަމިއްލަ ނަފްސަށް ޔަގީންކަން އޮތީމަ،"--- އަމީން

އެހެންވެ، "މިހާރު" އިން ސުވާލު ކުރުމުން އަމީން މިއަދު ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާ ހިނގީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޖަމިއްޔާ، އައިކާއޯ އިން ގަތަރުގެ ދޯހާގައި ބޭއްވި އައިސީއޭއޯ ފެސިލިޓޭޝަން ކޮންފަރެންސް 2025 ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ.

މި މަހުގެ 16 އިން 18 އަށް ކުރެއްވި އެ ދަތުތުގައި މިނިސްޓަރު އަމީން މާލެ ވަޑައިގަތީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ.

ޔުމްނު ވެއްޓިފައި ވަނީ ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ރޭ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.

ދޯހާގައި ބޭއްވި އައިކާއޯގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.

"އޭރު އަޅުގަނޑު ޔަގީނުން ވެސް ރާއްޖެއަކު ނެތިން. ކަމެއް ހިނގައިގެން އުޅޭ ކަމެއް ވެސް އެ ވަގުތު އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު އިންނާނީ އެ ވަގުތު ރާއްޖެ އަންނަން މަތިންދާބޯޓުގައި،" އަމީން ވިދާޅުވި އެވެ.

"ހުރިހާ ލިޔުންތަކާއި ޓިކެޓުތައް އެބަހުރި ފެންނަން."

ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ހ. މިޓާޒްގޭގެ ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓުކުރީ 18 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ.

އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ބާއްވަމުންދާ ސިލްސިލާ އެއްވުމުގައި ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ނަމަވެސް އަމީން މިއަދު ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.

"އިސްތިއުފާ ނުދޭން ޖެހޭ ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ހަގީގަތުގައި ވެސް އަޅުގަނޑުގެ އެއްވެސް އިންވޯލްވްމަންޓެއް [ބައިވެރިވުމެއް] މިކަމުގައި އޮތް ކަމަކަށް ނުވާތީ. ޒައްރެއްގެ ވެސް އިންވޯލްވްމަންޓެއް އޮތް ކަމަކަށް ނުވާތީ އެއްވެސް ކަމަކަށް އެއްވެސް އިންވެސްޓިގޭޝަނެއް ބަންދުކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނޯންނާނެކަން އަމިއްލަ ނަފްސަށް ޔަގީންކަން އޮތީމަ،" މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިނުގަންނަވާ ސަބަބާ ގުޅޭ ގޮތުން އަމީން ވިދާޅުވި އެވެ.

އަމީނަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އޭނާ މީގެ ކުރިން ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. އޭރު އަމީން ވިދާޅުވީ، އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އަމީންގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން އޭރު ވެސް ވިދާޅުވި އެވެ.

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ މީހުން.--

އެ ހާދިސާ ހިނގީ އަމީންގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވި ގޮތުގައި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ ޔުމްނުއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.

މީގެ އިތުރުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

106 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 2%
icon angry icon angry 62%
icon wow icon wow 5%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުކެރޭނު

28 April 2025

ހީވަނީ ނޫސްވެރިންވެސް ފެންޓޯނިއޯ ގޭގެ މީހުން ހިމާޔަތްކުރާހެން. ކުޑަމިނުން އެގޭގެ މައްސަލަ ބޮޑުވެގެން އުޅޭ 7، 8. 9 ފްލޯރގަ އުޅޭ މީހުންގެ އަދަދުވެސް ލިއެލަން ނުކެރޭ. އެ ފްލޯރތަކުގަ ހުންނަ އެޕާޓްމަންޓްތައް ބޭނުންކުރަނީ ދިރިއުޅެންތޯ ނޫނީ އޮފީހަކަށްތޯވެސް ހޯދާފަ ލިއެލަން ނުކެރޭ. އަދި ޑޯރބެލް ކެމެރާ ހުރި ބައިތަކުން ލިބުނު ފުޓޭޖްތަކަކީ ކޮބައިކަން ފުލުހުން ނުދައްކާތީ އެ ލިބުނުކަން ނޫނީ ނުލިބުނުކަންވެސް ނޭނގޭ.

The name is already taken The name is available. Register?

ކޮބާއެބައި

28 April 2025

ފައިވާނާ ބެހޭ ގޮތުން އަދިވެސް ސާފުކޮށެއް ނުދެއެއްނު. މިނިސްޓަރު އަސްލުވެސް ރަށުގަ ނެތްނަމަ ރަށުގަ ނެތްއިރު އެގޭ ބަޔަކު ޕާޓީކުރުން އެއީ ހަމަ ވަރަށް ވުން ގާތްގޮތެއް. އެންމެންނަށްވެސް އެނގޭނެ އެފަދަ މިނިވަންކަން ލިބޭ ގަޑިތަކުގަކަން ކުދިން އެކަހަލަ ކަންކަން އާއްމުކޮށް ކުރާނީ.

The name is already taken The name is available. Register?

‫ފިލޯސޮފަރ

28 April 2025

‫ޖެންޒީން ނިކުމެގެން އަދި މާބޮޑު ކަމެއް ވާނެހެނެއް ހިޔެއްނުވޭ. ޖެންޒީ ފުރަގަހުގަ ސިޔާސީ މަންފާއަށް ފެންބޮވާ ގަނެފަ ތިބި ބަޔަކު އެބަ ތިބި. އެބައިގަނޑު ކިހާހިސާބަކުން ދާނެބާ

The name is already taken The name is available. Register?

އަހުމަދު 2026

28 April 2025

އެހެންވެގެންނޭ މަމިކިޔަނީ މައުމޫން ކުރިފަދަ ވެރިކަމެކޭ ރަނގަޅީ.ބައްޕަ މެން މިހާރުބުނޭ މައުމޫން އެއިރު ހަމަ ސަތޭކައޭ.

The name is already taken The name is available. Register?

ތެފައާސާ.

28 April 2025

ރަނގަޅު ވާހަކައެއް. އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން ކޮންޓްރޯލް ނުކުރެވޭނެ. އެކަމަކު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމަށް އަރާ، ޕާޓީކުރި ކުދިންގެ މޫވްމެންޓު ކިޔައިދިންއިރު ހުރިހާ ގެއެއްގެ ނަންކިޔާފައި މިނިސްޓަރ އަމީންގެ ގޭގެ ނަމަކަށް މާލޭގެ މެދުގައިހުރި ގެއެކޭ ބުނި ހިސާބުން އެއޮތީ އެނގިގެންވިޔަސް ނޭގިވިޔަސް ނުފޫޒު ފޯރާފައި. އޭގެ ތެރޭގައި އަމީންގެ އާއިލާކުދިން ތިބެ، ހީސް ސާމްޕަލް ނުދިނުމުން ފުލުހުން އިތުރުކަމެއް ނުކުރި ހިސާބުންވެސް.

The name is already taken The name is available. Register?

ނޯ ކެނަބިސް

28 April 2025

އިންޓަރނެޓް ކިޔާ އެއްޗެއް ފޯނުގަ ނުގެންގުޅެންތޯ؟

The name is already taken The name is available. Register?

ގަބުޅިބާދަލާ

28 April 2025

ކޮންމެ ވެރިކަމެއްގަވެސް(ބޮރޯ) އެއް އުފަންވޭ މިވެރިކަމުގަވެސް އެހެންވާންއުޅޭހެން ހީވެ.

The name is already taken The name is available. Register?

އިސްމާލި

28 April 2025

ޓްވިޓަރ ގައި ފެތުރޭ މިކަހަލަ ދެއުޅިއެއް ނުވާ ކަމަކަށް ބޮޑު ކޮއް ރައްދު ދޭނީ ގުޅުން ހުރި އެހެން ކަންކަން ފޮރުވައި ފޯކަސް އަނބުރާލަން.

The name is already taken The name is available. Register?

އަޒްރާ

28 April 2025

މައިންބަފައިންނަށް އަންހެންދަރިން ނުބެލި މަސްތުވެގެން އުޅެފަ އަނިޔާއެއްލިބޭއިރަށް ކަމާ ގުޅުންނެތް މީހުންގެ އަބުރާ ކަރާނަތަށް ބެލުނެއްނެތި ދޮގުވާހަކަ ފރތުރުމަކީ ކޮއްގެންވާނެ ކަމެއްނޫން furathama މައިންބަފައިންގެ ޒިންމާ kobawitO?

The name is already taken The name is available. Register?

ކޮބާހޭ ނުގުޅިފަ

28 April 2025

ކަމާ ނުގުޅޭނަމަ ނޫސްވރރިންގެ ބައްދަލުވުމުގަ އިންދާ ކީއްކުރަން ޕޮލީސް ކޮމިޝަނަރ އައްގުޅާ މައްސަލަ އޮއްބާލަން އުޅެންވީކީ. މީނައަކީ ދޮގުހެދުމުގެ ދިގު ތާރީހެއް އޮތް މީހެއްކަމައް އެކުގަ އުޅުނުހާ މީހުން އެބަކިޔާ. ވަޒީރު ބޭފުޅަކައްވީވެސް ބިރެއް ފިކުރެއްނެތި ދޮގުހަދާލަން ކެރޭތީ ތޯއްޗެއް. އަދި އަރާހަމަކުރާނެ ދުވަސް އަންނާނެ ދިވެހީން ތިބީކީ ރުހިގެނެއްނޫން. ވެއްޓެންވީމަ މިކަހަަލަ ކިތަންމެ ސަބަބު ތަކެއް މެދުވެރިވާނެ. މީހަކު އަޅާނުލިޔަސްވެސް.

The name is already taken The name is available. Register?

ކަންމަތީ އާންޓީ

28 April 2025

އަސްލު މައްސަލައިގެ ފޯކަސް ދުއްވާލަން ނޫޅޭ. ކިތަންމެ ރަގަލަށް ބެލިއަސް ބޮޑެތި ވީމަ ދަރިން މަގު ކައްސާލަ ފާނެ. ކަލޭގެ ވެސް. މާ މާތްވާ ނޫޅޭ!

The name is already taken The name is available. Register?

އަަހް

28 April 2025

11 ދުވަސް ފަހުންތޯ އެނގުނީ މާލޭގައި ތިބޭފުޅާ ނެތްކަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454