ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅި ނޮން ރެޒިޑެންޓް ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ރައިސަށް އަރުވަނީ.
12 ޖޫން 2025 - 14:31
ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު، އިހާބް އިބްރާހީމް މުހައްމަދު ހަލީލްގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާއެކުގަ އެވެ.
ރައީސް އޮފީހުން ބުނީ ފަލަސްތީނުގެ ސަފީރު ވަނީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ސާބިތުކަމާ އެކު ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި ފަަލަސްތީނުގެ ހައްގުގައި ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދިއުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެެވެ.
ޒިމްބާބްވޭގެ ނޮން ރެޒިޑެންޓް ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވަނީ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ސަފީރަށް ދެއްވައިފަ އެވެ.
އުޒްބަކިސްތާނުން ރާއްޖެއަށް ކަނޑައެޅި ނޮން ރެޒިޑެންޓް ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ރައިސަށް އަރުވަނީ.
ރައީސް އޮފީހުން ބުނި ގޮތުގައި އިތުރު ފަސް ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރުން ވަނީ ރައީސަށް ފަތްކޮޅު އަރުވައިފަ އެވެ. އޭގެ ތެރޭގައި ޒިމްބާބްވޭ އާއި އުޒްބަކިސްތާނާއި ޑެންމާކް ހިމެނެ އެވެ. އެ ސަފީރުންނާ ވެސް ބައްދަލުކުރައްވައި ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީމް
13 June 2025
އިންޝާﷲ ޔަހޫދީންގެ ލާއިންސާނީ އަނިޔާތަކާއި ފިއްތުންތަކުން ފަލަސްތީން އަވަސްގޮތެއްގައި މިނިވަން ކުރައްވާށި. އަހަރެމެންގެ ދުޢާ.