އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: އެމްއެމްއޭއަށް ޑޮލަރު ނަގާ މިންވަރު މަތިކުރަން ނިންމީ ވިޔަފާރިތަކަށް ޑޮލަރު ލިބޭނެ ގޮތް ހަދަން ކަމަށް ބުނޭ
20 މެއި 2025 - 17:33
ޓޫރިޒަމް ދާއިރާ އިން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދު ބޮޑުކުރަން ނިންމީ ވިޔަފާރިތަކަށް "ހަރުދަނާކޮށް ޑޮލަރު ލިބޭނެ ގޮތް ހަދަން" ކަމަށް އެމްއެމްއޭއިން މިއަދު ބުނެފި އެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ. ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ވިއްކަން ޖެހެ އެވެ.
ނަމަވެސް އަންނަ މަހުން ފެށިގެން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާ 90 ޕަސެންޓް އެމްއެމްއޭއަށް ވިއްކަން ޖެހޭ ގޮތަށް މިހާރު ހަމަޖަައްސައިފަ އެވެ.
އެކަމާ ގުޅިގެން، އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ބަދަލު ގެނައީ ކޮންމެ ހަފުތާއަކު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ބޭރު ފައިސާ ހަރުދަނާ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނެއް ވަނީ ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން، ޓޫރިޒަމްގެ ދާއިރާގެ އެކި ފަންތީގެ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ތަފާތެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އަލަށް ގެނައި ގާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިޔަލަށް ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ބޭންކުތަކަށް މާރުކުރި އަދަދު 150 މިލިއަން ޑޮލަރަށް އަރާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގުދޮގު
20 May 2025
ހައްދަވައިގެން ތެދެއްނަހަދާތި. ވިޔަފާރިއަކަށްވެސް ނުލިބޭ އާއްމު ރައްޔިތަކަށްވެސް ނުލިބޭ، ހަބޭހަށް ބްލެކަމާކެޓްރޭޓުގަ މަނީއެކްސްޗޭންޖު ތަކުންވެސް ވިއްކަނީ. ގަވާއިދު އޮންނަނީ އޮންނަތާގަ. ގަވައިދުގެދަށުން ލައިސަންސް ނަގައިގެން އުޅޭ ބަޔަކަށް ބްލެކްމާކެޓުރޭޓުގަ ނުވިއްކޭ ، އެކަމު ހަމަ ހަބޭސް، އެއޮއް ވިއްކަނީ
ޕުލީޒު
20 May 2025
ވިޔަފާރިތަކަށްބޭނުންވާ ޑޮލަރު އެމީހުނަށް ރަސްމީރޭޓުން ވިއްކާނަމަ، މުދަލުގެއަގު ތިރިވާންވާނެ. މިވީތާކަށް ތިރިއެއްނުވެ ވަންޏާވަނީ ބޮޑު. ކުރީގައި 25ށް ގަތް ކިރުޕެކެޓު 27ށްވެ މިހާރުލިބެނީ 30ށް. ހުސްހޮޅިވާހަކަ. ވިސްނޭގޮތުގައި ތިކުރެވޭކަމަކީ މާރުކޭޓަށް އައުބަޔަކުނެރެ އަގުމައްޗަށްޖެއްސުންހެންހީވަނީ. ކަންހިނގާގޮޮތް ރިޕޯޓަރުން ރަނގަޅަށް ހޯދައި ބަލާދެއްވަބަލަ.
އެކޮއި
20 May 2025
ދައުލަތަށާއި ބޮޑުންގެ ޖީބަށް ވަންނައެއްޗެއް މަދުނުވެ ވަދޭ. އެކަމަކު އަހަރެމެން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރަންވެސް ޑޮލަރެއް 20 ރުފިޔާގެ ރޭޓުން ގަންނަންމިޖެހެނީ. ވެރިމީހާ ބުނި ދެން މައްޗެއްނުވާނެއޭ. އެބުނީ ވަރަށްބޮޑު ތެދުފުޅެއް. މައްޗެއްނުވި. އެކަމަކު މަތިނުވީ ދިވެހިރުފިޔާގެ އަގު. ޑޮލަރުގެ އަގެއްނޫން.
އުވޭނެއޭދޯ
20 May 2025
ދައުލަތުގެ ކުންފުނި ތަކަށް ބޭނުންވާ ޑޮލަރު ބްލްކެ މާރކެޓް އިން ގަތުން އެބަޖެހޭ ހުއްޓާލަން އެކަން ކުރަން މައްސަލަ އެއް ނެތޭ ޗައިނާގެ އެގްޒިމް ބޭންކް އިން ލޯން ނަގައިގެން ކުރިނަމަވެސް އެކަން ކުރަންވީ ޗައިނާގެ އެގްޒިމް ބޭންކް އިން ބީއެމްއެލް އަށް އަހަރަކު 10 ބިލިއަން ޑޮލަރު ދޭނީ ބޭންކް ރޭޓުގައި ދެން އެ ފައިސާ ދޭނީ ދައުލަތުގެ ކުންފުނިތަކަށް މުދާ ގަންނަން ޗައިނާ އިން އެއިރުން ދެން ބްލެކް މާރކެޓް އިން ޑޮލަރު ގަތުން ހުއްޓި ބްލެކް މާރކެޓް އަމިއްލަ އަށް
މެސީ1
20 May 2025
ބީއެމްއެލް އިން ޑޮލަރު މުއާމަލާތް ކުރެވެން ޖެހޭނީ ޑޮލަރު އެކައުންޓެއް އޮންނަ މީހުނައް، ޓެމޫ އަށާއި އެހެން އޮންލައިންތަކުން ވިޔަފާރި ކުރަނީ ދިވެހި އެކައުންޓުން، ބީއެމްއެލްއިން މިކަން ބަދަލު ކުރަންޖެހޭ
ގުދުގުދާބެއްޔާ
20 May 2025
ކަލޯ ޓެމޫ އިން ހެޔޮއަގުގައި ތަކެތި ލިބޭތީ މިއުޅޭ ދިވެހިންގެ ލބ ވިޔަފާތިވެރިންނައް މިހާރު ލޮލުފިޔައެއްވެސް ނުޖެހޭ! މާލޭގެ ފިހާރަތަކުން 350ރ އަށް ވިއްކާ ސްނެކާ ބޫޓް އެއްމެ 6 ޑަލަރަށް ޓެމޫއިން ލިބޭ! އަދި މާލޭގެ ފިހާރަތަކުން 3 ހެދުން ގަންނަ އަގަށް 10 ހެދުން ޓެމޫއިން ލިބޭ! އެހެންވީމާ މިމީހުން މިހާރު ޓެމޫއާއި އަޅައިގެނެގެން ނެއްޓެން ނޭގިގެން އުޅެނީ! ސޯސަލް މީޑިޔާގަ ޓެމޫއިން ގެންނަ އެއްޗެތި ނުލިބޭ ވާހަކަޔާ އެތައްވާހަކައެއްދައްކާ!
މެސީ1.0
20 May 2025
މެސީ 1 ފިހާރައަށް ދަތިވަނީތަ؟ ނޫނީ ޒާތީ ވަނީތަ؟ ބޭންކްތަކުގެ ޕޮލިސީތައް ހަދަނީ ތިކަހަލަ ކުރޮޅި ސިކުނޑިއަކުންނޫން އިނގޭ.
ޑރ ވާންޗޯ
20 May 2025
ތީވަރަށް ރަނގަޅުކަމެއް، މިހާރު ބެންކުތެރެއިން ބްލެކްއަށް ގިނައަދަދެއްގެ ޑޮލަރ އެބަނެރޭ ތަނުގެ ބޮޑެތި މަގާމުތަކުގަތިބޭމީހުންގެ އަމިއްލަ ވިޔަފާރިއެއްގޮތަށް.
އުދުހޭ
20 May 2025
ދެން އެމްއެމްއޭގަ އުޅޭ ސިޔާސީ މީހުންތަ އެކަންް ކުރާނީ؟
ޗޫޤީ
20 May 2025
އެހެންތަ؟ އަހަރެން ހީކުރީ ސަރުކާރުގެ ވަފުދުތައް ބޭރުގައުމުތަކަށް ގޮސް ވިޔަފާރިކުރަން ޑޮލަރު ހޯދަން ފަސޭހައަކަށް ކަމަށް. މިހާރު މިވިސްނަނީ ތިކަމުން އާންމުންނަށް ޑޮލަރު ލިބޭނެ ފަސޭހަ ގޮތަކީ ކޮބައިކަމާ ދޭތެރޭގައި.
އެކްސްޕްލެއިން
20 May 2025
މާރުކުރާ ޢަދަދު ބޮޑުކުރި ސަބަބު ޓޫރިޒަމްގެ ބޭފުޅުންނަށް ކިޔައިދޭކަށް ނުޖެހޭ. 100 ޕަސެންޓް މާރުކުރުވަންވީ.
ކެކެކެެކެކެކެކެކެކެކެ
20 May 2025
ދެން ޓުއޯ އޮޕޮރޭޓަރުންނާ ބޭރުގެ ތަންތަނައް ޕޭކުރަނީ ދިވެހި ރުފިޔާއިން؟
ދަރުމަ
20 May 2025
ޓްއައޮޕަރޭޓަރަށް ކަނޑާފަ ރިސޯޓަށްވެސް ލިބެނީ، ދެން އަނެއްކާ ޖެހޭތަ ބޭރު އިތުރު ތަނަކަށް ޕޭ ކުރަން
ރޭޓުބޭ
20 May 2025
މި ފައިސާ ލިބެނީ ކޮން ވިޔަފާރިތަކަކަށް؟ އާދައިގެ ފިހާރަ ހިނގާ މީހުން ޖެހެނީ ހަމަ ޑޮލަރު ބާޒާރު ރޓުން ގަންނަން.
ޖޯޖު
20 May 2025
އިއްޔެގެ ރޭޓަކީ 20.00ރ މޮޅުތަކެއް ވެއްޖެއެއްނު
ޣަނިއަ
20 May 2025
އާދައިގެ ފިހާރަހިންގާމީހަ ތަކެތިގަންނަނި ޑޮލަރުންތަ ހޯސޭލްކޮން އެތެރެކުރާފިހާރަތަކުން ރުފިޔާދީފަ ގަންނަނި.