ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި އޭސީޕީ އަހްމަދު ޝަމީމް އާއި ޑީސީޕީ އިސްމާއިލް ނަވީން އަދި ޑީސީޕީ ފަރުހާދު ފިކުރީ.
02 ޖޫން 2025 - 12:21
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލައްވައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ ތިން ބޭފުޅުންނެވެ.
ހޯމް މިނިސްޓްރީން މިދިޔަ ހަފުތާގައި ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިޓިކްސް
04 June 2025
ޕޮލްކޯގެ ޚިޔާނާތާއި އެއަރޕޯރޓް ސިގިރެޓް ވައްކަމާއި އެމްއެމްޕީއާރސީއިން ފުލުހުންހޯދާފައިވާ އަމިއްލަ މުއްސަދިކަން އަބިންގެ އެކައުންޓްތަކަށްލައި ފޮރުވައިގެން އުޅުނު މީހުންގެ މައްސަލަތައް ބެލޭނެ ސީޕީއަކަށް ހުރީ ޝަމީމް އެކަނި/ މިހާރު ނަވީންވެސް އުޅެނީ ރެއިންބޯ ރެސިޑެންސްގައި ވަން އެވެނިއު ދޫކޮށްލައިފި ކުއްޔަށްދީފި
ދެރަވަރު
03 June 2025
އަހުން ކުރި ދިރާސާއިން ދަށްކަނީ ތިތަނުން އެކަކުވެސް ރަގަޅު ނޫން ކަމަށް. ޕުރޮފެޝަނަލް މީހުން ސިޔަަސީ ޕުރެސަރާ ހެދި ކޮމިސަނަރުކަމަށް ލާން ބޭނުން ނުވާކަމަށް. އެގޮތުން ފުލުހުންގެ ތެރޭގައި ތިބި މާސްޓާސް އިން މަތީ ފާސްތައް އޮތް ބޭފުޅުން ތިކަމާ ކައިރިވާން ބޭނުންފުޅު ނުވާކަމަށް
ނަސޫ
03 June 2025
ޝަމީމު ތިޔަތަނުގެ ވެރިއަކަށް ވެއްޖެނަމަ މި ޤައުމުގެ ވާހަކަ އެއް ދެއްކުމެއް ނެތް
ހާދަ ޖެލަސް އޭ
03 June 2025
ދެން ތިބި ދެމީހުންގެ ވާހަކަ ދައްކަން ހެޔޮނުވޭ
ވަކަރުގެ ވެރިކަން
02 June 2025
ޕޮލިސް ބޯޑުން ފާސްކޮއްފަ ފޮނުވާ ނަން ނިމޭނީ މުއިއްޒު ބޭނުންވާ ކޮޅަކަށް. ޖޭއެސްސީ ކަންތައް ދާ ގޮތް އިގޭނު.
ސްކޭމީ
03 June 2025
މުއިއްޒު ބޭނުންވާ ނަމެއް ޕޮލިސް ބޯޑުން ފާސްކުރަން މަޖުބޫރުވާނެ. ޕޮލިސް ބޯޑު މެންބަރުކަމުގެ ޖޮބު ގެެއްލޭނެ އެހެން ނޫނި.
ހިޔަލީ
02 June 2025
ޕޮލިސް ކޮމިޝަނަރަކަށް އަންނަ މީހަކީ އެންމެ ދަށް ވެގެން މާސްޓާޒް އޮތް މީހަކަށް އެބަ ވާންޖެހޭ އެބަ. ފަތިފުއް ސާފު، އާއްމުންގެ އެއްވެސް ޝަކުވާއެއް ނެތް، ލާއިންސާނީ އަނިޔާވެރިކަމުގެ ރެކޯޑު ނެތް މީހެއް ބޭނުމީ. ޒަމާނީ ވިސްނުން ހުންނަންވާނެ، ހަމްބުލް ވާންވާނެ، ދުނިޔެ ހިގާގޮތް އިނގެންވާނެ، ސިޔާސީ މީހުން ބުނީމަ ގުދަށް އޮންނަ މީހަކަށް ވެގެން ނުވާނެ
ފަހު ޖުމްލަ، ހާހާހާ
02 June 2025
“ ސިޔާސީ މީހުން ބުނީމަ ގުދަށް އޮންނަ މީހަކަށް ވެގެން ނުވާނެ” …
ކުރޮޅި
02 June 2025
ފުލުސްގައި ޕީއެޗްޑީ އަދި މާސްޓާސް ނަންގަވައިގެން ތިބި ކަނބަލުން ކޮބައިތޯ؟ އެބޭކަބަލުން ކޮމިޝަނަރުކަމަށް ގެންނަވާ ފުލުހުންގެ މަތީ ވަޒީފާތަކުން ފެންނަން ބޭނުންވޭ. މިހާރު ތި ޕޮލިސް މެނޭޖުމެންޓެކޭ ފިރިހެން ކުލަބެކޭ އެއްވަރު ހުސް ފިރިހެނުން. އޭގަ ގިނައީ ހުސް ފީ އެއްޗިސް
ކޮސްވާ
02 June 2025
ލޮލް. އެކަބަލުން ލައިގެން މިހާރު ވެސް ތޮޅިއަށް ދަނީ.
ރިޒްވާން
02 June 2025
މާ ފިރިހެނުން ގިނަވީމަ ނުއަތު އަމަލުތައްވެސް ގިނަވާނެ ލޮލް
ނާޗަރަންގީ
02 June 2025
ޔެސް. އިޓްސް އަ ބޮއިސް ޗަރުކޭސް ކުލަބު
ބިޓު
02 June 2025
ފީ ކުރޮޅި ދެއްތޮ؟ އެވެސް ޑިގުރީ ގަނޑެއްހާ ހިސާބުވެސް އޭގެ ގިނަ މީހުން އަތުގަ ނޯވޭ. ފާހެއް އޮތިއްޔާ ޑިސިޕުލިން ނުހުރޭ، އެހާ އަންހެނުން ވެސް ހިތި.
އީގޯ ހާޓު ވީތޯއެވެ؟
02 June 2025
ކޮސްވާ، ދޮގު ނަހަދާ ކަލޯ. ދުވަހަކުވެސް އަދި ކޮމިޝަނަރަކަށް އަންހެނަކު ނުލާ. ކޮމިޝަނަރުން ފެށިގެން ތިރީގެ ވެރިންތެރޭވެސް އަންހެނަކު ނެތް. ފިރިހެނުންތައް ހައިޖެކުކޮއްފަ އޮތީ.
ބަބޫ
02 June 2025
ކޮށްމެ މީހަކު އަޔަސް ވަރިހަމަ. ބޭނުންވަނީ ކަމިޝަނަރުކަން ސިޔާސީ ބޭފުޅެއް އައުމުގެ ބަދަލުގަ ތަނުގެ ތެރެއިން ހޮވޭ މީހަކު ލުން. ސަބަބަކީ ސިޔާސީ ގޮތުން އައްޔަން ކުރާމީހަކީ ސިޔާސީ މީހަކަށް ވެފައި ސިޔާސީ މީހުން ބުނާގޮތަށް ތަން ހިންގަން އުޅުން. ހައްތާވެސް ވެއްޓޭނީ ފުލުހުންގެ އަގާ އިތުބާރު.
ބަހުލީ
02 June 2025
ތަހުޒީބު ގިނަ ގައުމުތަކުގައި ޕޮލިސް ކޮމިޝަނަރު ހޮވާނީ ޕޮލިސް ބޯޑުން ވަރަށް ވަރުގަދަ ބެކްގުރައިންޑް ޗެކާ އިންޓަވިއުއަށް ފަހު ޕާފޮނެންސާ ކޮލިފިކޭޝަން އަށް ވެސް ބަލާފަ. އެތަންތާ ރައީސާ ހޯމް މިނިސްޓަރު އެކަމަކަށް ނުބޭނޭނެ.
ބަނބޫ
04 June 2025
ސީޕީ އަދި ޑީސީޕީ މަޤާމަކީ 2 ސިޔާސީ މަޤާމު. ސިޔާސީ މީހުން ތިތަނަށް އަންނާނީ
ބަދަލަކަށް
02 June 2025
ޗޭންޖަކަށް އަންހެން ކޮމިޝަނަރ އެއް!
ލިއު
02 June 2025
ޕޮލިސް ކޮމިޝަނަރުކަމުގައި މިއޮތްހާ ދުވަހު ފިރިހެނުން ލައިގެން އައި މާބޮޑު ބަދަލެއް ނެތްކަން ފުލުހުން މިފަހުން ހިންގި ހައި ޕުރޮފައިލް ކޭސް ތަހުގީގުތަކުން އެކަނިވެސް ފެނިއްޖެ. އެހެންވީމަ އަޖުމަ ބަލާލަން އަންހެން ކޮމިޝަނަރަކު ލާން ފެނޭ.
ސީވީ
02 June 2025
މިތިން ބޭފުޅުންގެ ޕުރޮފައިލް ނޫހުން ގެނެސްދެއްވަ ބަލަ.