އައިޖީއެމްއެޗުގެ ނަރުހުން މަސައްކަތުގައި.
12 މެއި 2025 - 09:56
ނަރުހުންނަކީ މުޅި ސިއްހީ ނިޒާމުގެ ހިތާއި ވިންދު ކަމަށާއި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނަރުހުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި ޒިންމާ އަދާކުރާ ބަޔަކީ ނަރުހުން ކަމަށެވެ.
ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ތައްޔާރު ވެފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރުގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ ވަރުބަލި ކަމެއް، ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ މި ބޮޑު މަސްއޫލިއްޔަތުގެ އަގު މީގެ ކުރިން ވަޒަން ނުކުރާ ވަރަށް މި ސަރުކާރުން ވަޒަން ކުރާނެ ކަމަށެެވެ. ނަރުހުންގެ އަޑު އަހައި އީޖާބަދޭނެ ކަމަށާއި ނަރުހުންނަށް ފައިދާހުރި އެތައް ކަމަކަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "ނަރުސް" ނަމަކީ އޯގާތެރިކަމާއި އަޅާލުމާއި ހިތްވަރާއި މުރާލިކަމާއި ރީތި އެތައް ސިފައެއް އެކުލެވިފައިވާ ގަދަރުވެރި ނަމެއް ކަމަށެވެ.
"ނަރުހުންނަކީ ސިއްހީ ހިދުމަތުގެ ހިތްކަމުގައި ވެސް ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވެ އެވެ. ހަގީގަތުގައި ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒު: ނަރުހުންނަކީ ސިއްހީ ހިދުމަތުގެ ވިންދު ކަމަށާއި ނަރުހުންގެ އަޑުއަހައި އިޖާބަދޭނެ ކަމަށް ވިދާޅުވި.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފި ނަމަ ތިޔައީ ބަތަލެއް ކަމުގައި އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފި ނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނާ ސަބަބަކީ ނަރުހުންދޭ ވަފާތެރި އަގުހުރި ހިދުމަތުގެ މަތިވެރިކަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިދުމަތްކުރާ ނަރުހުންގެ 92 ޕަސެންޓަކީ އަންހެނުން ކަމަށާއި އެ އިން ދޭހަވަނީ އެފަދަ ބުރަ ގައުމީ އަދި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެނުން ކުރާ އަގުހުރި މަސައްކަތް ކަމަށެވެ.
"ނަރުހުންނަކީ ސިއްހީ ހިދުމަތުގެ ހިތްކަމުގައި ވެސް ވިންދު ކަމުގައި ވެސް މައިބަދަ ކަމުގައި ވެސް ސިފަކުރެވެ އެވެ. ހަގީގަތުގައި ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ،"--- ރައީސް
ސަރުކާރުން ބޭނުންވާ ގޮތަށް ސިއްހީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައުމަށް ބޭނުންވާ އެފަދަ ހިދުމަތްތަކުގައި ދިވެހިންގެ ނިސްބަތް އިތުރުކުރުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބޮޑު މަސްއޫލިއްޔަތަކަށް ވާއިރު ބަލި މީހާ އާއި އާއިލާ އާއި ޑޮކްޓަރާ މުއާމަލާތް ކުރަމުން، ހާލު ބަލަމުން ބޭސް ފަރުވާ ދެމުން، ބައެއް ހާލަތްތަކުގައި ބަލި މީހުންނަށް ކާންދީ، ތާހިރުކުރުން ވެސް ޖެހޭ ކަމެއް ކަމަށެވެ. ދުނިޔެއަށް އަލަށް ލޯ ހުޅުވާލައި އަދި ލޯ މަރާލާ ތުއްތު ކުއްޖާގެ ގާތުގައި ވެސް ނަރުހުންނަށް ތިބެންޖެހޭ ކަމަށާއި ވަކި އުމުރެއް، ގިންތިއެއް ތަފާތު ކުރުމެއް ނެތި ކުލުނާއި އެހީތެރިކަމާއި އަޅާލުން ދޭންޖެހޭ ބައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންކަމުން، ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަމެވެ. ނަރުހުންގެ އަޑުއަހައި އިޖާބަދޭނަމެވެ. އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނަމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ އިހުސާންތެރިކަމާއި ރަހުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުން ކަމަށާއި އެ ހިދުމަތަކީ ދެވޭ މުސާރައަށް ވުރެ އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އާއި އަނެކުންގެ ފަރާތުން ލިބޭ ހިތްހެޔޮކަމާއި ދުއާ، އެތައް ގުނައަކަށް އިތުރު މަސައްކަތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
12 May 2025
ހުރިހާކަމަކަށް ރައީސް ހުސްވާން ޖެހެނީ މުވައްސަސާތަކުގެ ވެރިންގެ ފެންވަރެއް ނެތީބާއެވެ؟
އިންމަ
12 May 2025
ނާހާނެ...މިގައުމުގަ އުޅެނީ ނަރުހުން ޓީޗަރުން ޑޮކްޓަރުން އެކަނި....ދެން ހުރީ ވަޒީފާތަކެއްނޫން....މީހަކު އަންތަރީސް ނުވާނެތަ މިހާރުވެސް 20000ރ އިން މަތި މިބައިމީހުންގެ މުސާރަ
ހާމަ333
12 May 2025
ރައީސެވެ. މިގައުމުގަ ވަޒީފާ އަދާކުރާ ސިވިލްސާވިސް މުވައްޒަފުން 30000 އަށް އަރާއިރު އެއިން ކޮންމެ މީހެއް ހަރަދުކުރަންވެސް އާއިލާއެއް އޮވޭ...ކީއްވެތޯ އެމީހުންގެ އަޑުއަހާނެ ވެރިއަކު ގައުމަށް ނާންނަނީ....މިގައުމުގަ އުޅެނީ ނަރުހުންނާއި ޑޮކްޓަރުންނާއި ޓީޗަރުން އެކަންޏެއް ނޫނޭ...މިހާރުވެސް ނަރުހަކަށް 20000ރ ކާރިކުރާ މުސާރައެއް ލިބޭއިރު ގިނަ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ އުޅެނީ 8000ރ އަށްވުރެ ދަށުގައި....އިންސާފާއި ހަމަހަމަކަން ކޮބައިތޯ? ފިހާރައަކުން ތަކެތި ވިއްކާއިރު އަގަކުން ތަފާތެއްނުކުރޭ ނަރުހެއްތޯ ޑޮކްޓަރެއްތޯ މަސައްކަތު މީހެއްތޯ
ޢޭންޖަލް
12 May 2025
ކީއްވެ އެހެން މުއައްސަސާތަކުގެ އަޑުނާހަނީ.
ހިރުވާ
12 May 2025
މި ނޫނީ އަދި ނާދޭ އަޑު އަހާ ސަރުކާރެއް. ވީވަރަކުން ކޮއްދެ މުން އެދަނީ. ކުރިން ގިނަ ފަހަރު ކަހާތަން ހިރުވާ ވެސް ނުލާނެ
ސީސީސީ
12 May 2025
މިހާޜުވެސް އަޑުއަހާވަރު ކުޑައެއް ނޫނެއްނު. އެމީހުންނަށް ދޑިޕްލޮމާއަކާއެކުވެސް 30ހާސް އާއި ކައިރުކުރަން އުޅޭ. ސިވިލްސަރވިސްގައި މާސްޓަރސްއާއެކުވެސް 12. މިވަރު ރަނގޅެއްނު ދޯ!
މީހުންގެ
12 May 2025
ތިޔަމުސާރަ ކުރިން ބަދަލު ގެނައީ މިސަރުކާރަކުން ނޫން. ދެން ތިބި މީހުންގެ ވެސް