ޒަޔާން..- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 ޖޫން 2025 - 19:44
ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މަސްކިއުލާ ޑިސްޓްރޮފީގައި އުޅެމުން ދިޔަ ޒަޔާން އިސްމާއިލް ޝަރީފް މިއަދު ނިޔާވެއްޖެ އެވެ.
ތ. ތިމަރަފުއްޓަށް އުފަން 19 އަހަރުގެ ޒުވާނާގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ އިޝާ ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޒަޔާން ނިޔާވީ ރޯގާ ޖެހި، ކުއްލިއަކަށް ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
"މިހާރު"ގެ ޓީމުން މިދިޔަ އަހަރު ތ. އަތޮޅަށް ކުރި ދަތުރުގައި ޒަޔާންގެ އާއިލާއާ ބައްދަލުކޮށް އޭނާގެ ހާލަތާ ގުޅޭ ރިޕޯޓެއް ގެނެސްދީފައިވެ އެވެ.
“Veyneh noon, gaboolu kuranee miee rahumatheh kamah”
The most trusted news source in the Maldives
Mihaaru
ޒަޔާނާ ގުޅޭގޮތުން މިދިޔަ އަހަރު "މިހާރު"ގައި ޕަބްލިޝްކުރި ލިޔުން.
އޭރު އޭނާގެ މަންމަ، ޒަމީނާ ހަސަން ބުނެފައިވަނީ އުމުރުން ނުވަ އަހަރު ވުމާ ހަމައަށް ޒަޔާނަށް ކޮންމެ ވެސް ވަރަކަށް ހިނގުނު ކަމަށެވެ. އެކަމަކު، އުމުރުން ދުވަސްވާ ވަރަކަށް ގައިން ދިޔައީ ވަރު ދޫވަމުންނެވެ. އެހެންވެ، އޭނާގެ ހިދުމަތުގައި އަބަދުވެސް ކޮންމެ ވެސް މީހަކު ހުންނަން ޖެހެ އެވެ.
ޒަމީނާ އޭރު ބުނީ އެ ބައްޔާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދިއިރު އެއީ، ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެއްކަން އެނގުނު ކަމަށެވެ. ވާރުތަވާ އެ ބަލި ބޮޑަށް ޖެހެނީ ބައްޕަގެ ފަރާތުންނެވެ.
ޒަމީނާ އަދި އޭނާގެ ދޮށީ ދަރިފުޅު، ޒަޔާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހުނަސް ޒަޔާން ވަނީ ރަށު ސްކޫލުން ގްރޭޑު 10 ނިންމައިފަ އެވެ.
ނުހިނގޭ ކުއްޖަކަށް ވުމުން، ޒަޔާން ކުޑައިރު، އޭނާގެ ހާލަތާ ގުޅޭގޮތުން އަމިއްލައަށް ވަރަށް ސުވާލުކޮށް އުޅުނެވެ. އެކަންކަމަށް، ޒަމީނާގެ ދެ ކުދިންގެ ތެރެއިން ދޮއްޓަށް ހުރި ދަރިފުޅަށް ވިސްނައިދިނީ ދީނީ ނަޒަރަކުންނެވެ.
""ދިރިއުޅުމަކީ ތަކްލީފުތައް އަންނާނެ ކަމެއް. އަޅުގަނޑު ޒަޔާނަށް ކިޔައިދިނީ، ޒަޔާނަށް އެހެން ދިމާވީ ބައިވަރު ސަބަބުތައް ހުންނާނެއޭ. މިސާލަކަށް، މިއޮތް ފަދަ ޒަމާނުގައި ގޯސް ތަންތަނަށް ނުދެވުމަކީ ވެސް [ކަމެކޭ] ފީލްކޮށްދޭންޖެހޭނެ ދޯ،" ތިމަރަފުށީ ސްކޫލުގައި ޓީޗަރަކަށް އުޅޭ ޒަމީނާ ބުންޏެވެ.
"ބައިވަރު ކަންކަމުން ދުރުވުމުން އެއިން ސަވާބާއި ހެޔޮ ދަރުމަ ލިބޭނެ ގޮތްތައް މެދުވެރިކުރެއްވީ ކަމަށް ވެސް ވެދާނެ. ޒަޔާން އެކަމަށް ވިސްނާފައި ވެސް ގުރުއާނަށް ސަމާލުކަން ދޭށޭ. ކުރިން އުޅޭނީ އަބަދު ފިލްމު ބަލަން، އެކަމަކު ދީނީ ނަޒަރަކުން ވިސްނައިދިނީމަ އެ ކަންތައްތައް ދޫކޮށްލައިފި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
30 June 2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ޒަޔާންއަށް މަތިވެރިގެންވާ ސުވަރުގެ މިންވަރުކުރައްވާށި. މި ހިތާމަވެރި ދަނޑިވަޅު ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން.
އެކޮއި
29 June 2025
އިންޝާ ﷲ. މިކުއްޖާގެ މަންމައާ މިކުއްޖާ ދެން ބައްދަލުވާނީ ނިޢުމަތުން ފުރިގެންވާ ސުވަރުގެއިން. ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން
ޚިންހު
29 June 2025
އިންނާލިއްލާހި ވަ އިންނާ އިލައިހި ރާޖިއޫން...އާއިލާއަށް ކެތްތެރިކަން ދެއްވައި މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި. އާމީން
މަ ބުނީ
28 June 2025
މާތް ﷲ އެ އަޅާއަށް ޝަހީދެއްގެ ދަރަޖަ މިއްވަރުކޮށްދެންވަވައި އެއްކެތެރިންހެ ތެރެއިން ލައްވަވައި ބަރުޒަހް އަމާންކޮށްދެންވަވައި ސުވަރުގެ މިއްވަރުކޮށްދެންވަވާށިއެވެ ، ޢާއިލީއަށް ކެއްޔެރިކަށް މިންވަރު ކޮށްދެންވަވައި އީމާންކަށް އިތުރުކޮށް ދެންވަވާށި އާމީން.
މފއއ
28 June 2025
نَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن یارب العالمين މަސްކިއުލާ ޑިސްޓްރޮފީ އަކީ އެކްސް ކްރޮމޮޒޯމްގެ ޒަރީއާއިން ވާރުތަވާ ބައްޔެއް. މަންމަގެފަރާތުން ފިރިހެން ކުދިންނަށް ވާރުތަވާ ބައްޔެއް. ބައްޔަކާއި ގުޅޭ ލިޔުމެއް ހުށައަޅާއިރު ޑޮކުޓަރެއްގެ ފަރާތުން މައުލޫމާތު ހިމަނާލާނަމަ ލިޔުން ފުރިހަމަވީސް
އަޙްމަދު
28 June 2025
އިންނާލިއްލާހި ވަ އިންނާ އިލައިހި ރާޖިއޫން...އާއިލާއަށް ކެތްތެރިކަން ދެއްވައި މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާދޭވެ.އާމީން
ައަލީޕ
28 June 2025
އާމީން
ސަނދަރަބޮލި
28 June 2025
ކާކުބާ ތަމްބްސް ޑައުން މި ކުރަނީ.
އައިސާދީ
29 June 2025
އާމީން