ޒައިދާން.
26 މެއި 2025 - 13:41
ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ" އަށް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒައިދާން މުހައްމަދު ހާޝިމް 9،000 އަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި އޯޑަރުކުރި ކަމަށް އެތަނުން ބުނެފި އެވެ.
ފުޑީސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އެތައް ރެކޯޑެއް އޮންނަ ޒައިދާން 30 ފަހަރަކު ވަނީ ކާއެއްޗެހި އޯޑަރުކޮށް އޭގެ އަގު އަދާކުރިކަން ދެއްކުމުގެ ގޮތުން ފޭކް ސްލިޕު ފޮނުވައިފަ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެއިން ކޮންމެ ފަހަރަކު ވެސް 400 އެއްހާ ރުފިޔާގެ ކާއެއްޗިއްސަށް އޯޑަރުކޮށްފައި އެބަ ހުއްޓެވެ. މި މައްސަލަ ފާހަގަވީ ފުޑީސްގެ ޓީމުން ޓްރާންސްފާ ސްލިޕްތައް ބެލުމުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓީމުން ޓްރާންސްފާ ސްލިޕްތައް ވެރިފައި ކުރާނެ. އެގޮތަށް ބަލަމުންދިޔައިރު އެކައުންޓްސް އަށް މި ނޯޓިސްވީ އެމްއައިބީ ސްލިޕްތަކެއްގައި މައްސަލަ އުޅޭކަން،" އޭނާ ވިދާޅުވި އެވެ.
ޒައިދާން ފޮނުވި ފޭކް ޓްރާންސްފާ ސްލިޕްތައް ހަދާފައި ހުރީ ހުސެއިން ނާޒިމް ކިޔާ މީހެއްގެ އެކައުންޓުން ފުޑީސް އަށް ޓްރާންސްފާކުރި ކަމަށެވެ.
ފުޑީސް އިން "މިހާރު" އަށް ހިއްސާކުރި ސްލިޕެއްގައި މިދިޔަ މާޗު މަހު އޯޑަރަކަށް 520ރ. ދެއްކި ކަމަށް އޮތެވެ. އެ ސްލިޕް ވެސް އޮތީ ހުސެއިން ނާޒިމްގެ ނަމުގަ އެވެ.
ފޭކް ސްލިޕް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލައިގައި ޒައިދާން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން މިހާރު ވަނީ ބަންދަށް 15 ދުވަސް ދީފަ އެވެ.
ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން ވިޔަފާރީގެ ނަމުގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި 2022 ވަނަ އަހަރު ވެސް ޒައިދާން ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން ހީލަތުގެ އެކި މައްސަލަތަކުގައި ތުހުމަތުވެ އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓު ޕްރޮޓެކްޓް އެންޑް ސާރވް-ހަބޭސް
28 May 2025
2022 އިން ފެށިގެން ފުލުހުން ތި މީހާ ހޯދާ ހޯދާ ނުފެނި އޮއްވާ ފުޑީސް އިން ދޯ މިކަލޭގެ ފުލހުންނަށް ހޯދައި މިދިނީ. މީހަކު ހައްޔަރު ކޮށްފަ ދެން ތަންފީޒީ އިދާރާއަކުން މި ބުނަނީ މީނަ މީ މިހެން އުޅޭ މީހެއްކަން އިނގެޔޭ އަހަރެމެންނަށް. އެކަމަކު އޭނަ ހަމަ މިނިވަން ކަމާއެކު ޖަރީމާ ހިންގަހިންގާ ހުންނަންވީ. ބަންދެއ ނުކުރޭ. އަދަބެއް ނުލިބޭ. ޕަބްލިކަކަށް ނޭނގޭ މީ ކޮންކަހަލަ މީހެއްކަމެއް. ދެން މި މުޖްތަމަޢުއަށް އޮތީ ކޮން ރައްކާތެރިކަމެއް
ޢެޑްމުންޑޯ
26 May 2025
މިސޮރުގެ ހަށިގަނޑު އެހާ ވަރުގަދަކޮށް އެހުންނަނީ އެހެންވީމަތާ
ބަދިގެ އިން
26 May 2025
ހައްލަކީ މީނަ ސިފައިންގެ ވަޒީފާ އެއް ދިނުން
ސިފައިންގެމީހާ
26 May 2025
އޭރުން މިސޮރު ބަޑި ގުދަން ލޫޓުވާލާނީ. ކުޅޭ ބަޑިކޮޅެއް ލާފަ އަސްލު ބަޑިކޮޅު ހިފައިގެން ނައްޓާލީމަ މާރިއްޗެއް ނުވާނެދޯ. ޓެރަރިސްޓުން ގަޔަށް ފެންބަޑިޖަހަން ފެށީމަ ނޮޓް ގުޑް. ޕްލީސް އެހެންތާކަށް ފޮނުވާލާ. ނޮޓް ސިފައިންގެ.
ހުތްއާދަނު
26 May 2025
އެސޮރު މާބޮޑަށް ބަނޑުހައިވީކަމަށް ވާނީ
އެއްކަލަ މީހާ ދޯ
26 May 2025
ގައުމުގެ ވެރިންނޭ!! ނޫހުގެ ސަފުހާތައް ބައްލަވާ! މިފަދަ ކޮންމެ މަައްސަލައެއްގަ މީހަކު ހައްޔަރުކުރާއިރު އެފަދަ އެތައް މައްސަލަތަކެއްގަ ހައްޔަރުކޮށް އަދަބު ނުދެވި ދޫވެފަ ހުރިމީހަކަށް ނޫނީ ނުވޭ! މި ރެކޯޑްތައް އަޅެ ބަލާފަ މިކަމާމެދު ފުންކޮށް ވިސްނަންފަށާނީ ކޮންދުވަހަކުންބާ؟؟
ވސޗސދވފވ
26 May 2025
މައިން ބަފައިންގެ ފަރާތުން ނޫނީ ޢާއިލާގެ މީހެއްގެ ފަރާތުން ކުދިންނަށް މިކަހަލަ ކަންކަން ދަސްވެ އަށަގަންނަނީ ގިނަފަހަރަށް. ވަރަށް މަދު ފަހަރަކު ރައްޓެހިންގެ ފަރާތުން ދަސްވެ މިކަހަލަ ކަމެއްގެ ތެރެއަށް ދާނީ. އެއީ ރައްޓެހިންނާ ދިމާވެ އެމީހުންގެ ބަހަށް ހެއްލެނީ ގިނަ ފަހަރަށް މީހާ ތަސައްރަފު ފުދޭ ފަހުން ކަމަށްވާތީ.
ޓަނުދޯ
26 May 2025
ކިތައް ޓަނު ހުރޭބާ ބަރުދަނުގަ..
ސޯފީ
26 May 2025
ބަލައިޅިމަވެސް އެނގޭ ބަނޑޫހައި ވާނެ ވަރު
ޙަޒްމާ
26 May 2025
މިހާރު ސްލިޕް ފޮނުވީމާ އެ ފައިސާ ޖަމާވިކަން ވެރިފައި ކުރަން ޖެހޭ. މާބޮޑަށް ފަސޭހަ ކުރެވޭތީ ވާ ގޮތެއް.
ނެޕޮޓިޒަމް
26 May 2025
ރައުދުގެ ކޯޓު އަމުރުތަކާ އޭނާގެ މައްޗަށް ކުރާ ދައުވާގެ ތަފުސީލު ފުލުހުން ސިއްރު ކުރަނީ ކީއްވެ؟ ފޭކް ސުލިޕް ފޮނުވައިން ކައި އެއްޗިސް ގަތް މީހާގެ ނިޔަފަތި ހުރި ގޮތައް ދާން ދެން އެމައުލޫމާތު ނޫސް ތަކަށް ފުލުހުން ދީފި.