ޚަބަރު / އޮޅުވާލައިގެން ފައިސާ ހޯދުން

ސްކޭމްގެ ތުހުމަތުތަކާ އެކު "ޖަސްޓް މެރިޑް" ގެއްލިއްޖެ!

"ޖަސްޓް މެރިޑް" ފޭސްބުކް ޕޭޖު--

ކައިވެނި ހަފުލާތައް ޒީނަތްތެރި ކޮށްދޭ ކަމަށް ބުނެ ސްކޭމް ހިންގާ "ޖަސްޓް މެރިޑް"ގެ ފޭސްބުކް ޕޭޖް ފާާޑުކިޔުންތަކާ އެކު، އެންމެ ފަހުން ޑީއެކްޓިވޭޓް ކޮށްފި އެވެ.

އެ ޕޭޖު ހިންގާ ފަރާތުން ޕޭޖު "ޑީއެކްޓިވޭޓް" މި ކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައިވެނީގެ ހަފުލާއެއްގެ އިންތިޒާމުތަކަށް ފައިސާ ދެއްކި ނަމަވެސް ޑެކަރޭޝަނާއި ކެއުމާ ގުޅޭ ކަންކަމަށް ދިން ލަނޑުގެ ވާހަކަތައް ސޯޝަލް މީޑިއާ އަށް ތިލަވެ، ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ.

އެ ވާހަކަތައް "މިހާރު" ގައި ރޭ އިރާކޮޅު ޖެހި ފަހުން "ޖަސްޓް މެރިޑް" ޕޭޖު ވަނީ ޑީއެކްޓިވޭޓްކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ކައިވެނިކުރި އައިޝަތު ނަދާގެ ދެމަފިރިންގެ ކައިވެނީގެ ހަފުލާގެ އިންތިޒާމުތައް ހަމަޖައްސައިދޭން ހަވާލުކުރީ "ޖަސްޓް މެރިޑް ޕޭޖު ހިންގާ ގ. ލައުޒާން، މުހައްމަދު ހުނައިންއާ އެވެ. . ޑެކަރޭޝަނާއި ކެއުމަށާއި ތަނުގެ އަގު ވެސް ހިމައިގެން ފައިސާ ޖަމާކުރީ ވެސް ހުނައިންގެ އެކައުންޓުތަކަށެވެ.

ހައުސް އޮފް ޖޭޑުގައި ބޭއްވި ކައިވެނީގެ ޑެކަރޭޝަނަށް "ޖަސްޓް މެރިޑް" ޕޭޖަށް ނަދާގެ ދެމަފިރިން ފުރަތަމަ 20،000 ރުފިޔާ ދިނީ މިދިޔަ އެޕްރީލް 1 ގަ އެވެ. އެއީ 200 މީހުންގެ ކެއުން ވެސް ހިމެނޭ ޕެކޭޖަކަށެވެ. އިތުރަށް ދައްކަން ޖެހުނު 14،500ރ. އާއި 50 މީހުން އިތުރު ކުރަން ބޭނުން ވެގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު 7،500ރ. ވެސް ދެއްކި އެވެ.

ނަދާ ބުނީ އެ ދެމަފިރިން ނެގި ޕެކޭޖަށް ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓުތައް ދެއްކުމަށް ފަހު ބާކީ ނުދީ އޮތީ، 2،000ރ. ކަމަށެވެ. އެއީ، ކައިވެނި ޕާޓީ އޮންނަ ދުވަހު، ހުރިހާ ކަމެއް ފުރިހަމައަށް ނިމުމުން ދޭން އެއްބަސްވެފައިވާ އަދަދެއް ކަމަށް ނަދާ ބުންޏެވެ.

ނަދާގެ ޕޯސްޓު--

ޖަސްޓް މެރިޑް އަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ޕޭޖެއްކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އެނގެ އެވެ. ހަމަ އެކަނި ފޭސްބުކުގައި ހިންގާ އެ ޕޭޖު ރެއާ ހަމައަށް އެކްޓިވް އެވެ. ނަމަވެސް މިހާރު އެ ޕޭޖު ވަނީ ޑީއެކްޓިވޭޓް ކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ސޯޝަލް މީޑިއާގައި އެ ޕޭޖުގެ ޕޯސްޓުތަކެއް ދައުރުވަމުން ދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޖަސްޓް މެރިޑް" ފޭސްބުކް ޕޭޖު، ޑީއެކްޓިވޭޓް ކޮށްފައި--

ނަދާގެ ޕޯސްޓް ޖެހުމުން ބައެއް މީހުން ކުރި ކޮމެންޓްތަކުގައިވާ ގޮތުގައި ޖަސްޓް މެރިޑްއާ އެކު އެ ތަޖުރިބާ ކުރަން ޖެހުނީ އެ ދެމަފިރިން އެކަންޏެއް ނޫނެވެ. އެ ޕޭޖުން އެހެން މީހުންނަށް ވެސް ވަނީ ލަނޑު ލިބިފަ އެވެ.

އެކަކު ބުނެފައި ވަނީ މިދިޔަ އަހަރު އޭނަގެ ކައިވެނީގެ ޑެކަރޭޝަނާއި ކެއުމަށް 145،000ރ. ޖަސްޓް މެރިޑް މީހުންނާ ހެދި ހަރަދުވި ކަމަށެވެ. ކުރިން ހުނައިންގެ މައްސަލަ ރިޕޯޓު ކޮށްފައިވާނެ ކަމަށާއި އޭނާގެ ކައިވެނީގައި ވެސް ކަންތައްވީ ހަމަ ނަދާމެންނަށް ދިމާވި ގޮތަށް ކަމަށް ބުނެފައިވެ އެވެ.

އެހެން މީހަކު ބުނެފައި ވަނީ 2023 ވަނަ އަހަރު އޭނަގެ ދަރިފުޅުގެ ކައިވެނި ޕާޓީގައި ވެސް ޖަސްޓް މެރިޑް މީހުން ކަންތައް ކޮށްފައި ވަނީ ހަމަ އެގޮތަށް ކަމަށެވެ.

އެ ޕޭޖަށް މީހުން ދީފައިވާ ރިވިއުތަކުގައި ވެސް ހުރީ ހުސް "ނެގެޓިވް" ކޮމެންޓެވެ.

34 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 28%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަރި

20 May 2025

ހޭލުންތެރި ވާން އެބަޖެހޭ! މިފަދަ ކެހިވެރިކަން ދޭނެ ކިތައްމެ ބަޔަކު ތިބޭނެކަން ޤަބޫލުކޮށް އެފަދަ މީހުންގެ އަތްދަށު ނުވާނެ ގޮތަކަށް ކަންކަން ކުރަން އެބަޖެހޭ. ނޫ ޔުނީފޯމު ލައިގެން ބަނޑު މުސާރައިގައި ބައްދައިގެން ތިބި ބައެއްގެ އެހީތެރި ކަމަކީ އޮތް އެއްޗެއްގެ ގޮތުގައި ދެކިގެން ކުރިއެރުމެއް ނެތް! ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ބަޔަކާ އެކީ ކުރުމުގެ ކުރިން އެބައެއްގެ ޙަޤީގަތް ދެނެގަތުން ވަރަށް މުހިންމު.

The name is already taken The name is available. Register?

ބަންޑާރ

20 May 2025

އަދުލު އިންސާފްނެތް ތަނެއްގަ ހުރިހާކަމެއްވެސް ހިގާނެ މީޙައިރާންވާންޖެހޭވަރު ކަމެއްނޫން

The name is already taken The name is available. Register?

ގޮނުއަނގަ

20 May 2025

އެހެން ސްކީމް ތަކެކޭ އެއްގޮތަށް މިކަންވެސް ނިމުނީނު. ޜިޕޯރޓެއް ކޮށްފައިނުވާތީ ދެން މިސްކޭމްގެ ކަންކަން ބެލުމުގެ ޙައްޤު ސަރުކާރަށް ލިބިގެންނުވޭތަ. ދިވެހިޤައުމުގައި ކަންކަން ރަނގަޅުވެ ހަރުދަނާ ތަނަކަށް ނުވަނީ ދައުލަތް ހިންގަން ލިބުނީމާ ޤާނޫނަކު ނެތޭ ކިޔާފަ ކަންކަން ދޫކޮށްލާތީ. އަދި ދެން މިކަން ހުއްޓުވޭނީ ކިހިނެއް ހެދީމާކަން ސިޔާސަތު އެކުލަވާލާމީހުން ބުއްދި ނުކުރާތީ. އަމަލު ނުކުރާތީ. ވެރިކަން ބޭނުން. ޙައްލެއްނެތް.

The name is already taken The name is available. Register?

0200200

20 May 2025

ޕޮލިހަކީ އެލީޓް މީހުންގެ ކުށްފޮރުވަން އޮންނަ ތަނެކޭ ރައްޔިތުން ސަލާމަތް ކުރަން އޮންނަ ތަނެއ ްނޫނޭ ބުނީމާ ބުނި މީހާ ނުބައިވާނީ.

The name is already taken The name is available. Register?

ާއަލިމަނިކު

19 May 2025

އިންސާނަކަށް ދެރަގޮތެއް ހަދާ ނިކަމެތި ކުރުމަށް ފަހު އުފަލުގަ އުޅެވޭނެ ކަމަށް ފެށި ދަތުރުގެ ފުރަތަމަ ދުވަސް މިވީ އިމްތިހާނަކަށް.. ހުރިހާވެސް މައްސަލަ އަކީ ނަދާގެ ފިރިމީހާ ...

The name is already taken The name is available. Register?

445ރތ

20 May 2025

ތަފްސީލް ބޭނުން. އަދި ހަމަ ތިހެން އެއްޗެއް ބުނެލާފައި ދިޔަސް ކިޔާމީހާއަކަށް ނޭގނޭނެދޯ

The name is already taken The name is available. Register?

ދިވެހިން 2.0

19 May 2025

މި ގްރޫޕް ފެނޭތޯ ޑްރޯން އުދުއްސަމާ އެހެން ނުފިލޭނެ ދެއްތޮ؟ ހޯމް މިނިސްޓަރު ކީކޭތޯ ބުނަނީ!

The name is already taken The name is available. Register?

ޖާދޫ

19 May 2025

ޖަަސްޓް މެރިޑް ލާރިކޮޅު ހިފައިގެން އެނައްޓާލީ ހަނީމޫންއަށް

The name is already taken The name is available. Register?

ރިޕަބްލިކް އޮފް ބޭކާރު

19 May 2025

ރިހާކުރު ފުޅި ވަގަށް ނެގިމީހެއްނަމަ މިހާރު އޮންނާނީ މީހާރު ޖަލުގައި މިސޮރޮމެން ފޭސްބްކް ޕޭޖް ޑިލީޓީކޮށްލީމާ ނިމުނީ. އެކަން ބަލާކަމެއްވެސް، ބަލާ ބަޔަކުތިބިކަމެއްވެސް އެކައްޗެއްވެސް ނޭގޭ.

The name is already taken The name is available. Register?

ވާއު

19 May 2025

ޖަސްޓް ޑިސެޕިއާޑް.

The name is already taken The name is available. Register?

ޢެޑްމުންޑޯ

19 May 2025

އުންމީދުކުރަން ފުލުހުން ތިމީހުން ހިފާ ހައްޔަރުކޮށް މައްސަލަ ބަލާނެކަމަށް ، އެމީހުން އެކުރީ ކުޑަކުށެއްނޫން ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454