ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރާއްޖޭގައި މައްސަލައަކީ ވެރިންނެއް ނޫން ކަމަށާއި ރިޔާސީ ނިޒާމު ކަމަށް ވިދާޅުވި.-- ފޮޓޯ: މިހާރު
04 މެއި 2025 - 14:46
ރާއްޖޭގައި މައްސަލައަކީ ވެރިން ނޫން ކަމަށާއި ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
"ވަކި ވެރިއެއްގެ މައްސަލައެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
"ޕާލިމަންޓްރީ ނިޒާމާއި ޕްރިފެރަންޝިއަލް (ގިނަ ވޯޓު ދެވޭ) ވޯޓިން އަށް ބަދަލު ވެވިއްޖެ ނަމަ އެތައް ކަމެއް އިސްލާހު ވާނެ ކަމަށް ދެކެން."
ރާއްޖޭގެ އިންތިހާބީ ނިޒާމު ޕްރިފެރެންޝަލް ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފައި ވަނިކޮށް، ނަޝީދު ވަނީ އެކަމަށް ވެސް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ.
ނަޝީދު މިދިޔަ މަހު 20 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލައި ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު އިއްޔެ ބޭއްވި 14 ގަޑިއިރުގެ މީޑިއާ ބްރީފިންގައި ވެސް ވަނީ ވެރިކަން ހިންގުމުގެ ނިޒާމަށް އެ މަނިކުފާނު ގެންނަވަން ބޭނުންފުޅުވާ ބަދަލުތަކުގެ ވާހަކަފުޅު ދައްކަވައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1- ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުން.
2- ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އެ އިންތިހާބުގެ ދެ ވަނަ ބުރު ނުބާއްވާ ގޮތަށް ހެދުން.
3- ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުން.
4- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުން. ނުވަދިހަ ތިނެއް އެއީ މިހާރު ވެސް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އަަދަދު. ރައީސްގެ ބޭނުމަކީ އެ އަދަދު "ފްރީޒްކޮށް" އިތުރު ނުވާނެ ގޮތެއް ހެދުން ކަަމަށް ވިދާޅުވި.
5- އިންތިހާބީ މަގާމުތަކުގައި ތިބޭ އެންމެން ރިކޯލް ވޯޓަކުން ވަކި ކުރެވޭނެ ނިޒާމެއް ހެދުން. ރައީސް މުއިއްޒު ވިދާޅުވީ، އޭގެ ބޭނުމަކީ ރައްޔިތުންނަށް ބާރު ދިނުން ކަމަށް.
6- އަތޮޅު ކައުންސިލްތައް އުވައިލުން. ރައީސް މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލެއް އޮތުމުން އަތޮޅު ކައުންސިލްގެ މަސައްކަތްތައް ނުހިނގާ ކަމަށް. އަދި ބޭކާރު ގިނަ ހަރަދުތަކެއް ވެސް ހިނގާ ކަމަށް ވިދާޅުވި.
ނަޝީދު ވަނީ އެ މަނިކުފާނު މަޖިލީހުގެ ރައީސަކަށް ހުންނެވި އިރު ވެސް ރާއްޖޭގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ވަރަށް ބޮޑަށް ވަކާލާތު ކުރައްވައިފަ އެވެ. ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދުގައި މައްސަލަ ޖެހުނު މައިގަނޑު އެއް ސަބަބަކީ ވެސް ނިޒާމު ބަދަލުކުރުމަށް އޭރު އިބޫ ދެކޮޅު ހެއްދެވުމެވެ. އެ މައްސަލާގައި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުން ކަމަށެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އޭރުން ރިޔާސީ އިންތިހާބަށް ދައުލަތުން ކުރާ ހަރަދު ވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެ އެވެ. އެ މަނިކުފާނު މި ކަމަށް މިހާރު ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ނަމަވެސް އެ އިސްލާހުތައް ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ އިރެއް އަދި ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަކީމިއީ
05 May 2025
މިގައުމަށް ދިމާވިބއެންމެ ބޮޑު މައްސަލައަކީ މަނިކުފާނު. މަނިކުފާނުގެ ސަބަބުން އައި ގިނަ ޕާޓީތައްއެކުލެވޭ ޑިމޮކްރަސީއިން އުފަންކުރުވި ފިތުނައާއި އިތުރުކޮށް އާންމުކުރުވި ކޮރަޕްޝަން. ފުރަތަމަ ވެރިކަމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްނުކުރުން. ހުޅަނގުގެ ޓެކްސް ނިޒާމު ތަޢަރަފުކޮށް ބައެއް އެލަވަންސްތަކެއްދީ ވެލްފެއަރ ސޮސައިޓީއަކަށް ހަދައި ކަންނެތްކޮށްލުން. ލަދު ހަޔާތްކަނޑުވައި ރޭގަނޑު ވިޔާނުދާ ކަންކަމުގައި އުޅެން މަގުފަހިކުރުން. އިސްތިއުފާދީ ފިލުން.
އަފްރާސިޔާބު
05 May 2025
ނިޒާމު ގޯހިއްޔާ ނިޒާމު ބޭރުކުރޭ. މިރާއްޖޭގައި ނިޒާމަށް ހުރެވިގެނެއްނުވާނެ. ޖުމްހޫރިއްޔަތެއް އަހަރެމެން ބޭނުމީ. އެކަމަކު ޕާޓީއަކުން ވެރިޔަކު ހޮވައިގެންނުވާނެ. ޑިވައިޑް އެންޑް ރޫލް ވެގެންނުވާނެ. ޕާޓީ އަކުން ރައްޔިތުންގެ މަޖިލިސަށް މީހަކު ހޮވައިގެންނުވާނެ. ޕާޓީ ހިންގިޔަސް އޯކޭ. ދައުލަތުން ފައިސާ ދީގެންނުވާނެ.
ނިޒާމު
05 May 2025
މަމީ ނިޒާމު ދުވަހަކުވެސް ސިޔާސީ ކަމެއް ގަ ނޫޅެން ކޮބާ މަގޭ ކުށަކީ
ޖެރި
05 May 2025
މައްސަލައަކީ ވެރިންނެއްވެސް ނިޒާމެއްވެސް ނޫން. މައްސަލައަކީ ރައްޔިތުން. ރަނގަޅު މީހަކު ހޮވަން ރައްޔިތުންނަށް ދަސްވީދުވަހަކުން ތިޔަކަން ރަނގަޅުވާނީ.
ނަގާކިޔާ
05 May 2025
ރަގަޅު މީހަކަށް ވޯޓު ހަމައެއްނުވޭ. ދެން އަބަދުވެސް އޮންނަނީ ބޮޑު ނުބައި ބަލިކުރަން ކުޑަ ނުބަޔަށް ވޯޓް ދޭންޖެހިފަ. ދެވެނީ ހިތްހަމަޖެހިގެން ދޭ ވޯޓެއް ނޫން.
ތަރި2
05 May 2025
ކޮން ނިޒާމެއް ގޯސް ވެގެންތޯ ޓާޓާ އަށް ހިލޭ އަރަބިއްޔާ ބިމާ ގާކޮށި ބިން ދިނީ؟ އެތާކުރި އިމާރާތަށް އާއްމު އަގަށްވުރެ ބޮޑުކޮށް ސަރުކާރުން ފައިސާދިން. އިތުރަށް 2 ފްލޯދިން. ނާދީބިމާ އޯޑިޔޯންބިން ވެސް ހިލޭ ޓާޓާ އަށް އަދި އެތަންހަދައިގެން ވިއްކާފަ ފައިސާވެސް ޓާޓާ އަށް. އެކަންކުރާތީ ޅ.އަތޮޅުން ބޮ ރަށެއް ހިލޭ ދިނީ. ދިރާގު ޝެއަރ، ފެންކުންފުނި ޝެއަރ ވިއްކާލީ ވެރިންގެ އިހުލާސްތެރިކަމެއް ނެތީމަ ނޫންތޯ؟ ކޮންމެ ނިޒާމެއްގައިވެސް ވަގުން ކުރާނީ ވައްކަން.
ދިޔަފެލުން
05 May 2025
މަނިކުފާނޫ އަންގަނުހުޅުވަބަލަ. ވެރިކަން ކުރީތީ އަދި މަޖިލިހުގައި އިނީތީ އަދި ވެސް ރައްޔިތުން ފެލަމުންނޭތިދަނީ. އެވާހަކަ ދައްކަބަލަ. ތިލިބޭ އިނޔާޔަތްތަށް ހުޓުވަން ވާހަކަދައްބަލަ
ރަގަޅު
05 May 2025
ރަގަޅުވާހަކައެއް. މައްސަލައަކީ ވެރިންނެއްނޫން. މައްސަލައަކީ ސިޔާސީ މީހުނާ އެމީހުނަށް ވޯޓުދޭ މީހުން. ބަރުލަމާނީއެއް ނުގެނެވިގެން ތިއުޅެނީ ފައިސާއިން މަޖިލިސް ގަނެ ވެރިކަން ފޮރޮލާޅަން ފަށޭހަކުރަން. އޭރުންތާ މަނިކުފާނުގެ ގާތް ހުޅަގާ އިންޑިޔާއަށް ރާއްޖެ ކޮންޓުރޯލްކުރަން ފަށޭހަވާނީ. އެމްޑީޕީއާ ޑިމަކުރޮޓުސްގެ ފިތުނަޔަށް ވިސްނާތިބޭތި
އުސްމާނުބެ
05 May 2025
މިތާ ނިޒާމު އެބައޮތް ، ގަވައިދު އެބައެއް ، ވެރިން 2 ކެހެރިކަމުން އެއްވެސް ކަމެއް ރަގަޅުމަގުން ކުރަން ބޭނުން ވަނީ ، ދެން މިހާރު ރިޔާސީ ނިޒާމޭ ފަޅޮލޭ ކިތުމުން ހަޑި ، ހަމަ ތިބޭފުޅާވެސް ހުރެގެން ދޮންކޮއް ވައްކާ ކޮއްފަ އޮތް ނިޒާމެއްމީ
އަކިރި
05 May 2025
މީނައަކީ މޮޔައެއް. ގިނަވަގުތު ވާނުވާގަ ހުންނަ ބޭފުޅެއް. ނިޒާމު ކަމު ނުގޮސްގެން އުޅެނީ މީނައަށް 5 އަހަރު ވެރިކަން ނުކުރެވުނީމަ.
ނުދެކެންތަ
05 May 2025
ވާނުވާގަ ހުރުން ހުއްޓާލި ވާހަކަ ލީކުވެގެން އުޅުނު މިދިޔަ ސަރުކާރުގަ. އެހެންވީމަ މިހާރު ހެއްކެއް ނެތި ތިހެން ކިޔާކަށްނުވާނެއެއްނު
އައްޓަމަސް
05 May 2025
މައްސަލައަކީ ވެރިން. ނިޒާމެއް ނޫން. ނުބައި ވެރިއެއް ހުރެއްޖެއްޔާ ރަނގަޅު ނިޒާމެއްވެސް ބޭނުން ކުރާނީ ނުބައި ގޮތުގައި!