ކަސްޓަމުން މިއަދު އަތުލައިގަތް ޑްރަގް -- ފޮޓޯ: ކަސްޓަމްސް
22 މެއި 2025 - 22:33
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިރޭ ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވަނީ ޑްރަގްގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން ނުވަތަ މެތު ކަމަށެވެ.
މިއަދު އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 3،600 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް ސާފެއް ނޫނެވެ.
ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެެއްގެ ޑްރަގް ކަސްޓަމްސް އިން އަންނަނީ އަތުލައިގަންނަމުންނެވެ.
މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް އަތުލައިގަންނަ ޑްރަގާއެކު ހަވާލުކުރަނީ ފުލުހުންނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން ސައީދު
24 May 2025
މިއީ ސަރުކާރު ހެޑްލައިން ހަދަން ދޫކޮއްލި އެއްޗެއް ހެން ހީވަނީ، ވިން-ވިން ސްޓްރެޓެޖީ. ވައިގެ މަގުން މިވަރުގެ އެއްޗެއް އަތުނުވެ ނުދާނެ ކަން އިނގޭނެ ކޮންމެ މީހަކަށް. މީތި ކޮޅު ދީފަ ވަގަށް ހުންނާން މީދެ 10× މިހާރު އެތެރެ ކޮއްފަ.
ބޯހަލާކޭ
24 May 2025
މާފު މާފު މާފު. ހުސް ތިމާގެ މީހުން
އަި
23 May 2025
އައްދެ ތިއީ ޕިއްޒާ ފުށްގަނޑު ތަކެއް ނޫންތަ
ާައާޒިމް
23 May 2025
ޢިހްސާނު ކޮބާ؟ ޑުރަގު ހުއްޓުވޭތަ އެބަ؟
މޫސަ
23 May 2025
ނަން ވާނީ ފުލުހުން. އިހުސާން އަށް އޮންނަނީ އަބަދުވެސް ފުލުހުން ކަންކުރާކަމަށް ވެފަ. އިހުސާންގެ މިނިސްޓަރު ކަމުގެ ދަށުން ކަސްޓަމްސް އަށް އެއްވެސް ކަމެއް ނުކޮށްދޭ ހުރިހާ ކަމެއް ކޮށެދެނީ ފުލުހުންނަށް
ޑރ ވާނުވާ
23 May 2025
ކަލޯ ތިޔައީ އަމިއްލަޔަށް އުދުހިފަ ރާއްޖެއައި އެއްޗެއްތަ؟
ކޮރަލް
23 May 2025
އަތުވަނީ ޑްރަގް އެވެ. މީހަކު އަތެއް ނުވެ އެވެ. މީހަކު އަތުވިއަސް ހުކުމަކާ ހަމަ އަށް ދަނީ މަދު ފަހަރަކު އެވެ.
މުލޭ
23 May 2025
ޙުކުމަކާ ހަމައަށް ދިޔަޔަސް ކޮންމެ ވެސް ސިޔާސީ މީހެއްގެ ހެޔޮފުޅުކަމުން އެފަދަ މީހުން ޙުކުމް ނިމެންދެން ޖަލުގައި ނުތިބޭ.
އަނާ
23 May 2025
އަބަދުވެސް އިވެނީ އަތުލާވާހަކަ އެއަށް ހަދާ ގޮތެއް ނޭނގޭ މި އީ ވ ވާހަކަ
އަތްޖަހާ
23 May 2025
މިއީ މެތު ހުންނަ ގޮތް. ބޮޑަށް ވައްތަރީ ފުށް ގުޅަޢާ
1818
23 May 2025
ތި އެތެރެކުރި ބަޔަކު ނުވަތަ ވިޔަފާރިއެއް ހާމަކުރުމަކީ "ހަރާމް" ކަމެއް ތޯ؟ މި ފަހަރު "ބޮޑެއް ތޯ ނުވަތަ ބޮދެއް ތޯ"