އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
29 ޖޫން 2025 - 13:27
މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހަކު އެ ތަކެތި މާލޭ މާރުކޭޓު ސަރަހައްދުގައި ވިއްކަން ހުއްޓައި އަތުލައިގަނެފި އެވެ.
ފުލުހުން މިއަދު ބުނީ އޯކިޑް ބިލްޑިންގައި ހުންނަ އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ރިޕޯޓް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ދިލްބަހާރުގެ، އަހްމަދު ނިއުޝަމް، 36 އެވެ.
އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި.-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެ އެއްޗެހި ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.
އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިންޖީނު ސްޕެއާޕާޓްސް އާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ރައް ބާކިއެ
29 June 2025
"ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ." ވަގުތުން އެނގިއްޖެ ދޯ.ނަމަވެސް 18 ކިލޯގެ މަަސްތުވާތަކެތި ރާއްޖެއަށް އަމިއްލައަށް ވެދެގެން އުޅޭއިރު އެގެނައި މީހަަކު ނޭނގުނު.ބަޔަކު ބީތ ވެދާނެ.
ގޮހޮޑާ
29 June 2025
އިއްޒަތްތެރި އެއް