ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަން ކުރެއްވުމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
10 ޖޫން 2025 - 20:46
ފުލުހުންގެ ހިދުމަތުގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާ އެކު އެ އިދާރާގެ ކަންކަން ބަލަހައްޓަވާނެ ކަމަށް އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފުލުހުންގެ އިދާރާގެ އެންމެ އިސްވެރިއަކަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި އުޅުއްވަމުން ގެންދަވާ ނަވީން މިއަދު އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަން ކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ މެސެޖުތަކަށް ޝުކުރު އަދާކުރައްވަމުން ފޭސްބުކްގައި ނަވީން ވިދާޅުވީ، އިތުރު މަސްއޫލިއްޔަތުތަކަކާ އޭނާ ހަވާލުވެވަޑައިގަންނަވާ މި ދަނޑިވަޅުގައި އެ މެސެޖުތަކަކީ ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން މިއަދު އައްޔަން ކުރެއްވުމަށް ފަހު، އޭނާއާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގައި މިހާތަނަށް އައްޔަން ކުރެއްވި ދެވަނަ ޕޮލިސް ކޮމިޝަނަރު ނަވީން ވިދާޅުވީ، ފުލުހުންގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާއި ހިދުމަތްތެރިކަމާ އެކު، އެ އިދާރާ ކުރިއެރުވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެެވެ.
ފުލުހުންގެ ހިދުމަތުގައި 31 އަހަރު މަސައްކަތް ކުރައްވާފައިވާ ނަވީން ވަނީ ލީޑާޝިޕް، ސްޓްރެޓެޖީ، ފައިނޭންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކްއީންސްލޭންޑް އިން ކިޔަވައި ވިދާޅުވެފަ އެވެ. އަދި މެލޭޝިއާ އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއަކުން ކްރިމިނަލް ލޯގެ ދާއިރާ އިން ވެސް ކިޔަވައި ވިދާޅުވި އެވެ.
އާ ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަން ކުރައްވައި އޭނާ އަށް ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު މިއަދު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނަވީން ވަނީ އޭޝިއާ ކައުންޓާ ޓެރަރިޒަމް ފޯރަމާއި އިންޓަޕޮލް ޖެނެރަލް އެސެމްބްލީ އާއި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ފޯރަމްސްގައި ވެސް ބައިވެރިވެވަޑައިގެން އެކުގައި މަސައްކަތް ކުރައްވައިފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވުމުން އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ
ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުން ޕޮލިސް ބޯޑުން ވަޒަން ކުރުމަށް ފަހު، ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާނދޮގޭ
11 June 2025
ދުވަސްކޮޅަކުން ތިޔަނަޒާޙަތްތެރިކަން އެގިދާނެ! ބަލަން މިތިބީ!
ބުރާނޗޭ
11 June 2025
ފުލުހުން "ޓު ޕްރޮޓެކްޓް އެންޑް ސަރވް" މޮޓޯގައި ނުޙައްގުން މީހުންނަށް އަނިޔާވެރިވުމާއި ރާއްޖޭގައި ހިންގާ ހުރިހާ ޖަރީމާތަކުގައި ބައިވެރިވުމާއި، މީހުންގެ މުދާ އޮޅުމަކުން ވަގަށް ނެގުމާއި، ހާދިސާތަކާއި ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، ހުތުރުބަހުން މުޢާމަލާތުކުރުމާއި މިފަދަ ކަންކަން އިސްލާހުކުރެއްވުން އެދެމޭ.
އަސްތާ
11 June 2025
އޯކޭ އިނގިދާނެތާ :)
އަކްރަމް މުހައްމަދު
11 June 2025
އެކުގައި އުޅުނު 12 އަހަރުވެސް ތިކަން ނިކަން ފާހަގަވީ. ވަރަށް ކަމާވެގެން އުޅުއްވަނީ.
ސަލީމްބެ
11 June 2025
ކުއްކުރާ މީހުން ވަރަށް ޖެހިލުންވާނެ ނަވީންއަށް.
ޑރ ވާންޗޯ
11 June 2025
ނަޒާހަތޭ!!!! ދިވެހިންނަށް އަދިމިހާތަނަށް ފެނިފަވަނީ ނަޒާހަތުގެ ނަމުގަ ފަލީހަތް.
ގަބުޅި ގްރޫޕް
11 June 2025
ނަވީން 31 އަހަރު ޚިދުމަތްކުރި ވާހަކަ ދައްކާއިރު ޕޮލިސް ސަރވިސް ޑިވެލޮޕްމަންޓަށް ކުރި ހަަމަ އެންމެ ކަމެއްބުނެބަލަ. ޢޭނާ ހަވާލުވެ ހުރި ތަނެއް ރަގަޅަށް ހިނގިތޯ ބުނެބަލަ. 1 އަހަރުގެ ތަޖުރިބާ 31 ފަހަރު ރިޕީޓްވުން ފިޔަވައި ނަވީންގެ ތަޖުރިބާއަކީ ކޮބާ؟
އަހުމަދު1
11 June 2025
1. ރަނގަޅު މީހުންނާ ގުޅުން ބޭއްވުން 2.މިހާރު ނޫހުގެ ހަބަރުތަކައް ކޮމެންޓު ނުކުރުން 3. ވަޒީފާއަށް ގަޑިއަށް ގޮސް އެހެން މީހުން ގަޑިއަށްދާން ބާރުއެޅުން 4. ކުއްލިއަކަށް ދިމާވާ ކަންތަކުގައި ދޮގު ހަދަން އެންގުން
ގޮޅާ އަހްމަދު ހުސައިން
11 June 2025
ކޮވިޑް ވެކްސިން އިން މުއްސަދިވި މީހުންނާ ، ބޮޑު ކުންފުންޏަކުން ސިގިރެޓް އެތެރެކުރި މައްސަލައިގައި ނަޒާހަތްތެރިކަން ކޯދުލައިގެން ކެކި އުތުރި ފައިބަނީ.
ކޮމިޝަނަރ އޮފް ސަރުކާރު
11 June 2025
ފުލުހުންގެ ޤާނޫނަށް އިސްލާހެއް ހުށަހަޅަން ބޭނުން ކޮމީޝަނަރ ގެ ޓާރމް ފުރިހަމަ ނުކުރެވޭނެނަމަ އެމީހަކަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ރިޓާޔަރ ނުކުރެވޭނެގޮތަށް / އެހެނަސް ޢޭނާ އެމަޤާމަށް އައިއިރު ހުރި ރޭންކްގައި އޭނާއަށް ރިޓަޔަރ ކުރެވިދާނެކަމަށް / އަދި އިސްތިއުފާ ދިނުމުން ރިޓަޔަރމެންޓް ހައްޤުވެގެންނުވާނެގޮތަށް / މަޖިލިސް އިން މިކަމަށް ރިއާޔަތްކުރުން އެދެން
އަމްޝާދު އަޒީޒް
11 June 2025
ޝައްކެއްނެތް ތިކަމަށް. ސާރ އަށް ފުރިހަމަޔަށް އިތުބާރު އެބައޮތް.