ކ. މާފުށިން މިއަދު ފަތިހު އެކަނިމާއެކަނި ވަދާ ނުކުތް އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި އެވެ.
ސިފައިން ބުނީ، މާފުށީ ޝޭޑީ ގްރޯވާ، އަހުމަދު އާދަމް މަނިކު ފެނުނީ ރަންނާޅި ރިސޯޓުގެ އިރުމަތިން ކަމަށެވެ. އުމުރުން 81 އަހަރުގެ އެ މީހާ ކޯސްޓު ގާޑުގައި މިހާރު މާފުއްޓަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އަހުމަދު އާދަމް މަނިކު ރޭ ފަތިހު ފުރީ 5:30 ގައި ކަމަށާއި ޚަބަރެއް ނުވެގެން ރިޕޯޓްކުރީ މިއަދު މެންދުރުފަހު 2:08 ގައި ކަމަށެވެ. އޭނާ ހޯދަން އެމްއެންޑީއެފްގެ މާލެ އޭރިއާގެ ސިފައިން ވަނީ މަސައްކަތް ކޮށްފަ އެވެ.