ސްޓެލްކޯގެ މައި އިމާރާތް: މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. -- ފޮޓޯ | މިހާރު
01 ޖޫން 2025 - 14:29
މާލެ އާއި ހުޅުމާލެ އިން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އިންޖީނުތަކަށް މައްސަލައެއް ދިމާވެ، މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ވަނީ މެންދުރު ފަހު 12:45 ހާއިރު ކަރަންޓު ކަނޑައިގެން ގޮސްފަ އެވެ.
އެކަމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަން ކަމާގުޅޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން…
— Dr Mohamed Muizzu (@MMuizzu) June 1, 2025
"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ހައްޖުގެ އަޅުކަމަށް މި ވަގުތު ސައުދީގައި ހުންނެވި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.
ރައީސްގެ ޕޯސްޓަށް ފަހު ފުލުހުން ވެސް ވަނީ ކަރަންޓު ކެނޑުނު މައްސަލަ ބަލަން ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ބުނެފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓު ކަނޑައިގެން ދިއުމުން ގިނަ ހިދުމަތްތަކެއް ވަނީ ކެނޑިފަ އެވެ. މެންދުރު ދަންފަޅީގެ ސްކޫލްތައް ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޅޯ ޝާހިދު
03 June 2025
މީ ބަގާވާތެއްް
އަސީއަސީ
02 June 2025
ރައީސް މުއިއްޒުއަކީ މިގައުމަށް އެންމެ ހިދުމަތްތެރި ރައީސް. މިފަދަ ކަންކަން ކުޑަ ކަމެއްގެ ގޮތުގަ ރައީސް ނުބައްލަވާ ދޫކޮށްނުލައްވާން.
ލުހާމްް
02 June 2025
ރައީސް މާލޭގަ ނެތީމަ އަސްލު އިނގޭ. އެހެންނޫންނަމަ ރައީސް ސީދާ ސީންއަށް ނުކުމެ ކަން ހައްލުކުރަނެ.
ހާފިޒްް
02 June 2025
މިއީ އިބޫހެން ރިއެކްތް ކުރަންނޭގޭ ރައީސެއްނޫނޭ.
ގަފޫރްް
02 June 2025
ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަން ހައްލުކުރުމަށް ރައީސް އަބަދުވެސް އަވަސް ފިޔަވަޅު އެޅުއްވުން އެއީ ލިބޭ ހިތްހަމަޖެހުމެއް.
ތެފައާސާ.
02 June 2025
އިންޖީނުތަކަށް ވާނުވާ ޖަހައިގެންވިޔަސް މިފަހަރު ވާނެ ފުރިހަމަ ތަހުގީގެއް ހިންގަން. ބޭންކު ބަގާވާތުގެ ތަހުގީގަށް ވީހެން ތޮޅިއަށް ދިޔަދީގެން ނުވާނެ.
އަޒްހާދްް
02 June 2025
މީ ކީކޭ ކިޔާ މީހެއްތަ. ރައީސް މުއިއްޒު އަބަދުވެސް އިސްކުރައްވާނީ ގައުމުގެ މަސްލަހަތު. މިފަދަ ކަންކަން ސިޔާސީ ނުކޮށް އެންމެން އެކީ މަސައްކަތްކޮށް ހައްލުކުރަންޖެހޭ. އަދި ހައްލުކުރުމަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމަޔަށް ދޭންވެސް ޖެހޭ.
ނަންމާ
02 June 2025
ސީރިއެސް ނޫން މައްސަލަ ވެސް ހުރޭތަ
ރަންނަ
02 June 2025
އަނެއްކާ އަނެއް ބަގާވާތް. ޔަގީނޭ މިފަހަރު ގްރިޑަށް ހުކުމެއް އަންނާނެކަން
ފުރޯ
02 June 2025
ހައުސިން މިނިސްޓްރީގެ އަލިފާނާ ގުޅިގެން ގެނައިކަހަލަ ބޭރުގެ އެކްސްޕާރޓުންގެނެސްގެން ބަލަންވީއެއްނު. މީހަކު ހަލާކެއް ނުވާނެތަ؟ ދެން މަ ހީ ހީ ހީ .........!
ތެލި
02 June 2025
މީގެ ކުރިންވެސް މުޅިމާލެއިން ކަރަންޓްދޭ، ތަހުގީގު ކުރާކަށް ރައީސް ނާންގަވާ، ސަލާމަތީކަންކަން ބަލަހައްޓަން ފުލުހުންނެއް ނުނުކުމޭ. ކަރަންޓް ދިޔަތާ ބައިގަޑިއެއްހާއިރުތެރޭ ހައްޖުގެ މާތް އަޅުކަމުގަ އުޅުއްވަމުން ރައީސްގެ މި އެންގެވުމުން މިދޭ މެސެޖްއާ ދޭތެރޭ ފުންކޮށް ވިސްނަންޖެހޭ. ބީއެމްއެލްގެ ބަގާވާތް؟! ސްޓެލްކޯގެ ބަގާވާތްތޯ؟!