ނޭޕާލްގެ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން އަޒީމާ: އޭނާއަކީ އިންޑިއާއަށް މިހާރު ވެސް ކަނޑައަޅާފައި ހުންނަވާ ސަފީރު
11 ޖޫން 2025 - 10:39
ނޭޕާލަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް އައިޝަތު އަޒީމާ އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރާއްޖެއިން މިހާރު ވެސް އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށްވާ އަޒީމާ ނޭޕާލަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވުމުން މަޖިލީހުގެ މިއަދު ޖަލްސާގައި އެ ހުށަހެޅުން ފާސްވީ 59 މެންބަރުން ވޯޓުންނެވެ.
ނޭޕާލްގެ އިތުރުން އަޔަލެންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު އިރުތިޝާމް އާދަމް އައްޔަން ކުރުމަށާއި އަދި ބެލްޖިއަމް އަދި އދ. ގައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރުހުން ހޯދަން ވެސް މަޖިލީހަށް ފޮނުއްވާފައިވެ އެވެ.
ނަމަވެސް، އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ދިނުމުގެ މައްސަލާގައި މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދޮން
12 June 2025
ނޭޕާލަށް ވިސާ ނެތި ދިވެހިންނަށް ދެވޭނެ ގޮތް ހައްދަވައިދެއްވައިފިނަމަ ކަމެއް ކުރެވުނުކަމަށް ވާނީ!
2025
12 June 2025
ޙަމަ ސިޔާސީ ދެފުކެހެރިމަގާމުތައް ކުޑަމިނުން އިންޑިޔާގެ ބީއެމްއެލްގެ އޭޓިއެމް ގަޑެއްވެސް ނުހުޅުވުނުވުވިއްޔަ.....ބޮއިހަލަކި
ޑެތެ
11 June 2025
މިމީހުން ސަފީރުމްނަށް ފޮނުވައިގެން އެމީހުން އެތަނުގައި ކުރަނީ ކޮން މަސައްކަތެއް ބާއޭ ހިތަށް އަރަނީ.
ސަންސަންވާވާ
12 June 2025
ނޮން ރެސިޑެންސް ތިބޭނީ ގޭގަ. ދާކައް ނުޖެހޭނެ އެ ޤައުމަކަށް. މާ ރުޅިގަދަކޮއްލައިގެން ނޫޅޭ އަދި
މުޑަހަންޖާ
11 June 2025
މިކަހަލަ މަގާމުތަކަށް މީހުންލާއިރު ކޮން ރަށެއްކަން ވަންހަނާކޮށްފަ ހަބަރުޖަހާފަހުރުމާއި ގުޅިގެން މީނައަށް ތާއީދުކުރާކަށް އަހަރެމެނަކަށް ނޭނގުނު.
ޒީރޯ ޕޮއިންޓް ޓޫ
11 June 2025
މިއޮށްފަދަ ޑިޖިޓަލް ޒަމާނުގަ ކޮންހާ ސަފީރުންނެއް!
ވަކިއިއްސެ
12 June 2025
ރަނގަޅަށް ހަބަރު ނުކިޔާ ވާނުވާ އޮޅުން ނުފިލާކަން ތި ކޮމެންޓުން އިނގެނީ !! ނޮން ރެޒިޑެންޓް ސަފީރުނަކީ އެގައުމަކަށް ދާ ބައެއް ނޫން !! އެމީހުން މުއާމަލާތް ކުރާނީ ކިހިނެތް؟؟ އެމީހުން މުއާމަލާތް ކުރާނީ ތިބުނާ ޑިޖިޓަލް ކޮށް !!!
ޙަރީފު
11 June 2025
ކޮންމެ ސަރުކާރެއް އަންނައިރު ބޯވަ ހެދިގެން އުޅޭ މީހެއް. ވަރަށް ލޯ ކޮލިޓީ މީހެއް. މަސައްކަތް ކުޅަ އެއްވެސް ދިމާލެއްގައި އެދެވޭ ކާމިޔާބެއް މިހާތަނަށް ހޯދައި ދެވިފައިނުވޭ. އަމިއްލަ ޖާހު ބޮޑުކުރަން ސަތޭކަ.
ށުރީމު
11 June 2025
ޥަރަށްބޮޑު ތެދެއް
ވަކިއިއްސެ
12 June 2025
ކޮންމެ ސަރުކާރެއް އަޔަސް ޑިޕްލޮމެޓުން ތިބޭނީ އެގޮތުގަ.......ވާނުވާ ނޭނގިގެން ނޫޅޭ
ސިރާޖު11
11 June 2025
އެންޓާޓިކާ އަށް ބޭފުޅެއް ފޮނުވަނީ ކޮން އޮރަކުންތޯ؟
ޗަކޮއި
12 June 2025
ބައްލަވާ ރައީސް، ފޯޅަވައްސައްވެސް މީހަކު ފޮނުވުންއޮތީ ކިހާތާކުތޯ؟ ދައުރު ދެބައިވާތީ ހަމަ އަހާލާހިތްވީ.
ވަކިއިއްސެ
12 June 2025
އޭ މީ ނޮން ރެޒިޑެންޓް ސަފީރުން...އެމީނުނެއް ނުތިބޭނެ އެގައުމަކު ރައީސް މީހާ ފޮނުވިގެނެއް