އާރުޓީއެލް ފުޅާކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރާންސްޕޯޓު މިނިސްޓަރު އަމީން (ކ)، ފޮރިން މިނިސްޓަރު ހަލީލް (ކ) އަދި އިންޑިއާ ސަފީރު ޖީ ބަލަސުބްރަމަނިއަމް ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ
18 މެއި 2025 - 17:52
އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ އެގްރިމެންޓުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އެވެ.
މިދިޔަ ސަރުކާރުގައި ފެށި އާރުޓީއެލްގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގެ ދަށުން ދޭ 100 މިލިއަން ރުފިޔާއަށް ބަންނަން ނިންމާފައިވާނީ 12 ފެރީ އެވެ.
އާރުޓީއެލް މަޝްރޫއުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު "މިހާރު"އަށް ވިދާޅުވީ އިންޑިއާގެ އެހީގައި ލޯންޗުތައް ބަންނާނެ ބަޔަކު ހޯދަން، އޮޕަރޭޓަރުގެ ހައިސިއްޔަތުން އެމްޓީސީސީން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ސަރުކާރުން އަންނަނީ އަންނަ މަހު ރ. އަތޮޅުގައި އަދި ޖެހިގެން އަންނަ ޖޫން މަހު ބ. އަތޮޅުގައި އާރުޓީއެލް ފެށުމަށް ތައްޔާރުވަމުންނެވެ.
އެކަމަށް ބޭނުންވާ ފެރީތައް އަލްޝާލީ އަދި ގަލްފް ކްރާފްޓުން މިހާރު އަންނަނީ ބަންނަމުންނެވެ.
ޔާސިރު ވިދާޅުވީ އުތުރާއި އެންމެ ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް މިހާރު ގުޅުވާލާފައިވާ ކަމަށެވެ. އެއީ އަލްޝާލީގެ 10 އަދި ގަލްފް ކްރާފްޓުގެ 17 ލޯންޗުންނެވެ.
ޒޯނު ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ. އަދި ޒޯނު ފަހެއްގައި ހިމެނޭ މާލެ އަތޮޅާއި އއ، އދ، އަދި ވ. އަތޮޅުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފަށާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. އެ ޕްރޮޖެކްޓު ނިމޭއިރު 80 ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާގެ އެ އެހީއަކީ ގައުމީ ދަތުރުފަތުރުގެ ނެޓްވޯކް އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ގުޅިފައިވާ ކާމިޔާބީއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
20 May 2025
ސީނުގެ ރައްޔިތުންގެ ޖުމްހޫރިއްޔަތަށް ގުޅުއްވަވާލެއްވެވި ނަމަ، ތިޔަޔަށްވުރެން މާ ދީލަތި އެހީއެއް، އަޅުގަނޑމެންގެ ކުޅަދާނަފުޅު ކެޕްޓަނަށް ހޯއްދެވުނީސް. ދެންފަހަރަކުން އިނގޭތޯ.
ރައުޔާ
19 May 2025
އިންޑިޔާ އާ ގުޅިގެން މި އުޅެނީ ފައިސާ އާ އެހިތެރި ކަމަށް ތަކާ އެކަނި ހެން ހީވާ ކަހަލަ! އެހެންނުން ނަމަ ގުޅުމެއް ނުބާއްވާނެ! މީކީ އޮންނަންޖެހޭ ގޮތެއް ނުން! މި ގައުމުން އިންޑިޔާ އަށް ކޮށްދިނީ ކޮން ކަމެއް! ހުސް އެއްޗެހިދޯ އަސްލު ގޮވީ
ވެންގަބޯ
19 May 2025
ސަރުކާރު ބަދަލުވާހިސާބުން އިންނާނީ އަބުރާ ދައްކަން ޖެހިފައި ހިލޭދިން އެހީ އިންނާނީ ޖީބަށް ލައިގެން ވެރިކަންނިމޭ ހިސާބުން ބަދަލުވާނެ އޮޓޮމެޓިކުން ލޯނަކަށް ބަދަލުވެގެން ދާނީ. ؟
ވަޒީރު ހަލްކު.
19 May 2025
ދެއަތް ކައިރި ނުކުރެވިގެން ހަށި ފުއްޕާފައި ހުރީ ކާކު؟ މަ ހީކުރީ ހަލްކު ކަމަށް.
ޖޫންޖުލައި
19 May 2025
އިންޑިއާ އައުޓް ވިއްކައިގެން އައިސް އިންޑިއާ އިން ނޫން ކަމެއް ނުކުރޭ. އިބޫ ހެދި އެގްރިމަންޓްތަކުގައި ވެސް އެއްވެސް ކަންބޮޑުވާ ކަންތައްތަކެއް ނެތޯ ރައީސް ވިދާޅުވީ. ރޯހިތު އެހުންނެވީ މަޖްލިސް ގޮނޑި ހޯދައިގެން. ދެން އިންޑިއާ އައުޓެއް ނުކިޔާނެ. އިންޑިއާ ސަފީރު ރިސީވްކުރަން އައްޑޫގައި ރޯހިތު ހުންނެވީ އެންމެ ކުރީގައި!
މުޙައްމަދު.
19 May 2025
ކޮބާ ހިލޭ އެހީގެ މާނައަކީ؟ ހަބަރު ލިޔާއިރު މި ބަހުގެ މާނަ އާއެކު ލިޔުން އެދެން. އަނބުރާ ދޭނުޖެހޭ އެހީތަ؟ ނޫނީ އިންޓްރެސްޓަކާނުލާ އަނބުރާ ދައްކާގޮތައް ދޭ އެހީ ތަ؟ ނޫނީ ހަމަ ލިޔަން ފަސޭހައަކަށްބޭނުން ކުރާ ބަހެއްތަ އެއީ؟
ޖީލު
19 May 2025
ހިލޭ އެހީއަކީ ޖީބަށް ވަންނަ އެހީ.
ކަޑަ
19 May 2025
އަސްލު ހަމަ އިންޑިއާއިން؟ ހަހަ. ނޮޓް ފޮރޮމް ޔޫރަޕް!!!!!!!
ސަންބެ
19 May 2025
ތިމީހުންގެ އަތުން އެހީ ނޮހޯދާށޭ, ޑީލް ނަހަދާށޭ, ފަހުން ދެރަވާނޭ.
އިސްމާލި
19 May 2025
ހިލޭ އެހީ ވިއަސް ޝަރުތުތަކެއް ހުންނާނެ. އެއް ޝަރުތައް ވާނެ ލޯންޗުނބަނުމަށް އިންޑިއާ ކުންފުންޏަކަށް ދިނުން. އެހެންވެ އެމް.ޓީ.ސީ.ސީ އިން ބަންނާނެ ބަޔަކު ހޯދަނީ. ގައިމު މިހާރު ބޭނުންކުރާ ލޯންޗުތައް ބަން މީހުންވެސް ތިބޭނެ ދޯ. އަނެއްކާ އެ ލޯންޗުތަކުގެ ފެންވަރުވެސް ނުލާހިކު ރަނގަޅު.
raajje
19 May 2025
ހެލިކޮޕުޓަރު އެއީ ހަދިޔާއެއް، މިފަހަރު ހިލޭއެހީހެއް، ބައެއްގެ ތައްޕާހަށްވެއްޓިގެން ސަލާންޖަހައިގެން އެއްޗެއްލިބުނީމާނޫނީ ކަމެއްކުރަންނޭންގެނީތަ؟