އާ ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަންކުރައްވައި، ރައީސް ޑރ. މުއިއްޒު މަގާމުގެ ފަތްކޮޅު މިއަދު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
10 ޖޫން 2025 - 14:42
ޕޮލިސް ކޮމިޝަނަރަކަށް މިހާރު ވެސް އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު އެ ތިން ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ލަފާ ދެއްވާފައި ވަނިކޮށް އޭގެ ތެރެއިން ނަވީން އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އޭނާއަށް މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުވައިފަ އެވެ.
ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަންކުރައްވައި، ރައީސް ޑރ. މުއިއްޒު އާއި ހޯމް މިނިސްޓަރު އިހުސާން އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.
އެ އިދާރާގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރައްވާފައިވަނީ ނަވީން ވަނީ ފުލުހުންގެ ހައި ލެވެލްގެ އެކި ތަމްރީނުތައް ފުރިހަމަ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްސަދު ޝަރީފް
11 June 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މިދިޔަ ސަރުކާރުން ހެދި މިސްޓޭކްތައް ރިޕީޓް ނުކޮށް އެކަންކަން ހައްލު ކުރަމުން މިސަރުކާރުން ދާތަން، ހަރުދަނާ މީހުން މިކަހަލަ ވަރުގަދަ މުހިއްމު މަގާމްތަކަށް ލާތަން.
ކުޖައިންހަމީކް
11 June 2025
ރައީސް މުއިއްޒްގެ ޗޮއިސްތައް ހަމަ ވަރަށް ރަނގަޅު.
ގަބުޅި ގްރޫޕް
10 June 2025
މިނިސްޓަރަށް އަދި ރައީސަށް ވަރަށް ވެދުން. ޕޮލިސްގެ ހާލަތާމެދު ހިތާމަކުރަން.
ގައްބަރު ސިންގް
10 June 2025
އިންވެސްޓިގޭޝަންގެ ބޮޑަކަށް ތިމީހަ ހުރެ މިސަރުކާރު އައިފަހުން ހިނގި ބޮޑެތި މަރުތަކާ ޕަބްލިކް ބޮޑެތި ކޭސްތައް ތޮޅިއަށް ދުއްވާފަ ޝުޖާއު ފޭލިވި ކަމަށް ދައްކާފަ މަގާމު ކަޓުވާލީ. ނޫނޭވާ ޖީވަން އިގޭ.
އެންމެން ހެޕީ
10 June 2025
ހާތްޓެރީ
ަައ. ޒާހިރު
10 June 2025
ރާއްޖޭގެ ޕޮލިސް ކޮމިޝަނަރުކަމަށް އަރުވަން ޖެހޭނީ ނަވީންމެން ކަހަލަ ކިޔަވައިގެން ތިބި މީހުން. އަޅުގަނޑު ހަމަ ހައިރާންވި ކަމިޝަނަރުމަކަމަށް ކުރިމަތިލީ މީހުން ފެނިފައި. އިރެއްގައި ތިޔަތާގައި ތިބި އިލްމީގޮތުން ފުންނާބު އުސް ވަރަށް ގާބިލް މީހުންތަކެއް. އެކަމު މިފަހަކުން މިފެނުނީ ތައުލީމެއް ނެތް ތަޖްރިބާއެއް ނެތްބައެއް ފުލުހުންގެ އިސްސަފުގައި ތިބިތަން. ނާވިން ކުރަންވީ ކަމަކީ އިލްމީ ގާބިލް މީހުނަށް ފުރުސަތުދީ އެ މީހުން އިސްސަފަށް ނެގުން
ރުހޭ
10 June 2025
ނަވީނުގެ ކޮލިފިކޭޝަން އަކީ ކޮބާ؟ އެންމެ ކުޑަމިނުން މާސްޓާސް ނެތިއްޔާ މިހާރު އަހުން ގަބޫލެއް ނުކުރަން އެލެވަލް މަގާމަކަށް ކޮލިފައި ކަމަކަށް.
ޖެން ޒީ
11 June 2025
ކިޔަވައިގެން ތިިވިދާޅުވީ ޑިޕުލޮމާ؟ ޑިގުރީ؟ މާސްޓާސް؟ ކޮބައިތަ ނަވީންގެ ފާހަކީ؟؟
ދިލްރުބާ
11 June 2025
ބޭފުޅާއަށް އިނގޭތަ ނަވީންގެ އިލްމު ހުރި ވަރު؟ އެއްޗެއް ނޭގުނަސް ވާނެ އަނގަ ގޮއްވަން އިނގޭ؟
އުމަރުބޭ ބނޑދ
10 June 2025
ޕެއިލްވެފާ ތިބިމީހުން ތިލަނީ މަތީ ފަޑިޔައް އަދިވެސް ވާނީ ބޮޑުތަނުން ފެއިލް
ގަމާރޭ
10 June 2025
ނަވީން މެންނަކީ ގޮޑިހޫނުކުރަން ރަގަޅު މީހުން އެތާ ތިބެ ދަމިލަޖަހާ ބާވެފާ ތިބި މީހުން އެއްވެސް އިންޕުޓެއް ނުލިބޭނެ އޯވަހޯލް ކުރަންޖެހިފާތިބިމީހުން މިލަނީ . ނިކަން ކިޔަވާގެން ތިބި ހީވާގި ކުދިން ދިމަގާމުތަކައް އައްޔަންކޮބަލާ އޭރުން މާރަގަޅޫވާނެ އަދި ޕުރޮފެސަނަލްވާނެ
ރާވެރިބޭ
10 June 2025
ކުރިން ޝަރުތު ހަމަ ނުވާކަމަށް ޕޮލިސް ބޯޑުން ނިންމާ، ފަހުން ޝަރުތު ހަމަވާކަމަށް ހަމަ އެބޯޑުން ނިންމި ބޭފުޅާ ދެއްތޯ. ޝުކުރިއްޔާ މުއިއްޒު.
މީދާފެހި އުމަރު
10 June 2025
ޝަރުތަކީ ސަރުކާރާ އެކު ބަދަލުވާ އެއްޗެއް ލޮލް
ފެންވަރު ނުވަތަ ޝަރުތު
11 June 2025
އަހުންނަށް އިގޭ އެހެންކަން މިކަން ނިމޭނީ މިސަރުކާރުގައި. ޝަރުތު ކެޓިވަރެއް ކުފޫ ހަމަވާނެ މިސަރުކާރު މަގާމުތަކަށް
ޒަރީރު
10 June 2025
ޕޮލިސް ކަމިޝަނަރުގެ މައްސަލައެއް ނޯވޭ. މައްސަލަ އުޅެނީ އޭރެއްގަ އޮންނަ ސަރުކާރެއްގެ ސިޔާސީވެރިން