އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ކަނޑައަޅާ މަންދޫބަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ސަފީރު ތޯރިގު އިބްރާހީމް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. 

އިރީނާގައި ރާއްޖޭގެ ފަރާތުން ހުންނަވާ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖައްސަން މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައީސް ފޮނުއްވި ސިޓީއާ މެދު ބަހުސް ކުރުމަށްފަހު މަޖިލީހުގެ މިއަދު ޖަލްސާގައި ނެގި ވޯޓުގައި ތޯރިގު އެ މަގާމަށް އައްޔަންކުރަން 57 މެންބަރުން ރުހުން ދިނެވެ. 

ތޯރިގަކީ ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިމެންދެން އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެފަހުން މިހާރުގެ ރައީސް މުއިއްޒުގެ ކެބިނެޓް ފުރަތަމަ އެކުލަވާލެއްވިއިރު ވެސް ތޯރިގަށް ފުރަތަމަ ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ކަމެވެ. 

އެހެން ނަމަވެސް މިދިޔަ އަހަރު ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންވަޔަރްމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލި އެވެ. ނަމަވެސް މިއަހަރު ތެރޭގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ތޯރިގް އައްޔަން ކުރެއްވީ ދާދިފަހުންނެވެ.