އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ފިރިހެން މީހާ.
20 ޖޫން 2025 - 21:18
ހުޅުމާލޭގައި ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވުމުން މަޑުނުކޮށް ދިޔަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލެ 1 ގެ ނިރުކޮޅުމަގުގައި މިދިޔަ ހޯމަ ދުވަހު ކަފިހި ހުރަހުން މީހަކު މަގު ހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓްވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވީ 54 އަހަރުގެ ދިވެއްސަކަށެވެ. އެ ފިރިހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެ އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ދިއުމުން ފުލުހުން ވަނީ ސައިކަލު ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އެއީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަ ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ފުލުހުން ބުނީ އެ ފިރިހެނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޕާޓް
22 June 2025
މީގެ ހަފްތާއެއްހާ ދުވަސްކުރިން ސައިކަލުގެ ބުރިޖުމަތިން ދަނިކޮށް އެގޮތް މިގޮތަށް ރޭސްޖަހާ ވައްތަރު ކަޅުކުލައިގެ ކާރެއް ކުއްލިއަކަށް އަރައިގެން ހިނގައްޖެ. އެކާރު ދިޔަގޮތުންވެސް އެނގިއްޖެ ކޮންމެވެސް މީހެއްގެ ދުވަސްދާންކަން މިއުޅެނީ. ދުއްވަމުންގޮސް ހައިވޭއިން ހުޅުމާލެއަށް އަރާ ހިސާބަށް ދިޔައިރު މަގުއޮތީ ބްލޮކްވެފައި. ބަލާލިއިރު އުމުރުން ދުވަސްވީ އަންހެނަކު ހައިވޭމަތީގަ ވެއްޓި ހޭނެތިފައި އޮތް. އެކްސިޑެންޓްވީ ހަމައެއްކަލަ ކަޅުކުލައިގެ ކާރު.
ޝުގަރ
21 June 2025
ކެކެކެކެކެ ހަކުރައްޕި
raajje
21 June 2025
ދެންއަވަހަށްދޫކޮށްލާ އޭރުންހުންނާނީ ތަހުގީގުކުރެވިފަ، ތަކުރާރުކޮށް ޓުރެފިކުގަވައިދާ ހިލާފުވާމީހުނާ އެހެނިހެންކުށްތައްކުރާމީހުންވެސް ދޫވެފަ،
ސަލީމު އިދުރީސް
21 June 2025
ހަމައެއް ލައެއް ނެއްތާކު އިންޖީނުލީ އުޅަދު ނުދުއްވޭނެކަން ރައްތުނައް ވިސްނި އަދި ފުރެވެޓު ކާރާސައިކަލު ރާއްޖޭގަ ނުދުއްވޭގޮތައް ހެދުން ހައްލަކީ! ދެން އެހާވަރައް ދުއްވަން ބޭނުންނަމަ ގަޑިއަކު ހަކިލޯމީޓަރައްވުރެ ބާރައް ނުދުވާގޮތައް ހަދައިގެން ނޫނީ އެތެރެ ނުކުރެވޭގޮތް ހަދާ! ހަކިލޯމީޓަރު ދުވެލި އެއީ ހިނގާފަ އުޅެވޭވަރު ދުވެލި! އެއްވުރެ ބާރައް ދުއްވާއެއްޗަކައް އެރޭވަރު ގާބިކަމެއް ގިނަމީހުގެ ސިކުނޑިއަކުނެއް
ބަބްސް
21 June 2025
އެވިއްކާ އެއްޗެއް ވިއްކާފަ ގޭގެކުލި ދެއްކޭވަރަށް ލާރިކޮޅު ގެނެސްދެނިކޮށް މައިންބަފައިންނަށް ވަރިހަމަ. މިހެން މިވީ މިވޭތިވެދިޔަ 50 ހަަކަށް އަހަރުތެރޭގައި ހަމައެކަނި މާލޭ ސަރަހައްދު ތަރައްޤީކޮށް އާބާދީފުނި ޖެއްސުމުގެ ސިޔާސަތު ގެންގުޅުމުން. މީސިޔާސަތުގެ ދަށުން މާލޭމީހުންނަށް އިންތިހާއަށް ފައިދާވޭ. ޑްރަގް ގޭންގްތަށް އުފެދި ބޮޑެތި މަހުޖަނުންނަށްވެ މުޖްތަމައު ހަލާކުވުން ނޫން އެހެން ކަމެއްނުވި.
ރޮންބީ
21 June 2025
އަނިޔާވި ބޭފުޅާއަށް އަވަސް ޝިފާއަކަށް އެދެން. ދެން މި ސޮރަށް ޓައި އެއް ދީފާ ރައީސްއޮފީހަށް ފޮނުވާ ސިޔާސީ މަގާމަކާ ހަވާލުވާން.
ގައުމުގެ ދުލުން
21 June 2025
ވަރަށްބޮޑަށް ފާހަގަވޭ ހުވަދޫ އަތޮޅުގެ ސަރަހައްދުތަކަށް ނިސްބަތްވާ މީހުން ރާއްޖޭ ހިންގާ ގޭންގްތަކަށާއި ޑްރަގް އައްޑާ ތަކަށާއި ވައްކަމާއި ފޭރުމުގެ ތެރޭ އިސްކޮށް ހަރަކާތް ތެރިވާކަމަށް! ސަރުކާރު ތެރޭގަ ޔާއި މަޖިލީސް، ޕޮލިސް ތެރޭގަ ރަސްމީ ހައިސިއްޔަތު ޖައްސައިގެން މިބައިމީހުންގެ މަދަދުވެރިކަމާއި އެކީ ކުއްކުރާމީހުން އަންނަނީ ކުއްތައް ތަކުރާރުކޮށް އެމީހުން ކުރާ ނޭދެވޭ ކަންތައް ތަކުރާރު ކުރަމުން! 2008 ން ފެށިގެން ދިރެމުން އަންނަކަމެއް!
އައަސް
21 June 2025
ވެރިކަމުގެ ބޭނުމުގައި 2012 ގައި ފެށިކަމެއްތީ އަސްލު އޮޅުވާލަންނޫޅުންވާ “ގައުމުގެ ދުލުން”
ސަދަސދފދސފ
21 June 2025
ކުރިން ކަމެއްވާއިރަށް، އެހެޔޮ ތަންކޮޅެއް ގަދަޔަށް ވައިޖެހުނަސް އައްޑޫ މީހުންނޭ ކިޔައިގެން އުޅޭނެ. މިހާރު ހުވަދޫ މީހުންނޭ ކިޔަނީ. ކިޔަކިޔާ ތިބެން ޖެހޭނީ ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކުރަނީ މިހާރު ހުވަދޫ މީހުން.
ކޮކާ
21 June 2025
އަދަބެ ނުދީ ދޫކުރާގޮތަބާ ކިފަހަރުވެސްވާނީ
ވެންގަބޯ
21 June 2025
ސަރުކާރުގެ މަގާމުތަކުގައި ތިބޭ އިސް މީހުން ރައްޔިތުންގެ ފައިސާ ބ އަޅާއިރު އެމީހުންގެ ފޮޓޯޔާ ވަނަވަރު ކީއްވެގެން ތޯ ރައްޔިތުންނަށް ހާމަ ނުކުރަނީ މަކުރިޔަސް ކަލޭ ކުރިޔަސް ގޯސްކަމެއް ހަމަ ވާނީ ގޯސް ކަމަކަށް ރައްޔިތުންގެ ފައިސާ ބ އަޅާގެން ފިލަނީ ކަލޭމެން ހޯދާފައި ކީއްވެގެން ތޯ އެމީހުންގެ ފޮޓޯ އާއި އެޑްރެސް ނަން ހާމަނުކުރަނީ. ؟؟؟ ފުރަތަމަ މިޔަށް ޖަވާބެއް ދީބަލާ. ؟؟؟
ކަލީމާ
21 June 2025
ސައިކަލް ދުއްވެނި ކޮށް ނިމުނީ! ހެޔޮ ވަޒީފާއެއް ހަރުދަނާ ކަމެއް ނެތަސް! މިކަހަލަ މީހުންނަކީ މަންމަ ނޫނީ ބައްޕަ ތަރުބިއްޔަތު ނުދީ ލޯބިން ނޫނީ ފަރުވާކުޑަކަމުން ގެއްލުން ދީފަ ތިބި ޒުވާނުން!