ޒައިދާން.
28 މެއި 2025 - 09:37
ކާބޯތަކެތީގެ ހިދުމަތްދޭ ތަނަކަށް އެކި ދުވަސް މަތިން ފޭކް ސްލިޕް ފޮނުވައި، ހިދުމަތް ހޯދި މައްސަލާގައި މި ހަފްތާ ތެރޭ ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމްގެ މައްޗަށް މަކަރާއި ހީލަތުގެ އެހެން މައްސަލައެއްގައި ދައުވާ އުފުލައި ޝަރީއަތް ނުފެށި އޮންނަތާ 1،000 އަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ޒައިދާން އާއި އިތުރު ބަޔަކު ބައިވެރިވެގެން، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކި ދުވަސްމަތިން، ހުޅުމާލޭ ހޯމްވޯކް ފިހާރައިގެ މޯބައިލް ނަމްބަރަށް ގުޅައިގެންނާއި މެސެޖުކޮށްގެން 147،181ރ. ގެ މުދާ ހޯދި އެވެ. އަދި އެ ތަކެތި ހޯދުމަށް ފަހު، އޭގެ އަގު އަދާކުރިކަން ދެއްކުމުގެ ގޮތުން ސައްހަ ނޫން ސްލިޕްތަކެއް ފިހާރައަށް ފޮނުވި ކަމަށް ދައުވާގައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ޒައިދާންގެ މައްޗަށް، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދެ ދައުވާއެއް ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އޭޕްރީލް 7، 2022 ގައި ވަނީ ހުށަހަޅައިފަ އެވެ.
އޭގެ ފަހުން 1،146 ދުވަސް ނުވަތަ ތިން އަހަރާއި އެއް މަހާއި 20 ދުވަސް ވީއިރު އަދިވެސް އެ މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ގިނަ އަޑުއެހުންތަކެއް ތާވަލުކުރި ނަމަވެސް ދައުވާ ލިބޭ ފަރާތުން ހާޒިރުނުވާތީ އާއި ޗިޓު ރައްދުކުރެވިފައިނުވާތީ ގިނަ އަޑުއެހުންތަކެއް ކެންސަލްކުރަންޖެހުނު ކަމަށެވެ.
އިއްޔެއަށް ވެސް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި އެވެ.
ޒައިދާންގެ މައްޗަށް ކޮށްފައިވާ މަކަރާއި ހީލަތުގެ ކޮންމެ ދައުވާއަކާ ގުޅިގެން އަންނާނެ އަސާސީ އަބަދަކީ އެއް އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. މީގެ ދެ ދައުވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވެ އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ދެ ދައުވާގެ އިތުރުން ބަންގްލަދޭޝް މީހެއް ކަމަށްވާ ރޮބް މަޓުބާއަށް ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން 28،450ރ. އެ މީހާގެ އަތުން ހޯދައި، 1،500 ޑޮލަރުގެ ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ވެސް ޒައިދާންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
އެ މައްސަލާގައި ޕީޖީ އޮފީހުން އޭނާގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވާއިރު އެ މައްސަލަ ވެސް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
އެ ދައުވާއާ ގުޅިގެން މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުހުން ބޭއްވީ މިދިޔަ މަހުގެ 6 ގަ އެވެ. މި ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އަންނާނެ އެންމެ ބޮޑު ހުކުމަކީ ވެސް 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އެ ދެ މައްސަލަ ފިޔަވައި އޭނާގެ މައްޗަށް އިތުރު މައްސަލައެއް މިވަގުތު ޕީޖީ އޮފީހަކު ނެތެވެ.
މި ހަފްތާގައި ޒައިދާން އަނެއްކާ ވެސް ހައްޔަރުކުރީ އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އިން ކާބޯތަކެތި އޯޑަރުކުރުމަށް ފަހު، ފައިސާ ދެއްކި ކަމަށް ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައިގަ އެވެ. އޭނާ ވަނީ 30 ފަހަރެއްގެ މަތިން ޖުމްލަ 9،000ރ. އަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި އޯޑަރުކޮށްފަ އެވެ.
އެ މައްސަލާގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ކޯޓުން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހޫ
28 May 2025
ތިމައްސަލަ ބަލާ މެޖިިސްޓްރޭޓް ދެން ގެންގޮސް ހައިކޯޓަށް ލާންވީ އޭރުން ތިކަން ފުދޭނީ. އެތަނުން މަދަނީ މައްސަލަތައް ނަގާފަ ހަމައެކަނި ޖިނާއީ އާއިލީ މައްސަލަ ބަލާ ގޮތަށް ހަދާ ތިން މެޖިސްޓްރޭޓުން ތިބޭއިރުވެސް މައްސަލަ ތާވަލުނުކޮށް އެކުރައްވާ ބުރަ މަސައްކަތެއް ބަލާނެ ބަޔަކު ޖޭއެސްސީގައި ނެތީތަ؟ އެތަނަށް ދާން ބޭނުންވާ އެކުވެރިޔަކު ހުރިނަމަ ތިކަން ވެއްޖައިސްތޯއްޗެއް
އޯކޭއޯކޭ
28 May 2025
މިހެން މައްސަލަ ނުހިންގާ އިންސާފު ގާއިމުނުކޮށް މަސްއޫލިއްޔަތަށް އިހުމާލުވާ މީހުންގެ މިއަމަލުތައް ސުލޫކީ މައްސަލައަކަށް ނުވޭ؟ ސުލޫކަކީ ވަކި ބަޔަކު ބޭނުންވީމަ ބޭނުން ބައެއްގެ މައްޗަށްވާ އެއްޗަކަށްވީމަ ގޯސްވަނީ. ދެން ހަމަބުނަންޖެހެނީ ކުރީދައުރުގަވެސް އެހެނޭކަން ހިނގަނީ. ތިއޮށް މަދަނީ ކޯޓެއްގަވެސް ތަރިކަ މައްސަލަ ގަނޑެއްވެސް ނިންމާނުލެވޭ ތިންހަތަރު އަހަރު ވާއިރު. ދެންވެސް ހަމަ އޯކޭ ބޭނުން މައްސަލަައެއް ބޭނުންވީމަ ހިންގާލާފަ ތިބެނީ. ޖޭއެސްސީއަށް އޯކޭ
ފަނޑިޔާރުން
28 May 2025
ތިޔަ ފަނޑިޔާރުންގެ މުސާރަ އަދިވެސްވީ ބޮޑުކުރަން. މިހާރުވެސް ބަލާބަލަ އޭގެން މީހެއްގެ އަތުގައި ކިތައް މައްސަލަ އޮތްތޯ. އޭގެ މައްސަލައަކަށް ކިހާ ދުވަހެއްވެއްޖެތޯ. އެންމެ މައްސަލައެއްވެސް ނުނިންމާ މަހުވެސް އެދަނީ ލައްކައިން ގެޔަށް ހިފައިންގެން. ޙަޤީޤަތުގައި ފަނޑިޔާރުންގެ މުސާރަވީ ކަނޑައަޅަން އެމީހެއްގެ ޕާފޯމަންސަށް ބިނާކޮށް.
އެއްޗެއް ނޫން
28 May 2025
ތީއަދި އެއްޗެއް ނޫންދޯ؟ ހައިކޯޓުގައި އެބަހުރި 2019 ގެ ކުރީގެ އެއްޗެހި އަތްނުލާ. އޭގެ ވެސް ކުރީގެ އެއްޗެހި އެބަ ހުރި ކޯޓުތަކުގައި ކުރިއަށް ނުގެންގޮސް އެ މައްސަލަތަކުގައި ދައުވާކުރާ މީހުން މަރުވަންދެން ބަހައްޓާލާފައި. ބީޓް ދެޓް.
އޯކޭއޯކޭ
28 May 2025
ސިވިލް ކޯޓުންވެސް 2019 ގެ މައްސަލަތައްވެސް ނިންމާނުލާ ހިފަހައްޓާ. ލަސްވެގެން ގުޅީމަ ބުނަނީ ވަރަށް ބައިވަރު މައްސަލަ އެބަހުއްޓޯ ތަރުތީބަކުން ނިންމަމުންނޯ ދަނީ. ތަރުތީބު އަހަރެމެން ކިޔާ އުޅެނީ އެންމެ ދުވަސްވީ ނުވަތަ އެންމެ ފަހުގެ އެގޮތަށް ކްރޮނޮލޮޖިކަލް އޯޑަރަކަށް. އެކަމު 2025 2024 ވެސް ނިންމާތަން ފެނޭ. އެބުނާ ތަރުތީބަކީ ފައިލުގެ ބޯމިންކަމެއް އިންކީ ޕިންކީ ކިޔާފަ އަތްލެވޭ ތަރުތީބެއްކަމެއް ނޭންގެ. 2019 އާ ހިސާބަކަށް އަދިވެސް ތަރުތީބު ނުދޭ
މާކުން
28 May 2025
ތިކަލޭގެ ފައިގަ ޓެގްއަޅުވާފަ ދޫކޮށްލާ!!! އެއިރުންތާ އަނެއްކާ އަނެއް ހަތަނުން ކައިފަ ވަގުބިލް ދައްކާފަ ފިލާނީ...
ރަގަޅު ވާނެ
28 May 2025
ކޮމިއުނީޓީ ސާރވިސް އަށް މީނަ ނެރޭ ގޭގެއަށް ޕިޒާ ޑެލިވާރ ކުރަން ފައިގަ ޓެގު އަޅުވާފަ
ލަދުވެސް ނުގަނޭ
28 May 2025
ޕިޒާ އެއް ކާލައޮގެން ސެލްފީ އެއް ކަޑާލަނީ ދޯ
މަބުނީ
28 May 2025
ދެންއަތުޖެހުނުފަހަރު ޝަރީއަތްނިމެންދެން ބަންދުކޮޑްފަ ބަހައްޓަންވީނު. އޭރުން ޗިޓުހަވާލުނުކުރެވިގެން އުޅޭކަށްނުޖެހޭނެ.
ވާހަކަ ހަމަ 100
28 May 2025
ވާހަކަ ހަމަ 100
ޖިހާދު.
28 May 2025
ވަގުކަލޭގެ ތިޔަށްވުރެން ރީތި ފޮޓޯ އެއް ނުލިބުނީތަ ނޫހުގައި ޖަހާލަން؟ ފެޝަންސޯއެއް ދިގެން އުޅޭ ތަރިއެކޭ މި ވަގު ކަލޭގެ އެކޭ އެއް ވަރު ކޮށްފަ ތިއޮތީ.
ލައިޓް
28 May 2025
ރާއްޖޭން އިންސާފު ލިބެނީ ދިދަޖެހި ނޫނީ ސްޕޯރޓްސް ކާރުތަކުގައި އުޅޭމީހުނަށް! އެކްސްޕްރެސް ސާރވިސް ފޯ ކޮމްޕްލީޓް ރޫމް ސާރވިސް!