ޚަބަރު / އުމަރު ނަސީރު

މިނިވަން 50 އާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އުމަރަށް

ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އުމަރު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ވަނީ ކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކާ ގުޅޭ ތަފާތު މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ކޮށްފި އެވެ.

މިނިވަން 50ގެ ހަރަކާތްތަކުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯމް މިނިސްޓްރީއަށް މިއަދު ވަދެ، ތަހުގީގު ހިންގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އެ މިނިސްޓްރީން ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ މިނިވަން 50ގެ ބައެއް މަސައްކަތްތައް ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ، އޭނާ، ތުހުމަތުކުރެއްވި ގޮތުގައި، އޭރުގެ މިނިސްޓަރު ހޯމް މިނިސްޓަރު އުމަރުގެ ބެއްލެވުމުގެ ދަށުންނެވެ.

އަޒްލީން ވިދާޅުވީ އޭސީސީގެ އިތުރުން އޮޑިޓް އޮފީހުން ވެސް މިނިވަން 50 ގެ ކަންކަން ތަހުގީގުކުރަމުން އަންނައިރު، އެކި ފަރާތްތަކާ ބައެއް މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަން ތުހުމަތު ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި އަދަދުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މާލިއްުޔަތު ގަވާއިދާ އެއްގޮތަށް ނޫން ކަން ސާފުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ހަވާލު ކުރުމުގައި ކުރިން އަގު ނުހޯދައި، އެއްބަސްވުމެއް ނެތި މަސައްކަތް ހަވާލުކޮށްފައިވާ ކަން ވެސް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި. އަދި މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާއި މާލީ ޒިންމާދާރުވެރިޔާގެ މަސައްކަތްތައް ބައިޕާސްކޮށް ސީދާ މިނިސްޓަރު ބޭނުންވާ ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވިފައިވާ ކަމުގެ މައުލޫމާތު ވެސް އަޅުގަނޑުމެންނަށް މިހާރު އެބަ ލިބެމުންދޭ،" އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތްތައް ހަވާލުކުރުމުގައި ތަކުރާރުކޮށް، އެއްބަޔަކަށް ވަރަށް ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަން ވެސް ރިކޯޑުތަކުން ދަނީ ފެންނަމުންނެވެ. އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުގައި ހިދުމަތާއި ތަކެތި ހޯދާފައިވާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

Umar adhives hunnevee "hudhu valugai" hifahattavaigen, dhaulaith saafukuran! | Mihaaru

Umar adhives hunnevee "hudhu valugai" hifahattavaigen, dhaulaith saafukuran! | Mihaaru

The most trusted news source in the Maldives

Mihaaru

އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ކޮރަޕްޝަނާ ގުޅޭގޮތުން މިހާރަށް ދެއްވި އިންޓަވިއު

މިނިވަން 50 ގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ، އުމަރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމެޓީއެއް އެކުލަވާލައި ރައީސް އޮފީހުގެ ހާއްސަ ބެލުމުގެ ދަށުންނެވެ. އެކަމަށްޓަކައި ވަޒީރުންގެ ކޮމެޓީއެއް ވެސް އޮތީ އެކުލަވާލައިފަ އެވެ. މިނިވަން 50 ގެ ޖާފަތުގެ ކޮރަޕްޝަނާ އެކު ހާމަކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން އެކުލެވޭ ގޮތަށް މަސައްކަތްތައް ހަވާލުކުރި ކަމަށް ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުކުރުމުން އޭރު ސަރުކާރުން އެކަން ދިފާއުކުރި އެވެ.

މިނިވަން 50އާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން އެ ސުވާލު ކުރުމުން، އޭރު މިނިވަން 50 ކޮމެޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ އެއްވެސް މަސައްކަތެއްގައި ކޮރަޕްޝަން ނޯންނާނެ" ކަމަށެވެ. މާލިއްޔަތު ގަވާއިދާ ހިލާފަށް، ބީލަމަށް ނުލައި މަސައްކަތްތައް ހަވާލުކުރީ، ތައްޔާރީތަކަށް ވަގުތު ނެތުމާއެކު ބީލަމަށް ނުލައި ހަވާލުކުރުމަކީ މައްސަލައެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ލިބިފައިވާތީ ކަމަށެވެ.

މިނިވަން 50 ގެ މަސައްކަތްތައް ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައި ނުވާނެ ކަން ދިފާއުކުރުމަށް ފަހު، މިހާރު މައްސަލައިގެ ކޮރަޕްޝަން ހިމެނޭ ކަމަށް ވިދާޅުވަނީ އުމަރަށް އަމާޒުކޮށްގެންތޯ ދެންނެވުމުން، މިނިސްޓަރު އަޒްލީން ވިދާޅުވީ "މި ޕްރެސްކޮންފަރެންސްގެ ބޭނުމަކީ ވަކި މީހަކަށް ތުހުމަތުތަކެއް ކުރުމެއް ނޫން" ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަންކަންކުގައި ދެފުށް ފެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ވަޒީރު ކަމުގައި ކޮންމެ ބޭފުޅަކު ހުއްޓަސް، އަދި އަޅުގަނޑު ހުއްޓަސް އެއްވެސް ހާލަތެއްގައި ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކުރުމުގެ ބާރުވެރިކަމެއް އެއްވެސް ވަޒީރަކަށް ނޯންނާނެ،" އަޒްލީން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން މިއަދު ނޫސްވެރިންނާ ވާހާކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާގެ ހޯމް މިނިސްޓަރު ކަމުގެ ދަށުގައި، ހޯމް މިނިސްޓްރީން އެއްވެސް ކަމެއް ގާނޫނާ ހިލާފަށް ހިނގިޔަ ނުދެއްވާނެ ކަމަށާއި އެ ނޫން ގޮތަކަށް ކަމެއް ހިނގާފައި އޮތް ނަމަ، އޭރަކު ހުންނެވި ވަޒީރަކު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އަޒްލީން ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން 50 އަށް ހޭދަކުރި ބޮޑު ބަޖެޓުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައި ވަނީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ. އެކަން މުޅިން ސާފުވާނީ، އޭސީސީ އާއި އޮޑިޓް އޮފީހުގެ ތަހުގީގު ނިމުމުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

އެ ތަހުގީގުތައް ނިމޭއިރު، ދައުލަތުގެ ހާއްސަ ހުއްދަ ލިބިގެން ހޭދަކޮށްފައި ވަނީ ކޮން މަސައްކަތްތަކަކަށްތޯ އަދި ގަވާއިދާ ހިލާފަށް ހިންގާފައި ވަނީ ކޮން ކަންކަމެއްތޯ އެނިގެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ނަސީރަށް ކޮރަޕްޝަންގެ ތުހުމަތު ކުރިއިރު، ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، އޭނާ ގެންދަވަނީ މި ސަރުކާރަކީ ރާއްޖެ މިހާތަނަށް ދުށް އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުގައި އޭނާ ހުންނެވިއިރު މި ސަރުކާރުން ކޮރަޕްޝަން ހިންގި ނަމަވެސް އުމަރު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ "އޭނާ ހުންނެވީ ހުދު ވަލުގައި ހިފަހައްޓަވައިގެން ކަމަށާއި އެ ވަލުގައި ލައްގަނޑެއް ޖެހިފައި ނޯންނާނެ" ކަމަށެވެ.

138 ކޮމެންޓް, 342 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 2%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Mukhthar Mohamed

10 June 2019

، މިފަދަ މައްސަލަތައް ނުބަލައި ކަމުގައި ވަނީނަމަ އިބޫ އިސްތިއުފާ

The name is already taken The name is available. Register?

×××ޒ

22 March 2017

ރައީސް ނަޝީދު ނޫނިއްޔާ އަމިއްލަ އެދުމާއިގެން އުޅޭ އެކަކުވެސް ނުހުންނާނެ. ރައްޔިތުންގެ ޙައްޤުގަ.

The name is already taken The name is available. Register?

މިނިވަން ހިޔާލު

21 March 2017

ކޮމެންޓް ތަކުން އިގެނީ އުމަރު ދެެކެވެސް ވަރަށް ގިނަފަރާތް ތަކުން ޖެހިލުން ވާކަން

The name is already taken The name is available. Register?

އަހުމަދު

21 March 2017

ތިޖޫރީ ހުރިތާ ވަޅުގަޑެއް ހުންނާނެ ކަމަށް ވިދާޅުވި ބޭފުޅާގެ ހާލަތަކީ މިއީބާ؟ މައްސަލައަކީ މަގާމުގެ ބޭނުމުގަ ވަކި މީހަކު ނުވަތަ ނުފޫޒު ގަދަ ބަޔަކު ބޭނުންވާ ގޮތަށް ގަވައިދު ތަކަށް ނުބަލާ ކަންކަން ނިންމޭތީ. އިޚްލާސްތެރި ތެދުވެރި ބަޔަކަށް އެންމެން ވާންވީ . އޭރުން ސަލާމަތްވެ ތިބެވޭނީ. އެހެންނޫނީ ހަމަ ތާށިވާނީ.

The name is already taken The name is available. Register?

އލހ

21 March 2017

މިނިވަން 50 އާގުޅިގެން ކަރަޕްޝަނުގެ ވާހަކަ މީޑިއާގަ ކިހާވަރަކަށްތޯ ދެއްކީ. ކަހާތަން ހިރުވާވެސްނުލާ ތިބެ، ކަމުގެ މުއާލާތްކެނޑި އެތަށްދުވަހެއްފަހުން އޭސީސީ އިން ތިކަން ބަލަންފެށީމަ ތިމަކުގެ ނިޔަތާމެދު ޝައްކުކުރެވެނީ. މިހާރުވެސް އާބާދީ 50 ކިޔައިގެން ތިނަދޫއަށް ކޮންމެ ބުރާސްފަތިދުވަހު 30 ހަކަށް މީހުން ދައުލަތުގެ ޚަރަދުގަ އެބައާދޭ! މިކަން ބަކަން ބަލަންވީނުން މިހާރުންފެށިގެން.

The name is already taken The name is available. Register?

ހަސަނޭ

21 March 2017

ބަޣާވާތް ކުރި އެއްމެންގެ ނިމުން ހިތިކުރައް ވާންދޭވެ.

The name is already taken The name is available. Register?

ޔޯބްރޯ

21 March 2017

މޭން....ކަޑައެއްނު!!!

The name is already taken The name is available. Register?

ކުޑަފޫޅު

20 March 2017

އަވަހަށް ހަރުގަނޑު ހޯދަންވީ

The name is already taken The name is available. Register?

ފޭރޭ ގްރޫޕް

20 March 2017

ކޮބާ އުމަރާ ތިއޮތީ ފްރޭމް ކޮއްފަ ދެންއޮތީ ފަޓާސްބަރިއެއްހެން 13 އަހަރު ޖަހާލުން... އެވްރީތިންގްސް ރެޑީ ވެއިޓިންގ ފޮރ ކޮމާންޑަރ...

The name is already taken The name is available. Register?

ދެވޯޓުއުމަރު

20 March 2017

ޢުމަރައް އޮތް ތަނަކީ ޖަލު!!! ޢަންނި އާ ޖަސްސާލައިގެން އުޅެވިއްޖެ އެއްނުން !!! ޥަރަށް ތާއީދު ޖަލައްލާން!! ޢުމަރު މިފަހަރު ތިނެގީ ރައްޔިތުންގެ ފާއިސާ ގާޒީ އެއްނޫން!! ޢަވަހައް ތޭރިތަކުގެ ބިއްދޮށައް!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454