އެމްޓީސީސީގެ ހައި ސްޕީޑް ފެރީ، "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ފެރީތައް.-- ފޮޓޯ: އެމްޓީސީސީ
26 ޖޫން 2025 - 12:58
އެމްޓީސީސީގެ ހައި ސްޕީޑް ފެރީ، "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ހިދުމަތް ރ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެއްގޮތަށް މިއަދު އެ އަތޮޅު އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
"މި ހިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ. ބ. އަތޮޅުގައި އެ ހިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުން ކަމަށް ރައީސް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރ. އަތޮޅުގެ ރައްޔިތުންނަށް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާއިރު، އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފަ އެވެ.
ސަރުކާރުން އާރްޓީއެލްގެ ހިދުމަތް ދެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ.
މި މަޝްރޫއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާ ސަރުކާރުން މިދިޔަ މަހު ވަނީ 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. އެ ރުފިޔާއަށް 12 ހައި ސްޕީޑް ފެރީ ބަންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އުތުރާއި އެންމެ ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް މިހާރު ގުޅުވާލާފައި ވަނީ އަލްޝާލީގެ 10 އަދި ގަލްފް ކްރާފްޓުގެ 17 ހައި ސްޕީޑު ލޯންޗުންނެވެ.
ޒޯނު ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ. އަދި ޒޯނު ފަހެއްގައި ހިމެނޭ މާލެ އަތޮޅާއި އއ، އދ، އަދި ވ. އަތޮޅުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފަށާނެ އެވެ. މި މަޝްރޫއު ނިމޭއިރު، ޖުމްލަ 80 ހައި ސްޕީޑް ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަކަލީ
30 June 2025
ހއ.ހދ.ށ ގައި ދުއްވާ ފެރީތައް ގެންދިއައީ ރ އަތޮޅުގައި ފެރީ ސަރވިސް ޚިދުމަތް ދިނުމަށް
ރރރރ
28 June 2025
ކައުންސިލް އިންތިހާބާ ގާތް ކޮށް ކުއްލިޔަކަށް އަތޮޅު ތަކަށް ހާދަ ތަރައްގީއެކޭ މިގެންނަނީ
ހާސިމް3
27 June 2025
ޜައްޔިތުންގެ ފައިސާ 800 މިލިއަން ޕިސްޕިސް. ޝުކުރިއްޔާ ރައީސް ނަޝީދު.، މިހާރު މިއެގެނީ އެކަން ކުރީގަ އެންޑީޕީ ފެށީ ކުރީ ރައްޔިތުންގެ / ދައުލަތުގެ އެންމެ ލާރިއެއް ވެސް ނުދީ -/10، ނުވަތަ -/20ރުފިޔާ އަށް ކޮންމެ ރަށަކަށްވިޔަސް އަތޮޅުތެރޭ. ބަގާވަތަށްފަހު އެކަންހުއްޓުވީ ވަހީދު. ދެން ޔާމިނު. މިހާރުދެވެނީ ކުރީބައިގަ އެޕުން ބުކް ކުރެވޭ 20މީހުނަށް. އެވެސް ހިތައްއެރިީޔާ. 800މިލިއަން ރ. އަތޮޅަށް ސުބުހާނަﷲ ދެރަކަމުގެ ކޮޅެެެއްވެސްނެތް.
މިނިސްޓަރ ު
26 June 2025
މި ސަރުކާރުން ތިޔަކަން ކުރަނީ ނަމަކަށް ރައްޔިތުންނަށް ޖެއްސުމަށް. މި ސަރުކާރުން އަލަށް ފެށީ ނ އަތޮޅުގަ އެކަނި. އެ އަތޮޅު ރައްޔުތުން ތިބެންޖެހެނީ އަތޮޅު ބަންދުގަ. އަތޮޅުން ބޭރަށް ޖެހިގެން އޮތް ށ އަތޮޅަށް ނުވަތަ ޅ އަށް ދެވޭނެއެއްވެސް މަގެއް ނެތް. މިއީ އަމާ ބުނީތީ ފަރަށްދިޔުން ނޫންބާ
ރަށްރަށުން
26 June 2025
ޝުކިރިއްޔާ މޑޕ
ނުކިޔަވާ ހުރިސޮރު.
26 June 2025
އާރ.ޓީ.އެލް. ފެށިޔަކަސް ތިކަން ފާހަގަ ވަނީ ވަކި ފަންތި އެއްގެ ބަޔަކައް އަމާޒު ކޮއް ހިންގާަ ޖަރީމާ އެއްގެގޮތަށެވެ. ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް ހިމެނެނީ އިނގިރޭސި ބަސްނުދަންނަ މުސްކުޅިންނާ ހަރުމީހުންގެ މައްޗަށެވެ ވީއިރު ކޮންމެ ބަޔަކު ކުރިޔަސް އަނިޔާއެްވިއްޔާ ވާނީ ހަމަ އަނިޔާއަކަށެވެ.ޓިކެޓުނެގެނީ ހައެއްކަމީހުންނަށް އާދޭސްކޮށްގެން ވަރައްމަދުފަހަރަކު އެވެ.(އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ)އައް ނުހަނު އިހްލާސްތެރި ކަމާއެކު ގޮވާލަން އަޅުގަންމެން 60.ޕަސަންޓް މީހުން ކިހިލި ޖަހައިގެންނަމަވެސް މިއެންމެން ގޮވައި ގެން ކުރިޔައް ދިއުމައް ގޮވާލަން.
ނައީމްބެ2
27 June 2025
މ،ފ.ދ އަތޮޅުގަ ވާރްމިލިއަން ވަރަށް ރަގަޅަށް ކުރި. ބޭނުންވަރަކަށް މީހުނަށް ދެވޭ ވަގުތުން - އަތޮޅުތެރޭ 10، 20ރުފިޔާ މުދާވެސް ވަރަށް ސަޅިކޮށް އޭގަ ފޮނުވޭ. އެމްޑޕީ ގެ ފިކުރެއް. ޙަގީގަތް.
މަލިމާ
26 June 2025
ޝުކުރިއްޔާ ރައީސް ނަޝީދު
ކަނބިލިބޯ
26 June 2025
ޝުކުރިއްޔާ އިބޫ...