މިރޭގެ ދަންފަޅީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 ޖޫން 2025 - 23:55
ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.
އޯ ލެވެލް ގަދަ10ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގައި އެންމެ އިސްކަމެއް ދެނީ ދާއިރާގެ ހިންގުން ހަރުދަނާކުރަން ކަމަށެވެ. އަދި އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން ވީހާ ވެސް ޒަމާނީ ކުރުމަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާ ކަމަށާއި ޕޭކޮމިޝަނުގެ ތެރެއިން އެކުލަވާލި އާ މެޓްރިކްސްއާ އެއްގޮތަށް ސުޕްރިންޓެންޑެންޓްގެ މަސައްކަތް މާދަމާ އިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިރޭ ދަންފަޅީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
- ވުޒާރާގެ ހިންގުން ހަރުދަނާ ކުރުން
- ކުއްޖެއްގެ ނިސްބަތުން ކުރެވޭ ހޭދަ މަތިކޮށް ވަސީލަތްތައް ގާއިމް ކުރުން
- ޓީޗަރުން ތަމްރީނުކޮށް ފެންވަރު މަތިކުރުން
- ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން
- އުނގެނުމުގެ ފަހި މާހައުލެއް ގާއިމް ކުރުން
- ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ތައުލީމީ ސިޔާސަތު ކަނޑައެޅުން
ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށްގެން ނޫނީ މޮޅު ނަތީޖާއެއް ނުހޯދޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ސަބަބަށްޓަކައި މިދިޔަ އަހަރަށް ވުރެ މި އަހަރު ތައުލީމީ ބަޖެޓަށް 300 އެއްހާ މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ިިިިިިޔހހހ
22 June 2025
މިނިސްޓުރީ ތަކަށް ނުކިޔަވާ މީހުން ލައިގެން ވާނީ
ޙުސީނު
22 June 2025
ސިޔާސީ މަގާމުތައް ދަރިވަރުންގެ ތެރޭގައި އުފައްދައި، ގައުމު ބިނާކުރުމުގައި އެކުދިން ބައިވެރި ކުރަން ޖެހޭ. ޓެސްޓް ޕޭޕަރު ތައްޔާރުކުރަންވާނީ، މަޖިލީސް މެންބަރުންގެ ރުހުންލިބޭ ޕާޓީގެ އިސްވެރިން. ޢޭރުން ނަތީޔާ ރަގަޅުވާނެ.
އަލީ 2
22 June 2025
ތިޔައީ ވެސް އަހަރުމެން ރަނގަޅުކުރަން ގެނާ އިނގިލާބީ ސަރުކާރެއްގެ ތައުލީމީ ވަޒީރެއް ކޮބާނެރުވުނު ނަތީޖާއަކީ ؟ ފިރިހެން ކުދިންގެ ތައުލީމީ ފެންވަރު ރަނަގުޅުނުވަނީ އުނގައިނި ދިނުމުގެ ވައްޓަފާޅި ނެތް ބަޔަކު ގޮވައިގެން ތިމެން މެންގެ ޕާޓީ އިޝްތިހާރުކުރަން ފޭސްބުކައް ފޮޓޯ އަޅައިގެން ދެއްކުން ތެރި ވީމަ . އިސްމާއިލް އައިސް ކުރިކަމަކީ ރައްޔަތުން ފެލާލައިގެން ފައިސާއަތުލީ އެއަހަރުގެ ދައުލަތުގެ ބަޖެޓް ކާލީ މީކުރިކަމަކީ
އޮނަރަބްލް އަފީފު ދީދީ
22 June 2025
ވަޒީރު ތިޔަވިދާޅުވާ "އިންޤިލާބީ ބަދަލަކީ، ކަރުދާހާއި އަނގަ އިން ގެނެވޭ ބަދަލެއްނަމަ" މާލޭސަރުކާރު ހިންގާން ޙަވާލުވެތިބޭ ތިރަށުމީހުނަށް ތިޔަބަދަލު ގެނެވިދާނެ. އެހެންނަމަވެސް ދުނިޔޭގެ ޤައުމުތަކުގެ ވެރިރަށް ތަކުގެތެރެއިން އެންމެމުޑުދާރު ރަށާއިނުބައްދަލު އަދަދަކަށް މީހުންޖަމާކޮށްފައިވާ ކުޑަކުޑަ ރަށްގަޑެއްގައި ތިރީހަކަށްހާސް ކިޔަވާކުދިން ހަމަޖެހިގެންތިބެ ކިޔަވާނެވެއްޓެއް ޤާއިމްކުރާނެ އެއްވެސްގޮތެއް ނުހޯދޭނެ. ކަންކަން ލާމަރުކަޒު ކޮށްގެން ހައްލު ހޯދާ.
އޮނަރަބްލް އަފީފު ދީދީ
22 June 2025
ރާއްޖޭގައި ހުރި އިޖްތިމާއީ، އަޙްލާޤީ، ސިއްޙީ، ތަޢުލީމީ އަދި އިޤްތިސޯދީ މައްސަލަ ތަކުގެ ހައްލު ހޯދަން ބޭނުން ނަމަ "ޒަމާނުއްސުރެން މާލޭސަރުކާރުން ކަޑައަޅާ ދަމަހައްޓަމުން އަންނަ އެއްރަށްދައުލަތް ސިޔާސަތު" ދޫކޮށްލާން ޖެހޭ. ރާއްޖެއިން ނުބައި ކަމުގެ އަލާމާތެއް ފެންނަނަމަ (ޑްރަޤް މައްސަލައާއި ދިވެހިންގެ ޢަހްޅާގީ މައްސަލަ އަދި ވައްކަމާއި ޙިޔާނާތް ފަދަ) މިހުރިހާ ކަމެއްގެ ފެށުން އަންނަނީ މިދެންނެވި ސިޔާސަތުގެ ސަބަބުންކަން ވަރަށްރަނގަޅަށް ހާމަވާން އެބަހުރި.
އޮނަރަބްލް އަފީފު ދީދީ
22 June 2025
ބެލެނިވެރިން ފެލައިގެން ކްލާސް ރޫމް ފިނިކޮށް ޙަޒާނާ ދޮވެލައިގެން އުޑުގައި ޖެހޭވަރު އުސް އިމާރާތް ތިރަށުގައި ހެދިޔަސް އިންޤިލާބީ ބަދަލު ގެނެވުނީ އެއްނޫން. އިންޤިލާބީ ބަދަލެއް ގެނެވޭނީ އޭގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ބަދަލެއް ގެނެސްގެން. އެހެން ކަމުން ތިރަށު ސަރުކާރުން ހަނިމާދޫ އާއޮ GAN International Airport ގައި އަޅުވާފައިވާ "މަރުތަޅު" ނައްޓާލާ ކ.މާލޭގައިހުރި އޮފީސް ތަކުގެތެރެއިން ބައެއް އޮފީސްތަކާއި ފެކަލްޓީތައް އެހެންރަށްރަށަށް ބަދަލު ކުރޭ.
ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ
22 June 2025
ދީދީ ތިޔަކޮމެންޓްކުރައްވަނީ ދީދީއަށްވުރެ މޮޅުމީހަކު ދުނިޔޭގައިނެތްކަމަށް ދެކިގެންހެން ހީވޭ.ތަނެއްދޮރެއް ބަލައިގެން އެނގިގެނެއްވެސްނޫން. ގައުމަށް އަންނަ ބަދަލުތަކަށްވެސް ލޯމަރާލައިގެން. އިރެއްގައި ބެލެނިވެރިން ލައްވާ ޓީވީގަނެ. އެއާކޯނުގަނެ ކްލާސްރޫމުގައި މުށިޖެހީމާ އެއީ މިއަދުގެ ހާލަތެއްނޫން. މިހާރު މިކަންތައްތައް އެކުރަނީ ސަރުކާރުގެ ޚަރަދުގައި. ފިތުނައުފައްދަން މާކުރީޒަމާނުގެ ވާހަކަނުދައްކާ މިހާރުގެ ވާހަކަ ދެއްކުން ބުއްދިވެރި.
އަލިބެ...
22 June 2025
ވަރަށް ރަގަޅު ބަދަލަކަށް ވާނެ ކަމަށްފެނޭ، ޓީޗަރުން ރެކްރޫޓް ކުރާ އުސޫލު ބަދަލުކޮށް، ރައީސް މުޢިއްޒުއާއި ސަރުކާރުގެ އުސޫލުތައް ދަމަހައްޓާނެ ތެދުވެރި ވަފާތެރި، ބަޔަކު ސްކޫލުތަކަށް ޢައްޔަނުކުރުން. އޭރުން ސަރުކާރުގެ ސިޔާސަތު ތަކާއި ކިޔަވައި ދިނުމުގެ ލަަަަަަނޑުދަނޑި ޙާސިލުކުރެވި ޕާޓީގެ ހުރިހާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސަން ފަސޭހަވާނެ!
ދޮން
22 June 2025
ސުކޫލްތައް ވަޔަށް ދުއްވާލި މިނިސްޓަރ ބަޖެޓެއް ނުލިބޭ ، ކޮންމެކަމެއް ކުރަން 2 ފަހަރު ހުއްދަނަގަން ޖެހޭ ، އެއްމަސައްކަތެއް 2 ފަހަރުކުރަން ޖެހޭ ދޯހޮޅި ސިޔާސަތެއް ،
އައިޝަތް މާހާ
22 June 2025
އަސްލު ހަމަ ޔަގީނުންވެސް ކަންކަން ދޯދިޔާއެއް ނޫން މިދިޔަ ވެރިކަންތައް ހެން. ވަރަށް ގާތުން ސަރުކާރުން ކަންކަން ބަލާކަން ފާހަގަވޭ. އަދި ހަމަ އެހެންމެ ސްކޫލްތަކާ ބެލެނެވެރިންނާ ގުޅިގެން މިނިސްޓްރީއިން ކަންކަން ކުރާކަން އިނގޭ
އަބުދުއްރަޙީމް
22 June 2025
ކުރިޔަށް ވުރެ ހުރިހައި ގޮތަކުން ވެސް ދޯދިޔާ. އެކެޑަމިކު އަހަރެއް އެހެން އެއްޗެއް މިހާރު ވަކި ވަނީއެއް ވެސް ނޫން. ފެބުރުއަރީގައި ފެށި ދިރާސީ އަހަރު ނިމެންދާއިރު މުގައްރަރުތަކުގެ ދެބައިކުޅަ އެއްބައި ވެސް ނުނިމޭ
އާދިލް ސަލީމް
22 June 2025
މިސަރުކާރުން ކްލާސްތައް އޭސީ ކުރުމުގައި މިހޯދަނީ އެހެން ލެވެލްއެއްގައި ކުރިއެރުން. މީގެ ސަބަބުން ކިޔަވާ ދަރިވަރުންގެ ފެންވަރު އިތުރުވެގެން ދާނެ