ޖަޕާނުގެ ޓޫރިސްޓު ގެއްލުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް
13 ޖޫން 2025 - 15:01
ކ. މާފުށި ކައިރީގައި އޮންނަ ތިލައަކަށް ޑައިވިނަށް ފޭބި ޓޫރިސްޓަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑޫމާ ތިލަ ކައިރިއަށް ގެއްލިގެން ހޯދަނީ ޖަޕާނުގެ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަކީ މާފުށި ގެސްޓުހައުސްއަކުން ޓޫރިސްޓުންތަކެއް ގޮވައިގެން އެ ތިލައަށް ދަތުރުކުރި އުޅަނދުން ފޭބި މީހެކެވެ.
އޭނާ ގެއްލިގެން ހެނދުނު 10:00 ހާއިރު ރިޕޯޓުކުރުމުން އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޓޫރިސްޓު ގެއްލުނުއިރު ހުރީ ކަޅު ކުލައިގެ ޑައިވިން ގިއަރަކާއި ހުދު ކުލައިގެ މާސްކެއް އަޅައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު.....
13 June 2025
ތިގެސްޓް ހައުސްތައް ރެގިއުލޭޓެއް ނުކުރެވޭ ސަރުކާރަކަށް. ރާއްޖެ އަގު ވެއްޓުން ނޫން ގޮތެއްނުވާނެ. މިހާރު ރާއްޖެ އަށް ލިބިފައި އޮތް ފެންވަރުމަތީ ޑެސްޓިނޭޝަންގެ މަގާމު ގެއްލިއްޖެ.
ތާރީޚުން
13 June 2025
ކުރިންވެސް ވަނީ މި ތިލައިން މީހަކު ގެއްލިފަ. ފެނުނީ މަރުވެފަ އޮއްވަ. ތިލަކައިރިން.