ޚަބަރު / މަރު

އަށް މަހުގެ ކޮއްކޮ އައިޖީއެމްއެޗުގައި ނިޔާވުމުން އާއިލާގެ ޝަކުވާ!

އައިޖީއެމްއެޗް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އުމުރުން ދުވަސްވަމުން ދިއުމާ އެކު އެ ދެމަފިރިން ތިބީ އިތުރު ކުއްޖެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ނޫނެވެ. އެކަމަކު އަންހެން ދެ ދަރިން ތިބި އާއިލާގެ ހަގަށް ފިރިހެން ކުއްޖަކު ލިބޭތީ ކޮއްކޮމެން ވެސް ތިބީ އުފަލުންނެވެ.

އެކަމަކު، ގދ. ތިނަދު އަށް ނިސްބަތްވާ އެ އާއިލާގެ ހިތްހަމަޖެހުން ދިގުދެމިގެން ނުދިޔަ އެވެ.

އުމުރުން އެންމެ އަށް މަހުގައި ޔޫނުސް ހުސެއިން އަބްދުﷲ މިދިޔަ ހުކުރު ދުވަހު ނިޔާވީ، އާއިލާ އިން ގަބޫލުކުރާ ގޮތުގައި އައިޖީއެމްއެޗުގެ އިހުމާލުންނެވެ. މި ތުހުމަތާ ގުޅިގެން އައިޖީއެމްއެޗުން އަންނަނީ އެ ކޭސް ބަލަމުންނެވެ.

އެ އާއިލާއިން ވާހަކަ ދެއްކި، ޔޫނުސްގެ އެއްބަނޑުއެއްބަފާ ދައްތަ، ޔުނާލް ހުސެއިން ބުނީ ފުރަތަމަ ހޮސްޕިޓަލަށް ދިޔައީ ކެއްސުމާ އެކު ހޮޑުލައި މާގަދައަށް ރޯތީ ކަމަށެވެ. ފުރަތަމަ ދެ ފަހަރަށް ވެސް ބޭސް ދިނުމަށް ފަހު ހޮސްޕިޓަލުން ފޮނުވާލީ އެވެ.

އެ ބޭސްތަކުން ކުރިއެރުމެއް ނުލިބޭތީ މި މަހުގެ 20 ވަނަ ދުވަހު އެޑްމިޓުކުރަން ނިންމީ، ޔުނާލް ބުނިގޮތުގައި، ކޮއްކޮ ގޮވައިގެން ތިން ވަނަ ފަހަރަށް އައިޖީއެމްއެޗަށް ދިއުމުންނެވެ. އެ ފަހަރު ލޭގެ ޓެސްޓެއް ހަދައި ނަތީޖާ ލިބެންދެން އީއާރުގައި ބޭތިއްބުމަށް ފަހު ކުޑަކުދިންގެ ވޯޑަށް ބަދަލުކުރީ އެވެ.

ނަމަވެސް، އައިވީ ގުޅައި އެޑްމިޓްކުރި ފަހުން ޔޫނުސްގެ ސިފަ ގެއްލޭ ވަރަށް ފުފެން ފެށި އެވެ. އެ ހާލަތު ރަނގަޅުވާން ފެށީ އިންޖެކްޝަނެއް ޖެހުމުންނެވެ. އެކަމަކު، އޭރު ވެސް ކޮއްކޮގެ ބަނޑު އޮތީ ފުއްޕާފައި ކަމަށް އާއިލާއިން ބުންޏެވެ.

ޔުނާލް ބުނިގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށް ތިން ދުވަސްވި އިރު ވެސް ކޮއްކޮއަށް ވާގޮތެއް ނޭނގުނެވެ. ކިރިޔާ ވެސް މައުލޫމާތެއް ލިބުނީ މިދިޔަ އަންގާރަ ދުވަހު، މެޑިކަލް އޮފިސަރަކު ކިޔައިދިނުމުންނެވެ.

އެ ޑޮކްޓަރާ ހަވާލާދީ އާއިލާއިން ބުނީ ޔޫނުސް ފުފިފައި ހުރީ ލިވާގައި ހުރި އެންޒައިމް، ހުންނަން ޖެހޭ ވަރަށް ވުރެ މަތި ވުމުންނެވެ. ލިވާގައި 0.5-55 އާ ދޭތެރޭގައި ހުންނަން ޖެހޭ އެންޒައިމް، އެ ކުއްޖާގެ ގުނަވަނުގައި ހުރީ 1،000 އިން މަތީގަ އެވެ.

"އެންޒައިމް މައްޗަށް ދިޔައީ ކީއްވެގެން ކަމެއް ވެސް، ކޮން ކަމަކާ ގުޅިގެން ކަމެއް އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތް ޝެއާ ކޮށްފައި. ހަމައެކަނި އެހެން ބުނީ، އެންޒައިމް މައްޗަށް ދާތީއޭ ފުފެނީ،" އާއިލާގައި ދޮއްޓަށް ހުރި ޒުވާނާ ބުންޏެވެ.

އިންޖެކްޝަނަށް ފަހު ވެސް ބަނޑުގެ ފުފުން ރަނގަޅު ނުވާތީ، ޔުނާލްގެ މަންމަ ވަނީ އެއީ ގޭހުގެ މައްސަލައެއްތޯ ބަލައި ދިނުމަށް ޑޮކްޓަރު ކައިރީގައި އެދިފަ އެވެ. އެކަމަކު، އިތުރަށް އެއްވެސް ކަމެއް ޔަގީން ނުކޮށް އިންޖެކްޝަން ޖެހި ކަމަށް އޭނާ ބުންޏެވެ.

"އިތުރަށް ޗެކް ނުކޮށް ކުށްހީއަކަށް ކޮއްކޮ ގަޔަށް ދެ އިންޖެކްޝަން ޖެހީ ދެ ފަހަރަކު މަތިން ދެ އިންޖެކްޝަން ޖެހި ގޭސް އިންޖެކްޝަން. އެއީ އަދި ކުޑަކުޑަ ކުއްޖެއް. އެ މީހުން ޓެސްޓެއް ވެސް ނުކުރޭ، ސްކޭނެއް ވެސް ނުހަދާ، ގޭސް ތޯ ބަލަން ޔަގީނެއް ވެސް ނުކުރޭ، އެކްސްރޭ އެއްވެސް ނުހަދާ. އިތުރު އެއްވެސް ކަމެއް ނުކުރޭ. ހަމައެކަނި، މަންމަ އެހެން ބުނި ބުނުމަށް އެ ދެ އިންޖެކްޝަން ޖެހީ،" ޔުނާލް ބުންޏެވެ.

އެ ހުރިހާ ކަމެއް ވެގެން ދިޔައިރު ވެސް، އާއިލާގެ ހިތްހަމަނުޖެހުންތައް ބޮޑުވެގެން ދިޔައީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު، ޔޫނުސްގެ ހާލަތު ބެލުމަށް ނުދިއުމުންނެވެ.

އާއިލާ އިން ބުނި ގޮތުގައި އެހާ ހަމައަށް ވެސް ޓެސްޓުތައް ހަދައި ފަރުވާ ދެމުން ދިޔައީ މެޑިކަލް އޮފިސަރުންނެވެ.

އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގޮސް ތިބި ބައެއް-- ފައިލް ފޮޓޯ: މިހާރު

"ސްޕެޝަލިސްޓެއް ދިޔައީ ވެސް، ބުރާސްފަތި ދުވަހުގެ ރޭ ރޭގަނޑު އެއްވެސް ކުރިއެރުމެއް ނުލިބޭތީ ބައްޕަ އަޑުގަދަކުރަން ފެށީމަ. ޑރ. އޭރު ހަދާފައި ހުރި ޓެސްޓުތައް ބަލާފައި ބުނީ ކޮއްކޮގެ ލިވާ ހަލާކުވަނީއޭ،"

"ލިވާ ފެއިލްވަނީ އެކޭ ނުބުނޭ. ލިވާ ހަލާކުވަނީއޭ، ބޭރަށް ދާން ރެޑީވާށޭ. އޭގެ ކުރިން ބުދަ ދުވަހު މެޑިކަލް އޮފިސަރުން އައިސްފައި ސްކޭނެއް ހަދަން ޕްރެސްކްރައިބް ކޮށްފައި، ސްކޭނެއް ހަދަން ވެގެން ނަރުހުން ކައިރި އެހީމަ ބުނީ ސްކޭނެއް ނެތޭ ހެދޭކަށް، ބުރާސްފަތި، ހުކުރު، ހޮނިހިރު ދުވަސް ބަންދުވީމަ ދެން އެންމެ އަވަހަށް ވެސް [ސްކޭން] ހެދޭނީ އާދިއްތަ ދުވަހޭ،" ޔުނާލް ބުންޏެވެ.

"އެކަމަކު، މިއީ، ކްރިޓިކަލް ޕޭޝަންޓެއް ގޮތުގައި އޮތް ޕޭޝަންޓެއް."

ކުރިން ދުވަހު ހަދަން ދިން ސްކޭން ނުހެދި އުޅެނިކޮށް ޑޮކްޓަރު ވަނީ ހަމަ އެ ސްކޭން ހެދުމަށް ރިކުއެސްޓުކޮށްފަ އެވެ. އެ ޓެސްޓު ނުހެދުނަސް އާއިލާއިން ދިޔައީ ޔޫނުސްގެ ފަރުވާއަށް ބޭރަށް ގެންދިއުމަށް ތައްޔާރު ވަމުންނެވެ.

ޔުނާލް ބުނީ ބޯޓަށް ކޮއްކޮގެ އޮކްސިޖަން ޓޭންކު ނޭރުވިގެން ވެސް ވަގުތު ނެގި ކަމަށެވެ. ޔޫނުސް ނިޔާވިއިރު ވެސް އެ ފޯމު އެޕްރޫމް ނުކުރެވެ އެވެ.

"ކޮއްކޮ ނިޔާވިތާ 10 މިނެޓު ފަހުން އާސަންދައިން ގުޅާފައި ބުނީ އޮކްސިޖަން ޓޭންކު އަރުވަން މިހާރު އެޕްރޫވަލް ލިބިއްޖެއޭ. އޭގެ ކުރިން ވެސް އަޅުގަނޑުމެން ދިޔައީ ގުޅަމުން އޮކްސިޖަން ޓޭންކު އަރުވަން، ރިފަރަލް ލެޓާގައި ވެސް އެބަ އިނދޭ އޮކްސިޖަން ޓޭންކާ އެކީގައޭ ފޮނުވޭނީ، އެ ނޫން ގޮތަކަށް ފޮނުވައިފިއްޔާ ޕޭޝަންޓު ނިޔާވާނެއޭ ފްލައިޓް މަތީގައި."

ބޭރަށް ފޮނުވުމުގެ ހުރިހާ ކަމެއް ހަމަޖެހެންދެން އާއިލާއިން ވަނީ ޔޫނުސަށް އައިސީޔޫގައި ފަރުވާ ދިނުމަށް އެދިފަ އެވެ. އެކަމަކު، އެ ތަނުގެ ޖާގަ ފުލްވެފައި ހުރުމުން އެ ފުރުސަތެއް ވެސް ނުލިބުނެވެ.

"އައިސީޔޫ މި ވަގުތު އޮތީ ފުލްވެފައޭ [އެއީ ދިން ޖަވާބަކީ]، ވެންޓިލޭޓަރުގައި އޮތް ޕޭޝަންޓުން އައިސީޔޫގައި އޮތީމަ،" ޔުނާލް ބުންޏެވެ.

އޭނާ ބުނީ އައިޖީއެމްއެޗްގެ އައިސީޔޫއިން ޖާގަ ނުލިބުމުން، އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ބަދަލުކުރެވިދާނެތޯ ވެސް ޑޮކްޓަރެއް ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެހުމުން އައިސީޔޫއަށް ބަދަލުކުރަން ޖެހުމުން ބަދަލުކުރާނެ ކަމަށް ބުނި ކަމަށެވެ. އެއާ އެކު، ދެން އޮތް ހާލަތަކަށް ނަފްސާނީ ގޮތުން ތައްޔާރުވެ ތިބުމަށް އެދުނަސް އިތުރު މައުލޫމާތެއް ނުދޭ ކަމަށެވެ.

ޔޫނުސް ނިޔާވީ، އޭގެ ފަހުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ކުއްލިއަކަށް އޮކްސިޖަން ދަށްވެގެންނެވެ. އެ ވަގުތު މެޑިކަލް އޮފިސަރުންގެ ޓީމެއް އެ ތަނަށް ގޮސް އެ ކުއްޖާއަށް ސީޕީއާރު ދޭން ފެށި އެވެ. ނިޔާވި ފަހުން ވެސް ސީޕީއާރު ދޭން ފެށުމުން ހުއްޓާލަން މަންމަ އެދުނެވެ. އެކަމަކު، ސީޕީއާރު ދިނުން ހުއްޓާލީ ނޭފަތާއި އަނގައިން ލޭ އަންނަން ފެށި ފަހުން ކަމަށް އާއިލާ އިން "މިހާރު" އަށް ކިޔައިދިނެވެ.

އޭނާ ބުނީ މަރު ސެޓްފިކެޓުގައި ޖަހާފައިވަނީ ލިވާ ފެއިލްވުން ކަމަށެވެ. އަދި ބަލި ދެނެގަނެވުމާއި މަރުވުމާ ދޭތެރޭގައި ހޭދަވީ ހަތް ދުވަސް ކަމަށް ބުންޏަސް، ލިވާގައި މައްސަލަ އުޅޭ ކަން އެންގީ ފަހުން ކަމަށް އާއިލާ އިން ބުންޏެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އިހުމާލުން ކަމަށް[ކޮއްކޮ ނިޔާވީ]" އޭނާ ބުންޏެވެ.

"ނިޔާވުމާ ހަމައަށް ވެސް ވަރަށް އުފަލުގައި އުޅުނީ."

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިހުމާލުން އަށް މަހުގެ ކުއްޖަކު ނިޔާވިކަމުގެ ކަންބޮޑުވުންތައް ފާޅުކުރުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

19 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 47%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޯ ހޯމް

30 June 2025

ހަލީމް އިސްތިއުފާ

The name is already taken The name is available. Register?

ފުތޫ

29 June 2025

މިޚަބަރު ކިޔާފަ ދެރަވެގެން ލިޔާނެ އެއްޗެއްވެސް ހަގީގަތުގައި ނޭނގެ. ވ ވ ދެރަވެއްޖެ. އަދި ރުޅިވެސްއެބައާދޭ.

The name is already taken The name is available. Register?

ބްލަޑް

29 June 2025

ހުރިހާކަމެއް ބޮއްސުންލާފަ، ހެނދުނު 6:30 ގަ މަޖީދީމަގުން ބުރެއް ޖަހާލަބަލަ، ކޮންމެ 50 ހަކަށް ފޫޓުން ޕޮލިހެއްގެ ބަދަލުގަ ފެންނާނީ ނައިސްވެފަ ތިބޭ ބްރޯއިން. ހޮސްޕިޓަލް ތަކުގަ އިމަރޖެންސީ ރޫމްގަ ތިބޭނީ ދަސްކުރާ ކުދިން. ސްޕެޝަލިސްޓް ޑަކުޓަރު ބަލާނީ ދުވާލަކު 10 ބަލިމީހުން، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްތަކޭ ކިޔައިގެން ފޮނިކެނޑިޔަސް ހަރާން ވާކަމެއް.

The name is already taken The name is available. Register?

ށސ11

29 June 2025

ޢައިސީޔޫ ފުރިފަ، އޮކްސިޖަން ޓެންކު ބޯޓަށް އެރުވަން ރިފަރަލް ހޯދަންޖެހިފަ، ސްޕެޝަލިސްޓު ޑޮކްޓަރުބެލުން ލަސްކޮށްފަ، ހާލުބޮޑުއިރު ޓެސްޓުނުހެދީ ބަންދުދުވަސްވީމަ...!!! މިއީ ބޮޑުވަރު!

The name is already taken The name is available. Register?

ދިރާސާވެރިޔާ

29 June 2025

މިހާރު އަލަށް ކިޔަވައިގެން އައިސް ރާއްޖޭގެ ހޮސްޕިޓަލުތަކުގެ މެޑިކަލް އޮފިސަރ ޑޮކްޓަރުން އުޅުއްވަނީ ވަރަށް މަތީގައި.. ތިން ހަތަރު ދާއިރާއިން ސްޕެޝަލައިޒްވެފައި ހުންނަ ޑޮކްޓަރަކަށް ވުރެ މޮޅަށް އަމަލު ކުރަން އުޅޭނެ. ގޫގުލް ސާރޗު ކޮށްފައި މޮޅު ބޭހެއް ލިޔެލަނީ. ހާއްސަކޮށް ކުޑަކުއްޖަކު ގޮވައިގެން ގޮއްސިޔާ ވަރަށް ގޮތް ދައްކަން އުޅޭނެ. މިހާރު އުޅޭ ބަޔެއް މެޑިކަލް އޮފިސަރުންނަށް ހީވާ ކަހަލަ ސްޕެޝަލިސްޓަކަށް ރިފަރ ކުރުމަކީ ތިމާ ދަށްވާކަމެކޭ.

The name is already taken The name is available. Register?

ކަންމަތީ ސޭޓް

29 June 2025

މި އަހަރުން ދައްކާ ވާހަކަ!!! ޓެކްސް ބޮޑުކޮށްގެން ވިޔަފާރިތައް ފެލައިން ސަރުކާރަށް ނަގާ ފައިސާ އިތުރުވިޔަސް ސަރުކާރުން ފައިސާ ހަރަދުކުރަނީ އާއްމުންގެ އަސާސީ ހިދުމަތްތައް ރަނގަޅު ކުރާކަށް ނޫނޭ!! އެހެން ނޫންނަމަ އައިޖީއެމްއެޗް އައިސީޔޫ ކެޕޭސިޓީވެސް ބޮޑުކުރާނެ. އެހެން ހިދުމަތްތައް ވެސް ރަގަޅު ކުރާނެ. އޭގެ ބަދަލުގައި ދެހާހުން ތިން ހާހުން ސިއްރުވެރި ގޮތަކަށް ބޭކާރު ސިޔާސީ މަގާމުތައް ހަދާ އެމީހުންގެ ބޮޑު މުސާރައަށް ޓެކުސް ފައިސާ އިސްރާފު ކުރަނީ !!

The name is already taken The name is available. Register?

ސވވސ

29 June 2025

އައިޖީއެމްއެޗް އަކީ ވ ފަރުވާކުޑަކޮށް ހިންގާތަނެއް

The name is already taken The name is available. Register?

އައިމިނާ

29 June 2025

ކުޑަކަމުދާ ހޮޅިގުޅާފަ ތިބޭ މީހުންގެ ޔޫރިންބޭގް ފުރި ތަޅުންގަނޑަށް ތިކިޖަހާއިރުވެސް ހުސްކޮށްނުލެވޭ. ވ.ފަރުވާކުޑަ. އައިޖީ އެމްއެޗް އިމަޖެންސީ ބައި ހީވާނީ ރޮހިންޏާގެ ކޭމްޕެއް ނުވަތަ ގައްޒާގެ ކޭމްޕެއްހެން. ޖެހިގެން އޮންނަ ބަލިމީހާ ނޭވާލެވޭނީވެސް އަނެއް ބަލިމީހާގެ މޫނަށް. އެހާ ގާތްގާތުގަ މީހުން ތިބެނީ ބައިތިއްބާފަ.

The name is already taken The name is available. Register?

އައިމިނާ

29 June 2025

ހޮސްޕިޓަލްތަކުގެ ގިނަ މުއައްޒަފުން ހަމަ ސުމެއް. އަބަދު އިވޭނީ ބިޒީބިޒީ ކިޔާއަޑު. ތިބޭނީ ކަމެއްނުކޮށް. އޯގާތެރިކަމެއް ކުލުނެއް ނަރުހުންގެފަރާތަކޫން ނުފެންނާނެ. މުސްކުޅި މީހުން ސާފުކޮށްފަ ދާއިރު ރަނގަޅަށް ފެންނުހިއްކޭ. ރާއްޖޭގެ ހޮސްޕިޓާ ތަކުގަ އެޑްމިޓްކުރާއިރަށް ބުރަކަށި ފާރުވޭ. އެހާވެސް ފަރުވާކުޑަ

The name is already taken The name is available. Register?

ކިހާބޮޑުކަމެއް

29 June 2025

އަދިވެސް ސަރުޚަރު ބަންދުކުރާތި ތިން ހަތަރު ދުވަހަށް ޗުއްޓީކޮށްލަން. ވެރިންނަށް ވަރިހަމައެއްނު އެމީހުްންގެ މީހަކު ވެލިވެގެން ޑޮކަށް ނުދެއްކިގެން އުޅޭކަށް ނުޖެހޭނެ. ސްކާން ސެންޓަަރު ހުޅުވައިގެން ޑޮކު ގެނެސްގެންވެސް އެމީހުންގެ ކުދިން ސްކޭން ކޮށްދޭނެ. މިހެން އައިޖީއެމްްެޗުން ކަންތައް ކުރާއިރު ހިތަކަށް ނާރާ މީ ހޮސްޕިޓަލެކޭ ދޯ! ތިން ހަތަރު ދުވަސް ވަންދެން ލެބު ބަންދުކޮށްގެން ސްކޭން މެޝިން ބަންދުކޮށްގެން ތިބޭކަށް ނުޖެހޭ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454