މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
20 މެއި 2025 - 13:50
މ. މުލީގައި މިއަދު ހުޅުވި އެއާޕޯޓަކީ އެ އެއަތޮޅުގެ ތަރައްގީގެ ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުލީ އެއާޕޯޓު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ 5،000 އަށް ވުރެ ގިނަ މީހުން ހިމެނޭ މ. އަތޮޅު، ވައިގެ މަގުން ދަތުރު ކުރެވޭނެ ނިޒާމެއް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އެއާޕޯޓު ވެގެންދާނީ އެ ރަށާއި އަތޮޅުގެ ތަރައްގީއަށް ވެސް މުހިއްމު ދައުރެއް އަދާކުރާނެ ތަނަކަށެވެ.
މިއީ، ޓޫރިޒަމަށް ވެސް މުހިއްމު ތަނެއް ކަމަށާއި އެއާޕޯޓު ވެގެންދާނީ އިގްތިސާދީ ގޮތުން ވެސް ކުރިއަރުން އަންނާނެ ތަނަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއާޕޯޓު ވެގެންދާނީ އިގްތިސާދީ ދޮރާއްޓަކަށް. އޭގެ ތެރޭގައި ހަމަ ޔަގީނުންވެސް ފަތުރުވެރިކަމުގެ ދާއިރާއަކީ މުހިއްމު ދައުރެއް އަދާކުރާނެ ދާއިރާއެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނު ވާނީ މުލީ ފަޅުން ދެ ރަށް ހިއްކައިގެން ޓޫރިޒަމަށް ހާއްސަކުރާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށާއި އެ މަސައްކަތް ކުރަން ވެސް މި އެއާޕޯޓަކީ މުހިއްމު ދައުރެއް އަދާ ކުރާނެ ތަނެއް ކަމަށެެވެ.
"އެކަމަށް އެންމެ މުހިއްމީ އެއާޕޯޓު ހުޅުވުން. މިއަދު މިއޮތީ އެކަން ހާސިލުވެފައި. އިރާދަކުރެއްވިއްޔާ ޓޫރިޒަމް މިނިސްޓްރީން ތިޔަ ބޭފުޅުންނާ ގުޅިގެން ރައްޔިތުން އެދޭ ގޮތަށް އެކަން ހާސިލުކުރުމަށް އެހީވާނެ،" ރައީސް ވިދާޅުވި އެވެ.
"މި އަތޮޅުގެ ތަަރައްގީއަށް ވެސް މި އެއާޕޯޓު ވަރަށް މުހިއްމު. މި އަތޮޅުގެ ރަށްތަކާއި އަތޮޅުގެ ތަރައްގީއަށް އެއާޕޯޓުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް އަންނާނެ."
އެހެންވެ، މި އެއާޕޯޓަކީ ތަރައްގީގެ ފެށުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވި އެވެ.
މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ. ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ މުލީ ކައިރީގައި އޮންނަ ނާލާފުއްޓާއި މުލި، ކޯޒްވޭއަކުން ގުޅުވާލާނެކަން ވެސް އިއުލާނު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އެ މަޝްރޫއު ފައްޓަވާނެ ކަމަށެވެ.
ގާތްގަނޑަކަށް 650 މީޓަރު ދެ ރަށުގެ ދެމެދުގައި ހުރިއިރު ކޯޒްވޭއަކުން ދެ ރަށް ގުޅުވާލަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ސަބަބުން ދެ ރަށަށް ވެސް ފައިދާ ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ އިތުރުން މުލީ މަގުގެ ހެދުމުގެ މަޝްރޫއު ވެސް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މުލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި އެ ރަށުގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުއަށް ވެސް ބަޔަކު ހޯދަން އިއުލާނުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހައުސިން މަޝްރޫއުގެ ސަބަބުން މުއްޔަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ. ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް އާބާދީ އެއް ފަސްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފާންފޮށި
20 May 2025
ހައިރާން ވެއްޖެ. ކުރިން ބަޔަކު %80 ވަރު މަސައްކަތް ނިންމާފަ އޮތްތަނެއް، ހުޅުވާލަން ފުރުސަތު ލިބިވަޑައިގަތުމުން، މިސަރުކާރުން ސިޔާސީ ގޮތުން މަންފާ ހޯދަން މި ސަރުކާރުން ކުރިކަމަކަށް ހެދުމަށްވުރެ، ދެންވެސް ސަރުކާރުން ފެށި ކަމެށް ނިންމާލަން މަސައްކަތްކުރުން ރަގަޅުވާނެ.
ކައްޒާބު
20 May 2025
ރަށްފުށު މީހުން ބޮލަށް ޗިޕްޖެހޭނެ ވަރަށް ފަސޭހަކޮށް.
ފ މަގޫދޫ މީހާ
20 May 2025
ލޮބުވެތި ރައީސް ސާލިހްއެވެ މަނިކުފާނު 80%100 މަސައްކަތް ނިއްމެވި އެއާޕޯޓް ނިންމަވައި ރައީސް މުއިޒް އެހުޅުވައިދެންވެވީއެވެ. ރައީސް ސާލިހްއެވެ މަނިކުފާނު ނެތުމުން މަގޫދޫ އެއާޕޯޓު ނުނިމިގެން އަޅުގަނޑުމެން ވަރަށްހިތާމަލުރަމެވެ އަދި ހަމައެފަދައިން ފުލެޓުލިބި އެކަމުގެ ވާނުވާގައި 4000 ރައްޔިތުންވެސް ގިލަންވެރި ވޭނެއްދަނީ ތަހައްމަލްކުރަމުންނެވެ. މަނިކުފާނެވެ މަނިކުފާނުގެ ރައީސް ނަޝީދާއިއެކު 2028 އަށް ނިކުމެދެންވުމަށް އަޅުގަނޑުމެން އިއްމީދު ލުރަމެވެ .
ޑެބީ
20 May 2025
ބައްލަވާ ރައީސް ކޯޒްވޭ ނުހަދާ ނާލާފުށީގަވެސް އެއަޕޯޓެއް އަޅައިދެއްވާ. ގއ ވިލިނގިލީގަވެސް އެެއަޕޯޓެއް އަޅައިދިންގޮތަށް
ސަންޓޯ
20 May 2025
ކޮބާހޭ ފުލެޓް ލިސްޓް, ?
2025
20 May 2025
ތިކަމުން ދިއްގަރު، މަޑުއްވަރި. ޜަތްމަންދު އަދި މަޑިފުށި އެއާރޕޯޓަށް ދާމީހުންނަށް ވާފައިދާއެއްނެތް މަތިންގޮސްސަ ބޮޑުޚަރަދުކޮށްގެން ރަށަށް ލޯންޗްގަ ދާނީކާކު..... ބޮއިހަލަކި
ސޮބީހާ
20 May 2025
ސޯލިހެއް މުއީޒެއް ނޫން މީގަ މުހިއްމުވަނީ ، ލޯކަން ޓޫރިޒަމް ކުރިއަށް ގެންގޮސް ޑޮލަރު ގިނައިންލިބޭތޯ ބަލަންވީ،
ޗޫޤީ
20 May 2025
ދެން ވަރިހަމަ ވާނެ އެއްކުރި ފައިސާކޮޅު ޓިކެޓަށް ޚަރަދުކޮށް މީމު އަތޮޅު މީހުން ބަނޑަށް ޖެހި ބޭސްފަރުވާ ކުރެވޭނެފަދަ ނެތަސް. މީމުގައި އެއާޕޯޓެއް ހުޅުވިއްޖެއެއްނު. އެހިސާބުން އެއޮތީ ތަރައްގީވެފައި.
ކަތްދައްތަ
20 May 2025
ސަޅިބައިސާ ކިޔާ ޕްރޮގްރާމެއް 90 ގެ އަހަރު ތަކުގެ ބެލީމު. އެއީ މިދުވަހަށް އެދުވަހު ހެދި ޕްރޮގްރާމެއްކަން މިހާރު އެބަ ހީވޭ.
ކަބީލާ21
20 May 2025
ތޮގޮތައް އެއާޕޯޓު އަޅައިގެން ވަކި ތަރައްގީވީ ކޮންރަށެއްތޯ؟؟ މިދިޔަ 15އަހަރު ރާއްޖެތެރޭގައި އެޅުނު އެއާޕޯޓު މަދީތޯ؟ އެޅުނު އެއްވެސް ސަރަހައްދެއް ތަރައްގީވެއްޖެތޯ؟؟