ރިޕޯޓް

މި ޒައިދާންގެ މައްސަލައިން އެނގެނީ ވާނުވާ އޮތީ ޖަލުގައި ނޫންކަން

ޒައިދާންއަށް ދައުވާ އުފުލިތާ 1،000 ދުވަސްވީ އިރު އަދިވެސް އޮތީ ޝަރީއަތް ނުފެށި އިބްތިދާއީ މަރުހަލާގައި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނޭ.

ޒައިދާން.

ވިޔަފާރި އާއި ފައިސާގެ މުއާމަލާތްތައް ހިންގައި އަގު އަދާކުރިކަން ދެއްކުމަށް ފޭކް ޓްރާންސްފާ ސްލިޕް ފޮނުވުން ފަދަ ހީލަތުގެ އެތައް މައްސަލައެއް އޮތް މީހަކު އިހަށް ދުވަހު އެ ހައްޔަރުކުރީ ހަމަޖެހިލައިގެން އިނދެ އެތައް ހާސް ރުފިޔާއެއްގެ ކޮއްތު ހީލަތުން ހޯދައި ކައި ނިންމި ފަހުންނެވެ.

ޒައިދާން މުހައްމަދު ހާޝިމްގެ މި ހީލަތުގައި ޖެހޭ މީހުންނާ ދިމާލަށް އެއްޗެއް ކިޔުމުގެ ކުރިން ދައްކަން މި ޖެހެނީ މީނާގެ މައްސަލައިން މި ފެންނަ ނިޒާމީ ބޮޑު މައްސަލަ އެވެ. މިއީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ތިބި "ވާނުވާ" މީހުންގެ ވާހަކަ ވެސް ފަށަން ޖެހޭ ހިސާބެވެ. ކުށުގެ އެކި ތުހުމަތުތަކުގައި ދައުވާ ލިބޭ އެތައް ބަޔަކު ތަކުރާރުކޮށް ކުށް ކުރުމުގައި އެ އުޅެނީ ޝަރީއަތްތައް ލަސްވެ ހުކުމެއް ނުކުރެވި މިނިވަންކަމާ އެކު އުޅެވޭތީ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުން ޒައިދާންގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުން ގޮސް އޭޕްރީލް 7، 2022 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ޒައިދަންގެ މައްޗަށް، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދެ ދައުވާކުރި އެވެ. އޭގެ ފަހުން 1،000 ދުވަސް ވެގެން ދިޔައިރު އެ ދައުވާތައް އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ؛ ޝަރީއަތް ނުވެސް ފެށެ އެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުގައި އުޅޭ ޒައިދާން މުހައްމަދު ހާޝިމްގެ މައްޗަށް ދައުވާކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަށް ތިން އަހަރުވީ އިރު އަދި އޮތީ އިބްތިދާއީ މަރުހަލާގައި. -- ފޮޓޯ: މިހާރު

ހުޅުމާލެ ހޯމްވޯކް ފިހާރައިން 147،181ރ. ގެ މުދާ ހޯދުމަށް ފަހު އޭގެ އަގު އަދާކުރިކަން ދެއްކުމަށް ޒައިދަން އާއި އިތުރު ބަޔަކު ގުޅިގެން ފޭކް ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައިގައި މަކަރާއި ހީލަތުގެ ދެ ދައުވާ ކޮށްފައި ވާއިރު ކޮންމެ ދައުވާއަކަށް އަސާސީ އަދަބުގެ ގޮތުގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް އަންނާނެ އެވެ. "މި މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގައި. ގިނަ އަޑުއެހުންތަކެއް ތާވަލު ކުރެވިފައިވީ ނަމަވެސް ދައުވާ ލިބޭ ފަރާތުން ހާޒިރު ނުވާތީ އާއި، ޗިޓު ރައްދު ކުރެވިފައިނުވާތީ ގިނަ އަޑުއެހުންތަކެއް ކެންސަލް ވެފައިވާކަން ފާހަގަވޭ،" ޕީޖީ އޮފީހުން ބުންޏެވެ.

ދައުވާ ކުރިތާ 1،146 ދުވަސް ފަހުން ނުވަތަ ތިން އަހަރާއި އެއް މަހާއި 20 ދުވަސް ފަހުން އިއްޔެ މި މައްސަލައިގެ އަޑުއެހުމެއް ހުޅުމާލެ ކޯޓުގައި ތާވަލްކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޒައިދަންގެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ވެސް އެބަ އޮތެވެ. އެއީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ބަންގްލާދޭޝް މީހެއްގެ އަތުން 28،450ރ. ނެގުމަށް ފަހު 1،500 ޑޮލަރުގެ ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައެކެވެ. އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ މި މައްސަލައިގައި ޑިސެމްބަރު 24، 2024 ގައި އުފުލި ގޮތަށް އަދި ބޭއްވުނީ އެންމެ އަޑުއެހުމެއް ކަމަށާއި މި މައްސަލަ ވެސް އޮތީ އިބްތިދާއީ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި މައްސަލައިގައި ބޭއްވި ހަމައެކަނި އަޑުއެހުން ބާއްވާފައި ވަނީ ދައުވާ އުފުލިތާ 103 ދުވަސް ފަހުން މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ.

މިއީ ސާބިތުވެއްޖެ ނަމަ އަސާސީ އަދަބެއްގެ ގޮތުން ނުވަ ހަމާއި 18 ދުވަހުގެ ޖަލު ހުކުމެއް އޮތް ދައުވާއެކެވެ.

ޖަލުން ބޭރުގައި ވެސް އޮތީ "ވާނުވާ"

ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ މީހުން ވަކި މުއްދަތެއް ނެތް ގޮތަށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ އާންމު ކަމެކެވެ. މަރުގެ މައްސަލަތަކާއި ޓެރަރިޒަމާއި މަސްތުވާތަކެތި އެތެރެ ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ސީރިއަސް ކުށްތަކުގެ ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރެ އެވެ. ވާނުވާ ބަންދުގެ ޝަކުވާ ބޮޑުވަނީ މި މައްސަލަތަކުގެ ޝަރީއަތް ނުނިމި އެތައް އަހަރެއް ވެގެން ދާތީ އެވެ. - ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ޝަރީއަތް ނިމެންދެން ބަންދުގައި ބަންދުކޮށްފައި ތިބި 417 މީހަކު މިހާރު ވެސް އެބަތިއްބެވެ.

ކުށުގެ ތުހުމަތުވާ މީހުންނާ ގުޅޭ ގޮތުން ތެޅިފޮޅިގެން ގޮތް ނިންމަން ޖެހިގެން އުޅެނީ ފުލުހުންނާއި ޕީޖީ އޮފީހުންނެވެ. ޖިނާއީ ކުށެއްގެ ދައުވާ ލިބޭ މީހަކީ ބަންދުކޮށްފައިވާ މީހެއް ނަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރާތާ 30 ދުވަހުގެ ތެރޭގައި، ބަންދުން ވީއްލިފައި ހުރި މީހެއް ނަމަ 45 ދުވަސް ތެރޭ އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވަން ޖެހެ އެވެ. އަދި ޕީޖީން އެ މީހެއްގެ މައްޗަށް ދައުވާކުރާ ނަމަ އެ އޮފީހަށް މައްސަލަ ހުށަހަޅާތާ 15 ދުވަސްތެރޭ ދައުވާކުރަން ޖެހެ އެވެ.

އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގައި، އިބްތިދާއީ އަޑުއެހުން ބާއްވާ ވަގުތުން ފެށިގެން ގިނަވެގެން، ރަސްމީ ބަންދު ނޫން ފަސް ދުވަސް ތެރޭގައި، އެ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުން ބާއްވަން ވެސް ގާނޫނުން ލާޒިމްކުރެ އެވެ. އަދި އިބްތިދާއީ މަރުހަލާގައި ދައުވާއަށް އިންކާރުކޮށްފި ނަމަ އަދި އެއީ ބަންދުކޮށްފައި ހުރި މީހެއް ނަމަ އޭނާއަށް ދައުވާއާގުޅޭ ލިޔެކިޔުންތައް ލިބޭތާ ގިނަވެގެން 70 ދުވަހުގެ ތެރޭގައި އަދި ބަންދު ނުކުރާ މީހެއް ނަމަ 90 ދުވަސް ތެރޭ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ބާއްވަން ވެސް ޖެހެ އެވެ.

މި މާއްދާގައި ބުނާ ގޮތަށް ތާވަލު ކުރުމުން، މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތަކާއި، އެދުވަސްތަނުގައި އޮންނާނީ ކޮން ކަމެއްކަން ބަންދުގައި، 'ވާނުވާ' ގައި ހުންނަ މީހާއަށް އެނގޭނެ: ކުރީގެ ޕީޖީ ޝަމީމް

އާންމު ގޮތެއްގައި "ވާނުވާ" އަށް ދަނީ މި ހިސާބުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ބުނާ ގޮތުން، ޝަރީއަތް ކުރިއަށް ގެންދަން ނިންމާ ހާލަތުގައި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަޝްވަރާ ކުރުމަށް ފަހު، ކޯޓުން ކަނޑައަޅައި ތާވަލްކުރަން ޖެހެ އެވެ.

"މި މާއްދާގައި ބުނާ ގޮތަށް ތާވަލު ކުރުމުން، މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތަކާއި، އެދުވަސްތަނުގައި އޮންނާނީ ކޮން ކަމެއްކަން ބަންދުގައި، 'ވާނުވާ' ގައި ހުންނަ މީހާއަށް އެނގޭނެއެވެ. އޭރުން، އޭނާގެ ބަންދު 'ވާނުވާ' އަށްވުމުގެ ... ޝަރުތު ފުރިހަމަ ނުވެ، އޭނާއާ މެދު ގޮތެއް ނިމޭނެ ދުވަހެއް އޭނާއަށް ސާފުކޮށް އެނގޭނެއެވެ. ޝަރީއަތްކުރާނެ ގޮތުގެ ތާވަލު ލިބުމުން، ބަންދުގެ 'ވާނުވާ' ވަންތަކަން ގެއްލުނީއެވެ." ވާނުވާ ބަންދާ ބެހޭ ގޮތުން ގިނަ ހިޔާލުތަކެއް ފާޅުކުރައްވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިމް ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ޖިނާއީ މައްސަލައެއްގައި އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވުމަކީ ވެސް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. އެކަމަކު ޝަރީއަތުގެ އަޑުއެހުންތައް ނިންމަން ޖެހޭނެ މުއްދަތެއް ނެތެވެ. އެހެންވެ ޝަރީއަތް ކިތަންމެ ދިގު ދެމިގެން ވެސް ހިނގައިދާނެ އެވެ. އެހެން ވިޔަސް ތާވަލެއް ހަދައި އެޔަށް އަމަލުކުރާ ނަމަ "ވާނުވާ" ވެގެން އުޅޭކަށް ނުޖެހޭނެ އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މައްސަލަ ބައްލަވާ ގާޒީން މިގޮތަށް ތާވަލެއް ނުހައްދަވާ ނަމަ އެއީ ގާނޫނާ ހިލާފް އަމަލެކެވެ.

ގާނޫނުގައި ބުނާ މުއްދަތަށް ތަހުގީގުތައް ނިންމުމުގައި ފުލުހުންނަށް ގޮންޖެހުންތައް ހުއްޓަސް، ކޯޓަށް މައްސަލަ ހުށަހަޅާ ހިސާބުން އެތައް މައްސަލައެއް "ވާނުވާ" އަށް ގޮސް އިންސާފު ލަސްވުމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: މިހާރު

ޝަރީއަތްތައް ލަސްވުން، ޖާގައިގެ ދަތިކަމާއި މުވައްޒަފުން ނެތުމާއި އިދާރީ ކޮންމެވެސް އެހެން ކަމަކާ މަތިކުރުން ބަލައިގަންނަން ދަތިވަނީ މަހަކު ދެތިން މައްސަލަ ވެސް ހުށަނޭޅޭ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް ހަމަ މި ލަސްވުން އޮންނާތީ އެވެ.

ފޭކް ސްލިޕް ފޮނުވައިގެން ހީލަތް ހަދަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރާ ޒައިދާނަށް ދައުވާކުރިތާ 1،000 ދުވަސް ހޭދަވެގެން ދިޔައިރު ވެސް ޝަރީއަތް ނުފެށި އަދިވެސް އިބްތިދާއީ މަރުހަލާގައި އޮތުން ބަލައިގަންނާނީ ކާކު ހެއްޔެވެ؟

"ވާނުވާ" އޮތީ ޖަލުގައި ނޫންކަން މި ހުރީ ފެންނާށެވެ. ޖަލުގައި އޮންނަ މީހާއަށް އުފުލަންޖެހޭ ވޭން ބޮޑީ އެވެ. މައްސަލަ އޮތީ ޝަރީއަތް ލަސްވުމުގަ އެވެ. އިންތިޒާމެއް ނެތީމަ އެވެ.

ޝަރީއަތްތައް ލަސްވެ، ނުރައްކާތެރި މީހުން ދޫވެ ހުކުމެއް ނުކުރެވި ތިބޭ ނަމަ އަދިވެސް ފެންނާނީ އަހަރެމެން "ވާނުވާގައި" ބައިތިއްބާފައި ލަނޑު ދީފައި ފިލާނެ އެތައް ޒައިދާންއެކެވެ.

26 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާސިމް

28 May 2025

މާސިންގާ ބަޖެޓް ދީފަ އޮއްނަ ޑިފެންސް މިނިސްޓްރީގެ ބަޖެޓު ބޮޑުތަނުން ކުޑަކޮށްފަ އެލާރި ން ކޯޓްތަކަށް ވަސީލައްތައް ދީގެން ތި ހުކުމް ތައް އަސްކުރޭ.

The name is already taken The name is available. Register?

ކޮރަލް

28 May 2025

ކޯޓް ތަކުގެ މީހުން ގިނަ ވަގތުތު އޮފީހުން ބޭރުގަ އުޅޭތީ ވަގުތެއް ނުވެ އެވެ. ކަމެއް ކުރެވޭނީ އޮފީހުގަ ހަރުލައިގެންނެވެ.

The name is already taken The name is available. Register?

ފުދިސް

28 May 2025

މިހާރު ގައިމު ޗިޓް ހަވާލު ކުރެވޭނެ

The name is already taken The name is available. Register?

އުދުހޭ

28 May 2025

ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި 1 އަހަރަށް ބަންދުކުރާގޮތަށް ހެދީމާ ކޮންމެ މީހެއްގެ ބަންދުގެ މުއްދަތުވެސް އަހަރެއްވުމުގެ ކުރިން ރިވިއު ކުރެވޭނެ. ޝަރީއަތް ނިމެންދެން ބަންދުކުރީމާ 3 އަހަރުވެސް ވެދާނެ.

The name is already taken The name is available. Register?

އަހަންމާކަލޯ

28 May 2025

ގާނޫތަކާ ހިލާފު ވަންޔާ ގާޒީން ވެސް ވަގުތުން ޖަލަށް ލާންވީ (ސަރިއަތުގައި ކޯޓުގެ ހުރުމެއް ކެނޑީމާ ވަގުތުން ޖަލަށް ހުކުން ކުރާހެން) އިތުރު މަރުހަލާ އަކާ ނުލާ ޖަލަށް ލާންވީ އޭރުން ތިކަން ހައްލު ވެދާނެ މިހާރު މިގައުމުގައި ގާނޫނު ކިޔަވައިގެން ކޮންމެ އަހަރަކު އެތަށް ސަތޭކަ ބަޔަކު ނުކުމޭ ގާޒީކަން ރަނގަޅަށް ކުރާނެ މީހުން ބައިވަރު ބޯދާ ގުރޫޕުން ސަލާމަތް ނުވެވިގެން އުޅޭތީ ތިހެން ތިޔަވަނީ

The name is already taken The name is available. Register?

ޑރ ވާންޗޯ

28 May 2025

މީއަސްލުގަ ކުރަންނުވިނަމަވެސް އަމިއްލަޔަށް މަގުމަތިން މީހުންނަށް ސަރީއަތް ނިންމާލަންޖެހޭއެއްސަބަބު. އެއްފިހާރަޔަކުން ނޫނީ ގެޔަކުން ވައްކަންކޮށްގެން ޕޮލިސްއާ ހަވާލުކުރެވޭމީހާ ދޫކޮށްލާފަހުރުމުގެސަބަބުން ހަމައެފިހާރައިން އޭގެފަހުން 3 ފަހަރަށް ވައްކަންކުރޭއެބަ 2 އަހަރުތެރޭ. ދެން ބޮލަށް ކުލަފާޓާއަޅާލީމަ ކުއްވެރިވެގެން ބަންދުކުރެވޭ ވަގުތުން ކުލަފާޓާއަޅާލިމީހާ. އޭރުވެސް ވަގުމިއުޅެނީ ހެވިފަމަގުމަތީ!!!!!

The name is already taken The name is available. Register?

ވަކީލްް

28 May 2025

މިގޮތަށް ދައުލަތުގެ ހަޒާނާ ބަނޑުއަޅާ މީހުންގެ ވާހަކަވެސް އަދި އެމީހުން މިނިވަންކަމާއެކު ބޭނުން ގައުމުތަކަށް ގޮސް އުޅޭ ވާހަކަތަކާއި ކުރާ ވިޔަފާރިތަކުގެ ވާހަކަތައްވެސް ފޮޓޯއާއެކު ޖަހަންވީނު.

The name is already taken The name is available. Register?

ވާނުވާ....

28 May 2025

ހާދަ މުހިންމު މައުލޫމާތެކޭ ތިދެއްވީ މިކަމުން މި ސާފްވެގެން ދަނީ މިޒާތުގެ ބޮޑެތި ޖަރީމާތައް މި ހިންގަނީ ހުރިހާ ހިސާބަކުން ގުޅިގެންކަން ވަރަށް ރޭވިގެންކަން ކުރާނެކަމެއްނެތް ގާޒީންވެސް މަރުވާނެ އަދި ދެންވެސް ޒިންމާ ނަގަންޖެހޭ ބަޔަކުވެސް މަރުވާނެ އެދުވަހަކުން ސަލާމަތެއް ނުވާނެ ﷲ އިރާދަކުރެއްވިއްޔާ...

The name is already taken The name is available. Register?

‫ވާންޗޯ

28 May 2025

‫2008 ގެ ކުރިން ނަމަ ސައިޒަ ލާނެތް އަދި ޙުކުމް ވެސް ކުރާނެ، މިހާރު ކުއްވެރިއާ ގެ ބާރު މާ ގަދައޭ

The name is already taken The name is available. Register?

އޮަޓޯ

28 May 2025

މީ ގައުމަށްޓަކައި ވަޠަނަށްޓަކައި ރައްޔިތުންނަށްޓަކައި ކަމަށް ބުނެ އެތައް މަކަރަކާއި ދޮގެއް ހަދައިގެން އެތައް ބައެއްގެ އަބުރު ކަތިލައިގެން ބަޔަކު މީހުންގެ ޖީބު ބޮޑުކުރުމަށް ދެއްކި ދަޅައިގައި ރައްޔިތުން ޖައްސައިގެން ގެނައި މޮޅު ޑިމޮކްރަސީގެ ނަތީޖާއެވެ. މިކަން ކުރި މީހުން މިކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454