ޓްރާންސްޕޯޓް މިނިސްޓަރު އަމީން: އުޅަނދުތަކަށް އިތުރު އިންޝުއަރެންސްއެއް ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުން - ފޮޓޯ: މިހާރު
22 ޖޫން 2025 - 13:13
ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އިންޖީނުލީ އެއްގަމު އުޅަނދުތަކުން ތާޑް ޕާޓީ އިންޝުއަރެންސް ހެއްދުމަކީ މިހާރު ގަވާއިދުން ލާޒިމްކުރާ ކަމެކެވެ. އެއީ އެ އިންޝުއަރެންސް ހަދާފައިވާ ހުންނަ އުޅަނދަކުން އެހެން އުޅަނދަތަކަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭ އިންޝުއަރެންސެކެވެ.
އުޅަނދަށް ލިބޭ ގެއްލުންތަކާއި ވަގަށް ނެގުމުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް އެ އިންޝުއަރެންސް ނިޒާމުގެ ތެރެއިން ކަވަރު ނުކުރުމަކީ އެތައް ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެކަން ހައްލު ކުރަން ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުންފުނިތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާ ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ތައާރަފު ކުރާނެ އެވެ.
މާލޭގެ ޓްރެފިކްގެ އެކި މައްސަލަތައް ހައްލު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި އެ އިސްލާހުތަކާ އެކު މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
23 June 2025
މިހާރު އިންސުއަރެންސްގެނަމުގަ ނެގޭވަރުމަދުވީ ތޯއްޗެ!. 3 ގުނަ ކޮށްލީމަ އޯކޭވާނެ. ދެން އެކްސިޑެންޓެއްހިނގާއިރަށް ޕޮލިސްއައިސް މިހާރެކޭވެސް އެއްގޮތަށް ގަވާއިދާޚިލާފުވި މީހާގެއަތުން އަނެއްމީހާއަށް ބަދަލުނަގާދިނީމަ ނިމުނީ. މަގޭސައިކް އެހެންމީހެއްގެ ސައިކްގެ ފަހަތުގަ ޖެހިފަ އޭނަވެއްޓުނީ. ޕޮލިސްބުނީ ސައިކްގެ ކަވަރުހަދާދޭށޭ، މަބުނީ ކޮބާހޭތާޑްޕާޓީ އިންސުއަރެންސް ނުހަދާދޭނަމޭ. ދެން އެމީހާކާރީގަބުނީ ގަރާޖަކުން އަގުބަލާފަ ޕޮލިހަށް އަންނާށޭ.
ރިޒުމީން
23 June 2025
މިކަން ނުކޮށްގެން އަހަރެން ކިޔާތާ އެތައް އަހަރެއް އެތައް ސަރުކާރެއް ގޮއްސި. މިކަން ކޮށްގެން ނޫން ގޮތަކަށް އިންޝުއަރެންސްގެ ފައިދާ އޯނަރަށް ނުލިބޭނެ
އަސްލަމް ވަހީދު
23 June 2025
ވަރަށް ރަނގަޅު. މީގެ ސަބަބުން އުޅަދަށް ކުޑަ ގެއްލުމެއް ވިޔަސް ފައިދާ ވެގެން ދާނެ
ޖަގޭ
22 June 2025
މިހާރުވެސް އޮވޭ ތާޑުޕާޓީ އިންޝުއަރެންސެއް އެވެސް ބޮޑު ސްކޭމެއް ފަދަ އެއްޗެއް...
ސަނީޙް އަލީ
23 June 2025
އެ ބަދަލް ކުރާ ވާޙަކަ އެއްނު އެކިޔަނީ ކަލޯ. ގެންނަން އުޅޭ ބަދަލް ގެނައީމަ އޯކޭ ވާނެ
ހެހެހެެހެހެ
22 June 2025
ޖެމްކިޔު 2.0
އައްމަޓޭ
22 June 2025
ކޮމްޕްރިހެންސިވް އިންޝުއަރެންސް މިހާރުވެސް ދޭ އިންޝުއަރެންސް ކުންފުނިތަކުން. އޭގެ ޕްރިމިއަމް ބޮޑުވާނެ. ހަގީގަތުގައި މައްސަލައަކަށް ވެގެން މިއުޅެނީ ތަރޑް ޕާޓީ އިންޝުއަރެންސްއަކީ ކޮބައިކަމާއި އޭގެ ބޭނުމަކީ ކޮބައިކަން މީހުންނަށް ނޭންގުން. ދެން އެހެންވީމަ އެއިންޝުއަރެންސުން ސައިކަލު ވަގަށްނެގީމަ ކަވަރު ނުކުރީމަ ރުޅިއަންނަނީ މީ ކީއްކުރާ އެއްޗެއްހޭ ކިޔާފަ. ހުރިހާވެސް މައްސަލައަކީ ހޭލުންތެރިކަން ކުޑަވުން. ވާނުވާ އޮޅުންނުފިލުވުން
ގުދުގުދާބެއްޔާ
22 June 2025
ތިޔަ އިންސުއަރެންސުން ދިވެހިނައް ވީ ފައިދާއެއް ނޫން! ހަމަ ޖެމްކިއު ސުކޭމްއާ އެއްވެސް ތަފާތެއް ނެތް! ކޮންމެ އަހަރަކު ފައިސާ ނަގާ އެކަމަކު އެކްސިޑެންޓްވީމަ ލިބޭ ލޯލާރިއެއް ވެސް ނެތް! މަނުކުރަން އިންސުއަރެންސެއް!
ނަނަނަ
23 June 2025
ތިޔަ އިންޝުއަރެންސުން ފައިދާ ވަނީ ލަންކާ މީހުންނަށް..
ބޯހަލާކު.
22 June 2025
އަޖައިބެއްކަހަލަ ކަމެއް. ރައްޔަތުންނަށް ނެތޭ ހަމަނޭވާލައިގެން މަޑުންތިބެވޭކަށް އަބަދުވެސް ކަމެއް ރަގަޅަށް ހިގަހިގައިއޮއްވާ ކޮއްމެވެސް އެއްޗެކޭކިއާ އެހެން އެއްޗެއް ތައާރަފުކުރާނެ. ހީވަނީ ވެރިކަމުގެ 5 އަހަރު ކޮންމެވެސް ކަމެއް ރަގަޅަށް އޮތަަށް ކޮންމެވެސް ތަނަކަށް ބޯބާނާލާ އޯވާހައުލް ނުކުރަންޏާ ކަމެއް ކުރިހެނެއް ހީނުވާނެހެން. ތީދެން ކޮންބޭކާރުކަމެއް. މިހާރުވެސް މިއުޅެނީ ދެކޮޅުނުޖެހިގެން.
އ އަހްމަދު
22 June 2025
މީނަގެހުންނަ ހަސީލަތްނުބައިކަމުން މިފަހަރުވެސް ޑޮމެއިން އަލުންރަޖިސްޓްރީކުރަންއަންގައި ކޮންމެޑޮމެއިންނަކުން 500 ރުފިޔާ ކާލައިފި މިކަހަލަ މުނާފިގުން މުޅިންވެސް މިއުޅެނީ
ދަސްކުރާ
22 June 2025
އިންޝުއަރެންސް ކުންފުނިން ކަޓް ލިބޭނެތާ! ސައިކަލުގެއްލިގެން އެ ފައިސާ ދެނީ ސަރުކާރުންތަ؟ ތާރޑް ޕާރޓީ އިންޝުއަރެންސް އަކީ އެނެކާއަށް ލިބޭ ގެއްލުން ފޫބައްދައިދިނުމަށް ކުރެވޭ އިންޝުއަރެންސް އެއް . އެކަން މަޖްބޫރުކުރެވިދާނެ، އެކަމަކު އަމިއްލަ އުޅަނދަށް ލިބޭ ގެއްލުމާއި ވަގަށް ނެގުމުން ނުވަތަ ގަސްތުގައި ހަލާކުކޮށްލުމުން ލިބޭ ގެއްލުން ކަވަރުކުރުމަކީ އެފަރާތެއްގެ އިޚްތިޔާރީ ކަމެއް.