އައްޑޫ ސިޓީ ކައުންސިލާއި ކަރެކްޝަންއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
29 މެއި 2025 - 20:09
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޖަލު ބަންދު ފިޔަވައި އެހެން އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ކަރެކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.
ކަރެކްޝަނުން ބުނި ގޮތުގައި މިއަދު ސޮއިކުރީ ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި ކަރެކްޝަން އިން އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދަބު ތަންފީޒު ކުރަން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ އެއްބަސްވުމެއްގައި ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ގައިދީއަކަށް ތައުލީމީ ޕްރޮގްރާމެއް ނުވަތަ އެ ނޫން ޕްރޮގްރާމެއްގައި ވެސް ބައިވެރިކުރުމަށް އަމުރުކުރާ ހާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރަން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން މުޖުތަމައުއަށް ހިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުންނާއި ގުޅުންހުރި ޖަމްއިއްޔާތަކުން މައުލޫމާތު ހޯދައި ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެއްބަސްވުމުގައި ހިމެނެ އެވެ.
މީގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޒު ކުރުމުގެ މުއްދަތުގައި ގައިދީން މުޖުތަމައުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި މުޖުތަމައަށް އަލުން އެނބުރި ދިއުމަށްޓަކައި މުޖުތަމައުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ކަރެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ވެސް އެ އެއްބަސްވުމުގައި އެއްބަސްވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
31 May 2025
ތި ދިޔައީ ޒަމާން
ސުވާދީބު ބޯއި
30 May 2025
ހޮވިފައި ތިބި ކައުންސިލަށް އެއްވެސް ކަމެއް ކޮށްނުދެވި ދައުރު ނިމިގެން މިދަނީ. އެކަމަކު މިތެޅި ބާލަނީ އެހެން ތަންތަނަށް ބޯކޮއްޕަން. ހީވަނީ، ތިމާމެންގެ ރަށުގައި ކުރާނެ އެއްވެސް ކަމެއް ނެތީހެން. އެނބުރި ރަށަށް އަންނައިރު، ކޮންމެވެސް ކުޑަކުޑަ ރަށަކަށް އަރާލާފައި އަންނަންޗޭ. އޭރުން ރަށްރަށަށް މީހުން ގެނެސްފައި ހުރި ތަރައްގީ ކޮންމެވެސް ވަރަކަށް ފެންނާނެ.
ޙައްނާނު
31 May 2025
ކަލޭ މި ސިޓީ އަށް އައިސް ބަލާބަލަ ކަމެއް ނުކުރޭތޯ. މި ކައުންސިލުން މި ކުރާވަރަށް ކަން ކުރި ކައުންސލެއް އައްޑޫ އަކަށް ނާދޭ.
ޑރ ވާންޗޯ
30 May 2025
މަގުފޭރޭމީހުނާ ޑްރަގްޑީލަރުން އަދި ވަގުންނަކީ އެއްވެސް އަދަބެއްދޭންޖެހޭ ބައެއްނޫން ، ކުކުޅު ކާންދީފަ ކައުންސިލުގަ ނިންދަވާ!.
ކުށްވެރިން
30 May 2025
އަބަދުވެސް ހުރިހާދިމާލެއްގައިވެސް ކުށްވެރިންނަށް ގޮތެއް ހޯދައިނުދެވިގެން އުޅޭތަން މިފެންނަނީ.
އައްޓަމަސް
29 May 2025
ހޫން ރަނގަޅު ކުށުގެ ކަންތަކުގައި ކުށުސިޓީއިން ބައިވެރިވާން ޖެހޭނެ ހުރިހާކުށެއްގެ %75އަކީ އައްޑޫމީހުން
ޙައްވާ ސަރީފް
31 May 2025
ކޮންމެ ކަމެއް ގަ ވެސް ކުރީގަ އައްޑޫ ކަލޭ ހުރޭ ޖޭ ވެފަ.
އޮނަރަބްލް އަފީފު ދީދީ ގެންގޮސްބަލަ
29 May 2025
ތިފަދަ އަދަބެއް ދޭން! މާލެ އަރައިގެން ބޮލާނުކުޅަދާނަ އެވެ.
ޕިސް
31 May 2025
ކީކޭތަ ތިބޭޅާ ތިކިޔަނީ؟؟ ގެޓެއް ނުވިޔޭ!!
އައްޑޫއަށް އާމޭޔަރަކު ބޭނުންވޭ
29 May 2025
މިހާރުގެ އައްޑޫ ސިޓީކައުންސިލްއަކީ އެއްވެސްކަމެއް ރަނގަޅަށްކުރެވޭ ބައެއްނޫން.