ޚަބަރު / އަހުމަދު މުއުތަސިމް އަދުނާން (އުއްތަމަ ފަނޑިޔާރު)

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް: އެމަނިކުފާނު ރިޓަޔާ ކުރައްވަން ވަނީ ހުށަހަޅުއްވާފައި --- ފޮޓޯ/ރައީސް އޮފީސް

08 މެއި 2025 - 14:37

46 comments

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހަޅުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނު ރަސްމީކޮށް ރިޓަޔާވެ ވަޑައިގަންނަވާނީ ރިޓަޔާމެންޓްގެ ފުރުސަތު ދެއްވަން ޖޭއެސްސީން ނިންމުމުންނެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވަން ހުށަހެޅުއްވިއިރު، އެމަނިކުފާނު ވަނީ ފަނޑިޔާރުކަމުން ވަކިވެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ވެސް ދާދިފަހުން ދެއްވައިފަ އެވެ. އެގޮތުން ބާ ކައުންސިލްގެ ރަސްމިއްޔާތެއްގައި އެމަނިކުފާނު ދާދިފަހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ދެން އެ ހައިސިއްޔަތުން ރަސްމިއްޔާތަކުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

އެމަނިކުފާނަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށް އޭނާ މިދިޔަ މަހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ ބަދަލުގައި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އެ މަގާމަށް އައްޔަން ކޮށްފަ އެވެ.

ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވަ އެވެ.

46 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 28%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިިލިގިލީ ކަތީބު

09 May 2025

ޢަލީ ރަޝީދުއަކީ މިވަގުތު އުއްތަމަ ފަނޑިޔާރު ކަމަށް އެންމެ ޤާބިލް ބޭފުޅާ.

The name is already taken The name is available. Register?

ކަނބިލި

09 May 2025

ރަނގަޅުވާނީ ތިޔަ ގޮތް. މިގައުމުގައި އެބަތިބި މިހާރު ކުޅަދާނަ މީހުން. " ބޭފުޅިޒަމް" ދިރިވުމަށް ބަޔަކު ކުރިކަމެއް ތީ. އަދިވެސް މިގައުމުގެ ޑިމޮކްރަސީ ތާކިހާ އަޅައިގެން އުސްގޮނޑި ތިރި ގޮނޑީގެ ސަގާފަތް ދިރުވަން އުޅޭ ބަޔަކު އުޅޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

09 May 2025

ހުސަން ސަލާޙުއްދީނު އަށް ކާފަ ވިދާޅުވާ ބޭފުޅާގެ ތިޔަ ނިންމުމުގެ ސަބަބުން ހަދާނަށް އަންނަނީ މައުމޫނުގެ ވެރިކަން ބަދަލު ކުރާން ދިވެހިން ބޭނުން ވެގެން ތެދުވެތިބި ދުވަސްވަރު އެމްޑީޕީ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ހުސަން ސަލާޣުއްދީނަށް ކާފަ ވިދާޅުވާ ބޭފުޅަކު "ސިޔާސީ ވޯޓެއް ކަމަށް ބުނެ" މައުމޫނު ބޭނުންވިގޮތަށް ބަޖޭޓް ފާސްކުރަން މަޖިލީހުގައި ދެއްވި ވޯޓްގެ މަތިން. މިއަދު ބޭޅާވެސް ތިދެއްވި ރިޓަޔަރ އަކީ ހަމަ އެފަދަ ކަމެއް ކަމަށް ދެކެން.

The name is already taken The name is available. Register?

މުތޭ

09 May 2025

ހުރުމެކޭ ނެތުމެކޭ އެއްފަދަ އެއްޗެއް ނެތިގެން ދިޔުމަކީ އެއްވެސް ކަމެއް ނޫން! ހަނުހުރީވެސް ލާރި އަށްޓަކާ އަދި ރިޓަޔަރ ކުރަނީވެސް ލާރި އަށްޓަކާ

The name is already taken The name is available. Register?

ވަކީލްް

09 May 2025

ޖުޑިޝަރީއަށް އެއްވެސް މޮޅެއް ނުހޯދައިދެވުނު ޖުޑިޝަރީގެ ހައްގުގައި ބަހެއް ބުނެނުލައި ޖުޑިޝަރީ އޮޔާދާން ދޫކޮށްލި އުއްތަމަ ފަނށިޔާރެއްގެ ލަގަބުން ތާރީހު ލިޔެވިގެން ދާނެ.

The name is already taken The name is available. Register?

ސަންވޭ

09 May 2025

ތި ނޫން މީހަކު އުއްތަމަ ފަނޑިޔާރު ކަމަށް ނާދޭ.

The name is already taken The name is available. Register?

11121221

08 May 2025

މޫތަސިމްގެ "ފިޑިކަން" ފެނިގެން ދިޔައީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުތައް ބާތިލްކޮށް ރޭގަނޑު ދަންވަރު ހުކުމްތައް ކުރަމުން ގެންދިޔައިރު ހަފަނޑިޔާރުން ވަކި ގޮތަކަށް ވަކި މީހަކު އިންތިހާބު ކުރުމަށް ހުކުމްތައް ނެރެމުން ދިޔައިރު އެކަނި މައިއެކަނި އެނެރޭ ހުކުމްތަކާ ދެކޮޅަށް ބަސްބުނެ ވަކި އޮޕީނިއަން ނެރުން. އޭރު އޭނަވީ ވަކި ވިސްނުމަކަށް ބުރަވާ މީހަކަށް!!! ދިވެހިންނަށް ހިތްވަރު ގަދަވާނީ ދަންވަރު ހުކުމް ނެރޭ ފައިސާ އަށް ވިކޭ މީހުން!!!!

The name is already taken The name is available. Register?

ލަދުޙަޔާތް ކުޑޭ.

08 May 2025

އެކަމަކުވާ އުއްތަމަ ހާދަ އެހެން ކަހަލަ ގޮތަކަށް ރިޓައަރ ކުރައްވަން ތިޔަ ނިންމެވީ. ހަމަ ލާރި ތިވަރަށް ބޭނުންވަނީތަ ؟

The name is already taken The name is available. Register?

ސުނިލްދަތު

08 May 2025

ޝަރުއީ ދާއިރާއަށް އަދި ޖުމްލަކޮށް މުޅި ގައުމަށް ޣައްދާރުވި ބޭފުޅެއްގެ ގޮތުގައި ތާރީހުގައި ލިޔެވޭނެ.

The name is already taken The name is available. Register?

‫ނާޑުވާ

08 May 2025

ރ‫ަނގަޅު ޕެކޭޖަކާއެކު ޜައީޒް މުއިޒް ބޭނުންފުޅުވާ ބޭފުޅަކު ލާން ސްލޮޓް ހުސްކޮށްލަދެއްވީ. 3 ބާރު ޒިންދާބާދު

The name is already taken The name is available. Register?

ފިޑި

08 May 2025

މިވަގުތުު ރިޓަޔާ ކުރުމަކީ ފިޑި އަމަލެއް. ޖުޑީޝަރީ ނަގަހައްޓަން މަނިކުފާނުގެ ބޭނުން ޖެހުނު ހިދު ތިވަޑައިގަނއނަވަނީ އެަތަންދޫކޮށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454