އެންވަޔަރަނަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު
01 ޖޫން 2025 - 18:30
މުޅި މާލެ އާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދިރާސާކޮށް، އެފަދަ މައްސަލަތައް ތަކުރާރު ނުވާނެ ގޮތެއް ބަލަމުން އަންނަ ކަމަށް އެންވަޔަރަނަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މެންދުރު 12:45 ހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަށް ފަހު މިހާރު މުޅި މާލެއަށް ވަނީ އަލުން ކަރަންޓު ދީފަ އެވެ. އެކަމަކު ހުޅުމާލޭގެ އެއް ސަރަހައްދަކަށް އަދިވެސް ކަރަންޓެއް ނުދެ އެވެ.
ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ދިމާވި މައްސަލަ ދިރާސާކޮށް، ބަލައި ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
މާލެ، ހުޅުމާލެ އަދި ހުޅުލެ އިން ކަރަންޓު ކެނޑުމާއި ގުޅިގެން ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށްއޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް…
— Thoriq Ibrahim (@Thoriqibrahim) June 1, 2025
މިއަދު މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަހު އެކަން ބަލާނެ ކަމަށް ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިންހާޖްް
02 June 2025
މިދިޔަ ސަރުކާރުން ފޭކް އެއްޗެހި ބޮޑުއަގުގައި ގަނެ ކަންކުރީމަ ވީގޮތެއްކަމަށް ބެލެވެނީ. މިކަން ތަހުގީގުކޮށް އޭރުގެ ވެރިންނަށް ފިޔަވަޅު އަޅަންޖެހޭ.
މުއްތަލިބް.
02 June 2025
ފަހުމީގެ ދުވަސް ތިދިޔައީ.
ފާއިޒް މޫސާ
02 June 2025
ވަރަށް ރަނގަޅު ވާހަކައެއް. މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް އަވަސް ފިޔަވަޅުތަށް އަޅަންވީ. މިއީ މިދިޔަ ސަރުކާރުތަކުން ސްޓެލްކޯއަށް ވި އިހުމާލު މިއަދު ރައްޔިތުންނަށް މިޖެހެނީ.
ވާސިފާާ
02 June 2025
މިފަދަ ކަންކަން މި ތޮއްޖެހިފަ އޮތް މާލެއަށް ކިތަންމެވަރަކަށް ވެސް ދިމާވާނެ. މިއީ ސަޕްރައިޒެއްނޫން. އެހެންވިޔަސް މިފަދަ ކަންކަން ކުރިޔަށް އޮތްތާގައި ރަނގަޅުކުރުމަށް ބަލަންޖެހޭ ކަންކަން ބަލުން މުހިންމު.
ސިޓިޒަން އޮފް މާލެ
02 June 2025
ހަކަތައިގެ ސިޔާސަތާ، ރައްކާތެރިކަމާ އަދި ދިގުމުއްދަތުގެ ރޭވުންތެރިކަން ބެލެހެއްޓޭނީ ވަކި ވުޒާރާ އަކަށް ކަމުގައި ދެކެން! ބޮޑު ދެ ސިނާއަތް އެއްކޮށްލައިގެން މެނެޖް ނުކުރެވިގެން އުޅޭ ކަމަށް ފެނޭ! ތިޔަފަދަ ދިރާސާއެއް އަދި ހައްލެއް ހޯދުމުގެ ގާބިލްކަން ނުވަތަ ތަޖުރިބާ އެއް ވަޒީރުގެ، ނުވަތަ ވުޒާރާގެ މުވައްޒިފުންގެ ނުވަތަ ޔޫ. އާރް. އޭ. ޣައި ތިބި މުއައްޒިފުންގެ ނެތްކަމަށް ފެންނަނީ!
ސިނާދްް
02 June 2025
ހަމަ ހުރެފަ ގާބިލްކަން ނެތްކަމަށް ނިންމޭނީ ކިހިނަކުންތޯ. މިފަދަ ކަންކަން ދިމާވީމާ އަބަދުވެސް ކަންކުރާގޮތަށް ކަންކަން ބަލާ އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރާނީ.
އަހުސަން
02 June 2025
ތާރިގް ބެންކޮކުން މާލެވަޑައިގަތީ 11:30ގައި ކަރަންޓްކެޑުނީ 12:40ގައި , ދެން އެހާއަވަހަށް ގައުމީޚިދުމަތަށް . ކިހާރަގަޅުތޯ
ޓިނު
01 June 2025
5 އަހަރު ނިމުމުގެކުރިން ތިކަންވާނެބާ؟
ދާއިން
02 June 2025
ޔަގީން ކަށަވަރެއްނުން. ވެރިއަކަށް މިހިރީ ޒަމާނަކުން އައި ގަމާރު އިބޫއެއް ނޫނޭ. ރައީސް މުއިއްޒު ތަފާތު ދައްކާނެ.
އަނެއްކާ ވެސް ބޭރުން ބަޔަކު ގެންނަންޖެހުނީ!
01 June 2025
ސްޓެލްކޯ އިން ބުނަނީ ވީ ކީއްކަމެއް ނޭނގެޔޭ! ޠޯރިޤް ތި ވިދާޅުވަނީ ދިރާސާ ކުރައްވާނެ ވާހަކަ އެވެ.
ޢަލްޓިކޯ
01 June 2025
އަނެއްކާ ތިބޭފުޅުން ކިޔާކަހަލަ ފިޑި އަމަލެއްތަ ރަނގަޅު ސަބަބު ހޯދަންވާނެ ތިޔަކީ ވީގޮތްނުބަލާ ދޫކުރެވޭކަހަލަ ކަން ކަމެއްނޫން
ބަރުޖޯރާ
02 June 2025
ސްޓެލްކޯއަކީ ޕްރޮފެޝަނަލް ބަޔެއްނޫން. ވާނީވެސް އެހެން އެތަނަކީ ސަރުކާރަށް ސަޕޯޓްކުރާމީހުންނަށް ވަޒީފާދޭން އޮންނަ ހާއްޔެއް.