ޚަބަރު / ނަރުހުންގެ ދުވަސް

އަދިވެސް ވަގުތު އެބައޮތް، ސިއްހީ ދާއިރާ އަށް ސަމާލުކަންދީ: ނަރުހުން

އައިޖީއެމްއެޗުގައި މިހާރު ކުރިއަށް ގެންދިޔަ ކްރިޓިކަލް ކެއާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ސިއްހީ އޮފިޝަލުންތަކެއް މާސްކް އަޅާ ގޮތް ދައްކާލަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު، ކުރީ ސަފުގައި ތިބި ހުރިހާ ނަރުހުންނަށް ވެސް ކުރިމަތިވެފައިވަނީ ބިރުވެރިކަމެވެ. ނުރައްކާތެރިކަމާއި ގޮންޖެހުމެވެ. ނަމަވެސް އެ ކަންކަމުން އެ މީހުންގެ އަޒުމަކަށް އަދި މަސައްކަތަކަށް ވެސް ބަދަލު ނާންނާނެ ކަމަށާއި ބައްޔާ ހަނގުރާމަކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެ އެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ އާދޭހެއް އެބަ އޮތެވެ؛ މިއަދު ކުރިމަތިމަތިވެފައިވާ ހާލަތުން އިބްރަތް ހާސިލްކޮށް، ސިއްހީ ދާއިރާއަށް އިތުރަށް އަޅައިލުމެވެ.

"އަދިވެސް ވަގުތު އެބައޮތެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް، ސިއްހީ ދާއިރާ އަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ." ރާއްޖޭގެ ހުރިހާ ނަރުހުންނާއި ފޫޅުމައިން ތަމްސީލު ކުރާ އެ ކައުންސިލުން ނެރުނު، ރިޕޯޓެއްގައި ވެ އެވެ.

މި އަހަރަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ނަރުހުންގެ އަހަރުވެސް މެ އެވެ. އެކަމަކު މި އަހަރާއި އަދި ރަސްމީކޮށް ފާހަގަ ކުރާ ނަރުހުންގެ ދުވަސް ވެސް ކުރިމަތިމިވީ، ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެސް ކުރިމަތިނުވާ ފަދަ ބަލިމަޑުކަމެއް ފެތުރި، އެކަމުގެ ހިތާމައިގައި ތިއްބަ އެވެ. ކޮރޯނާވައިރަސް ރާއްޖެ އަށް ވެސް އެތެރެވެ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރަމުންދާއިރު، އެކަމުގައި ނަރުހުންގެ ދައުރު އެ ކައުންސިލުން ސިފަ ކުރީ، "ގަދަ ކަނޑެއްގައި ފެތެމުންދާ އޮޑިއެއް ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމަށް މަސައްކަތް ކުރާ ފަޅުވެރިން"ގެ ގޮތުގަ އެވެ.

"އަދިވެސް ވަގުތު އެބައޮތެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް، ސިއްހީ ދާއިރާ އަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،"

ނަރުހުންނާއި އެ މީހުންގެ އެކުވެރިން ތިބީ، ކޮވިޑް-19 ޖެހިފައިވާ ބަލި މީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ހިދުމަތް ފޯރުކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ކަމަށް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ބުންޏެވެ. އެކަމުގައި، އެހެން ސިއްހީ ހިދުމަތްތެރިންގެ ހިއްސާ ވެސް ކައުންސިލުން ފާހަގަ ކުރި އެވެ.

"ނަރުހުންނަކީ އަބަދުވެސް، ސިއްހީގޮތުން ގައުމަށް ދިމާވާ މި ފަދަ ކޮންމެ ކަމެއްގައި ހިތްވަރާއި ހިދުމަތްދިނުމުގައި ތަޖުރިބާ ހުރި ހުނަރުވެރި ނަމޫނާ ބައެކެވެ." ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެ ކައުންސިލްގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ނަރުހުންގެ އެދުމަކީ ހާއްސަ ދާއިރާތަކުން، އެ މީހުންނަށް ތައުލީމާއި ތަމްރީނު ހާސިލްކުރަން މަގުފަހިކޮށްދިނުމެވެ. އަދި އެއީ، ސިއްހީ ގޮތުން ކުރަން ޖެހޭ ހޭދައަށް ވެސް ލުޔެއް ލިބޭނެ ކަމަށް އެ މީހުން ދެކެ އެވެ.

މި އަހަރު، ނަރުހުންގެ އަހަރުގެ ގޮތުގައި ފާހަގަ ކުރަނީ މޮޑަން ނާސިންގެ ހިދުމަތް ތައާރަފްކުރި، "ފްލޮރެންސް ނައިޓިންގޭލް"ގެ 200 ވަނަ އުފަންދުވަހާ ދިމާވާތީ އެވެ. އެކަމުގެ މުނާސަބަތުގައި، ނަރުހުންނާއި ފޫޅުމައިންނަށް ހާއްސަ ގިނަ ކަންތައްތަކެއް މި އަހަރު ވަނީ އިންތިޒާމްކޮށްފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އޭގެ ގިނަ ކަންކަމަށް ބުރުއެރި ނަމަވެސް، މުސްތަގްބަލާ މެދު ނަރުހުން ކުރާ އުއްމީދުތައް ފޮންޏެވެ. އެ މީހުން މަސައްކަތް ކުރަމުން ދަނީ، ރެއާ ދުވާލު ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތް ބަލައިގަނެ، އިތުރު ކުރިއެރުންތަކަށް މަގު ފަހިކޮށްދޭނެ ކަމުގެ އުއްމީދާ އެކުގަ އެވެ.

10 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 50%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުރުމި

12 May 2020

އަޅުގަނޑު ގޮވާލަން ރައީސް ސޯލިހުށް ނަރުހުންގެ ދުވަހު އެމީހުންގެ އަގު ނުކުރެވޭ ޙިދުމަމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ މީހުން ނަށް މާލޭގައި ދަތިހާލުގައި އުޅޭ ހުރިހާ ނަރުހުންނަށް ބޯހިޔާވަހިކަން ހަ މަޖައްސައްއިދހނު މަށް.

The name is already taken The name is available. Register?

ވައްލޯ

12 May 2020

ހުރިހާ ދިމާލަކުން ވެސް ބަލާ

The name is already taken The name is available. Register?

ހައްޖު ބޭ

12 May 2020

އާން! މިކަން ނިމޭ އިރަށް ނިމުނީމަ އޯކޭވާނެ، އޭރުން މަގޮސަދު ހާސިލްވެ ކަޓުވާލެވުނީ.

The name is already taken The name is available. Register?

އިސްލާހު

12 May 2020

ހަމަ އެކަނި ސިޔާސީ ޕާޓީތަކައް ކުރާ ޚަރަދު ސިއްހީދާއިރާއައް ކުރިޔަސް އެމީހަކު ހުރި ފަސްގަނޑުގައި ހުރެ އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ޚިދުމަތެއް ފޯރު ކޮއްދެވުނިސް

The name is already taken The name is available. Register?

900 ޑިގުރީ

12 May 2020

ޕަބްލިކު ހެލްތަށް އިސްކަންދީގެން މިގައުމު މިފަދަ ކަންކަ.ުން ސަލާމަތް ކުރެވޭނީ މެޑިކަލް މޮޑަލް ހަމައެކަނި ނުފުދޭ ހެލްތު ވޯކަރުންގެ ދައުރު ފުޅާކުރަންވީ

The name is already taken The name is available. Register?

falcon_autho

12 May 2020

ހެލްތު ވޯކަރުންނާއި ފޫޅުމައިން އެއްލާލުމަކީ މިގައުމުގެ ވެރިން ހެދި އެންމެ ބޮޑު ގޯސް. އޭގެ ރަހަ ޕަބްލިކް ހެލްތު ދާއިރާއިންނާއި މާބަނޑު އަންހެނުން ވިއްސަން ޖެހުމުން މިފެންނަނީ. މިހާރު ކަފާލައިގެން ނޫން ގޮތަކަށް ކުއްޖަކު އުފަންކުރުވޭ ކަމަކަށްވެސް ނުވޭ. އެކަމުގެ ގެއްލުން ކަނބަލުން ތަހައްމަލު ކުރަން މިއަދު ޖެހިފައިވަނީ.

The name is already taken The name is available. Register?

5555555

12 May 2020

ބަދަލުވީ ބޯ! ތޮއްޖައްސާ ކުލީ އަޅުން ގިނަކުރާ ސިޔާސަތު ކުރިއަށް. އިންސާނުން އިސްކުރާ ސިޔާސަތު ފަހަތުންވެސް އެކޮޅަށް.

The name is already taken The name is available. Register?

ރތރތރތ6

12 May 2020

އެހެންވެ ގުޅި ފަޅު ހިއްކަން ފަށައިފިން. ބަދަލުވީ ބޯ. ސިޔާސަތެއް ނޫން

The name is already taken The name is available. Register?

މިދުހަތު (މިދޫ)

12 May 2020

ނަރުހުންނަށް ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު މަދުނުވެ ލިބޭނެ ގޮތް ހަމަޖައްސަދެއްވާތި އެކަބަލުން އެ އަދާކޮށްދެނީ ދިވެހިރައްޔިތުންނަށް ދުވަހަކުވެސް އޭގެ ބަދަނު ނުދެވޭނެ ފަދަ އަގުހުރި ހިދުމަތެއް.

The name is already taken The name is available. Register?

ދަރަނި ދަންތުރަ

12 May 2020

ހުރިހާ ނަރުހުންނަށް އަދި ޑޮކުޓަރުންނަށް ވަރަށް ހޫނުމަރުހަބާއެއް ދަންނަވަން ، އުފާވެރި ބާޢްޖަވެރި ދުޅަހެޔޮ ދުވަސްތަކެއް މިންވަރުކުރެއްވުންއެދި ދުއާކުރަން ޔާﷲ މިބޭފުޅުންނަށް ހެޔޮރަހުމަތް ލައްވާށި މަސައްކަތުގައި ބަރަކާތްލައްވާށި އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!