މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ނިހާން ކަމަށް ބެލެވޭ މީހާގެ އޯޑިއޯއާ ގުޅިގެން ނިހާން ވަކި އެއްޗެއް ވިދާޅެއް ނުވޭ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 މާޗް 2017 - 20:30
ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މުދަލަކަށް، ފ. އަތޮޅުގެ ބައެއް ހަދަން އެ އާއިލާއިން ބޭނުންވާ ކަމަށާއި ގާނޫނު އަސާސީ އިސްލާހުކުރީ އެހެންވެގެން ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން އެ މައްސަލަ ބަލަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުން މިއަދު ގޮވާލައިފި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ކަމަށް ބެލެވޭ މީހަކު އެ އޯޑިއޯގައި ބުނަނީ ބިދޭސީންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން އަބްދުލްއަޒީޒު ފ. އަތޮޅުގައި އިންވެސްޓްކުރަން ބޭނުންފުޅުވުމުން ކަމަށެވެ. އެކަމަކު އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން ޝާހީ އާއިލާއިން ބޭނުންވީ ކަމަށް ވެސް ބުނެ އެވެ.
އެ އޯޑިއޯއާ ގުޅިގެން ނިހާން މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޕީޕީއެމުން އެކަހެރިކޮށްފައިވާ، އެ ޕާޓީގެ ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަމުން އަންނަނީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ނެގޭ ގޮތަށް ކަމަށާއި އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެއްލުންތަކެއް އެކަމުން ލިބޭނެ ކަމަށެވެ. ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އެ އޯޑިއޯގައި ބުނެފައިވާ ކަމަށާއި ވަކި ބޭފުޅަކު ބޭނުންވެގެން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ގައުމަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިކަން ހިނގައިދިޔަ އިރު މީގެ ހަގީގަތް މަޖިލިސް މެމްބަރުންނަށް ވެސް ވަނީ ސިއްރުކޮށްފައި ކަމަށް ގަބޫލު ކުރެވެ އެވެ. މިއީ އެއްގޮތަކަށް ވެސް މިފަދަ ކަންކަން ހިނގައިގެން ވާނެ ގޮތެއް ނޫނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސައޫދީން ރާއްޖޭގައި އިންވެސްޓްކުރާ ފައިސާއަކީ "ޑާޓީ" ފައިސާ ކަމަށް މާނަކުރެވޭ ގޮތަށް އެ އޯޑިއޯގައި ބުނެފައިވާ ކަމަށާއި އެއީ ސައޫދީގެ ގަދަރު ކުޑަވާ ގޮތަށް ދެއްކި، ދަށު ދަރަޖައިގެ ވާހަކައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް ޔާމީންގެ ކިބައިން މައުމޫން އެދިވަޑައިގަތެވެ. ނަމަވެސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގާނޫނު އަސާސީއަށް ބަދަލު ގެނައީ އެއިން އެއްވެސް ކަމެއް ނުކޮށް، އަދި މައުމޫންގެ އެއްވެސް ސިޓީއަކަށް ޖަވާބު ދެއްވުމެއް ނެތި އެވެ.
"އޭސީސީންނާއި ރައްޔިތުންގެ މަޖިލީހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މި އޯޑިއޯގައި ނިހާން ކަމަށް ލަފާ ކުރެވޭ ފަރާތަކުން ތުހުމަތު ކުރައްވާފައިވާ ސީރިއަސް މައްސަލަތައް ބައްލަވައި ދެއްވުމަށް ޕީޕީއެމްގެ ރައީސް އޮފީހުން ގޮވާލަމެވެ،"
ފ. އަތޮޅު ސައުދީގެ ޝާހީ އާއިލާއަށް ވިއްކާލަން ނިންމާފައިވާ ކަމުގެ އަޑުު ފެތުރިފައި ވަނިކޮށް ރައީސް ޔާމީން ވަނީ އެ ވާހަކަތައް ދޮގު ކުރައްވައި، އެތަނުގެ ކުރަނީ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ވިދާޅުވެފަ އެވެ.
ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިއަދު ރާއްޖެ ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި ވަނިކޮށް، ރާއްޖޭގައި މިހާރު ފެތުރެމުންދާ ސްވައިން ފްލޫއާ ހެދި އެ ދަތުރުފުޅު ވަނީ ފަސް ކުރައްވާފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ފ. އަތޮޅު މަޝްރޫއާ ދެކޮޅު އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް
20 March 2017
ތި ތަހްގީގް ކުރާނެ ބަޔަކު ނެތް މިރާއްޖޭގައި. އެންމެން ފިތިފަ!
ދޮންދީނި
19 March 2017
އިސްލާހޭ....ހެހެ...ތިމާމެންގެ ފައިދާއަށްޓަކައި ޤާނޫނަށް ހިތުހުރި އެއްޗެއް ހަދަނީ
އަޒިންޓެ
19 March 2017
ތިޔައީ ޒައީމޭ އަދު ލޮބުވެތި މި ދިވެހި ގައުމު ފަހުރު ވެރިވާ..
އުމަރު
19 March 2017
ނިހާނުގެ ލީކުވި އޯޑިއޯ ތަހްގީގުކުރުން ވަރަށް މުހިންމު، އަދި މަޖިލިހުގައި އޮންނަ ޤައުމީ ސަލާމަތާބެހޭ ކޮމެޓީއަށް އެމައްސަލަ ވެއްދުންވެސް މުހިންމު، އޭގެ އިތުރުން އެކަމުގެ ސީރިއަސްކަން މަޖިލިހުގެ ތަޅުމަށް ގެނެސް ބަހުސްކޮށް ގޮތެއް ނިންމުންވެސް މުހިންމު، ހަގީގަތުގައި އޯޑިއޯގައި އެހުރީ ވަރަށް ސީރިއަސް މައްސަލަތަކެއް، ޤައުމުގެ ބައެއް ވަކި ފަރުދަކަށް ވިއްކާލުމަށް ޤާނޫނު އަސާސީ ބަދަލުކޮށް އަދި އޭގެ ފަހުންވެސް ރައްޔިތުންނަށްވެސް އަދި މަޖިލިހަށްވެސް އޭގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ނައަންގައި ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދިއުން، އެހެންކަމުން މަޖިލިހުގެ މެޖޯރިޓީ ލީޑަރު ނިހާނާއި، ރައީސް ޔާމީނު އާއި މަޖިލިހުން ސުވާލުކުރަންޖެހޭ އަދި ތިޔަ ފ.އަތޮޅު ވިއްކާލުމަށް އިކޮނޮމިކް މިނިސްޓަރާއި ފިނޭންސް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރު ހިންގި ބައްދަލުވުންތަކާއި އެމީހުން ނިންމި ނިންމުންތަށްވެސް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް އަންގަދޭންޖެހޭ
ހައިދަރު
19 March 2017
އަހަރެން އުމަރުގެ ކޮމެންޓަށް ތާއިދުކުރަން، އެއީ ޤާނޫނު އަސާސީއިން ބައެއް ނުވަތަ މާއްދާއެއް، އަދި ޤާނޫނަކުން ބައެއް މާއްދާއެއް ބަދަލުކޮށްގެންނުވާނެ ވަކި ފަރުދަކަށް އަމާޒްކޮށް، އެހެން އެކަން ހިނގައިފިއްޔާ އެފަރުދަކަށް ދިވެހިރާއްޖެވެސް ގަނެވިދާނެ، އަދި ތިޔަކަންތަށް ހިންގާފައިވާނީ ވަރަށްބޮޑެތި އަދަދުތަކުން ރިޝްވަތުދީގެންކަން ކަށަވަރު، އެހެންކަމުން ގޯނިގޯންޏަށް އަޅައިގެން ފައިސާބެހި ފަރާތްވެސް މިކަމުގައި ޝާމިލްކޮށް ރަނގަޅު ތަހްގީގެއް ކުރަންޖެހޭ، އެއީ އެކަންކުރި ބަޔަކު ކުއްވެރިކުރާކަށެއްނޫން އެއީ ރައްޔިތުން ހޭލުންތެރިކޮށް މަޖިލިހުގެ މެންބަރުންވެސް ހޭލުންތެރިކުރުމަށް އެހެންކަމުން ތިޔަ ހިޔާލަށް ތާއިދުކުރަން
ގައުމު އެދިގޮވަނީ.
19 March 2017
މިވެލީ ކޮންމެ ފުކެއްގާ ވޭ ގައުމީ އިހްސާސް، ދިވެހިންނެއް ނުތިބޭނެ ނަމެ ވެގެނެއް ދެން އަޅުދާސް
ހައްލު
19 March 2017
ތިޔަމައްސަލަ އާއި ގުޅޭއެއްވެސް ތަހްގީގެއް ހިންގަންޖެހޭކަމަށްނުދެކެމެވެ އެފްޕީއައިޑީގެ ތަހްގީގު ހިންގުން މާ މުހިއްމެވެ.
ހުސައިންގެ ދަރި
19 March 2017
މި ފަހަކަށް އައިސް ޤައުމަށް ޣައްދާރުވި ބަޔެއްކަމުގައި ކިޔަނީ 3 ނޮވެންބަރުގައި މި ޤައުމަށް ދިން އުދުވާނީ ހަމަލާގައި ބައިވެރި ވި ދިވެހިންގެ ވާހަކަ. ޤައުމު ވިއްކާލަން އުޅޭނީވެސް ޚާއިނުން. އެމީހުންނަށް ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ދީގެންނުވާނެ. މި ކަމުގައި ސިޔާސީ ފިކުރަށް ބަލައިގެން ނުވާނެ. ޤައުމިއްޔަތޭ ހުއްބުލްވަތަނޭ އެންމެ ބާރަށްގޮވި ފަރާތުން މަދު ފައިސާކޮޅަކަށް ޤައުމު ވިއްކާލަން އުޅުމުން އެ ދެއްކި ވާހަކައިގައި އެއްވެސް ވަރެއްގެ އިހުލާސްތެރިކަމެއް ނެތްކަން އެނގޭ. މިނިވަން މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަނީ، ކިރިޔާވެސް ޤައުމީވަންތަ ލޭ ހިނގާކަމުގައި ވާ ނަމަ މި މައްސަލަ އިޚްލާސްތެރިކަމާއެކު ބައްލަވައި ކުއްވެރިވާ ފަރާތަށް ހަރުކަށި އަދަބު ދިނުން. އެއީ އަންނާންއޮތް ޖީލުތަކަށް އިބުރަތެއްކަމުގައި މި ކަން ވުމަށް. ޝުކުރިއްޔާ، ބާއްޖަވެރި ދުވަހަކަށް އެދެން.
ލޮލީތާ
19 March 2017
ހަސަން ތާޖުއްދީން ގެ ދެދަރިން އެކަންޏެއް ނޫން.. 3 ނޮވެމްބަރ ގެ ބާޢީންނެއް އެކަންޏެއްވސް ނޫން.. ލިސްޓް ދިގުވަމުން މިދަނީ
ޕޮކަންޑި މޭން
19 March 2017
މިސަރުކާރަކަށް މައުމޫން ދައްކާ ވާހަކަ މިހާރު އަޑެއްނީވޭ. މައުމޫން ގޮވާލާ ކަންކަމަށް އަހަރެމެން ސަމާލުކަން ދިނުން ހުއްޓާލިތާ މިހާރު ދުވަސްގަނޑެއް ވެއްޖެ.
ދެންބަލާ
19 March 2017
މައުމޫން ދައްކާ ވާހަކައަށް ސަމާލުކަން ދިނުން ހުއްޓާލީމައޭ މިސަރުކާރުގެ އަގު ދުވަހެއް ދުވަހަކަށް ވެއްޓެމުން ތިޔަ ދަނީ. ދެން ތިބޭ އަޑުނާހާ ބޮޑުތަނުގަ ޖެހެންދެން.
ނަސީރު
19 March 2017
ބަލަގަ... ނާސިރު ވިހަމަނާފުށްޓާއި ވާދޫ ދިނީމަ ވެސް ތިޔަ ގޮވެލި ގޮވެހެދީ މައުމޫނު މެން... ވެރިކަން ލިބިގެން ތަންތަން ބައްކޮށްގެން ތިބީ.. ގައުމޭ ދީނޭ ކިޔާފަ... މިހާރު މިހިރަގެން މެކުހަށް ޖަހާފައި ކަންކަން ވަނީ... މި ރީތި ފަޅުތައް ކާފަ ދަރިންނަށް ރައްކާ ކޮށްގެން ތިއްބާ ހިކި ފަސްކޮޅުވެސް އަޑިއަށް ދާނީ... ހިމޭނުން ތިބެ ބަލަ.. މިގައުމުގެ މީހުންނަށް އިގްތިސާދާއި ތައުލީމު ރަގަޅުކޮށް ދުނިޔޭގެ ފެންވަރުގެ ބަޔަކަށް މިމީހުން ހެދޭތޯ މިކުރާ މަސައްކަތަށް ފުރުސަތެއް ދީބަލަ..
ޥިސްނާފައި
19 March 2017
ހަމަ ފެންނަނީ 99 އަހަރަށް ދީގެން ވެސް ފ.އަތޮޅު ގެ އެފަޅި ތަރައްޤީ ކުރާށެވެ. ދެން އަންނަ ސަރުކާރަކުން ވެސް ރާއްޖެ ތަރައްޤީ ކުރަން ބޭނުންނަމަ މި ކަހަލަ ނަންތަށް ކުރާބެ އެވެ."މައުމޫނުގެ ބަރަވެލި ދުވެލި" ކަމަކު ނުދެއެވެ.