ޝައްމާން މީގެކުރިން ޝަރީއަތުގެ މަޖިލީހުގައި: އެކަކު ވަނީ ކުށަށް އިއުތިރާފުވެފައި
30 ޖޫން 2025 - 14:08
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ އޮފިސަރުންތަކެއް މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އޭނާގެ އިތުރުން ދެން ދައުވާ ކޮށްފައިވަނީ އިމިގްރޭޝަންގެ ތިން އޮފިސަރުން ކަމަށްވާ ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދާއި ތ. ބުރުނީ، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އަދި މ. ހަޒާރީވިލާގެ، އަހުމަދު ލައްސާންގެ މައްޗަށެވެ.
މީގެ ތެރެއިން މިއަދު ޝަރީއަތް ކުރިއަށް ގެންދިޔައީ ޝަމްއާނާއި އަލްސަންގެ މައްޗަށެވެ. އިބްރާހިމް އަހުމަދާއި ލައްސާންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވި ގޮތުން ލައްސާންގެ ބައި ވަކިން ކުރިއަށް ގެންދަނީ އޭނާ ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައިވާތީ އެވެ. އިބްރާހިމްގެ ބައި ވަކިން ކުރިއަށް ގެންދާ ސަބަބެއް ގާޒީ ވިދާޅެއް ނުވެ އެވެ.
ޝަމްއާނާއި އަލްސަންގެ ބައިގެ އަޑުއެހުމެއް މިއަދު ބޭއްވި ނަމަވެސް، އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. މައްސަލައިގެ ލިޔުންތައް އަދިވެސް ދައުވާ ލިބޭ މީހުންނަށް ރައްދު ކޮށްދީފައި ނުވާތީ، ދައުވާ އިއްވުމަށާއި ޖަވާބުދާރީވުމަށް އެހެން އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގާފައިވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެ އެވެ.
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރަބޯ
01 July 2025
"ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ" ވަކިބަޔަކަށް ރުފިޔާ ފުނިފުނިން ކުރީގެރައީސަކު މާފު ކޮށްދިނީމާ އެނުވޭތަ މިމާއްދާއިން ދައުވާ ކުރެވޭނެ މީހަކަށް. ދައުވާވެސް ޑީލްވެސް ހަދާނީ ހަދާނެ ބަޔަކަށް. ދައުލަތާއެކު ޝަރީޢަތަށް ނުފޫޒު ފޯރުވަން ހެދޭ ކޮންމެ އެއްބާރުލުމަށް ވެވޭ ކޮންމެ އެއްބަސް ވުމަކުން ދެވޭ ލުޔަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް.
ބުނެވިދާނެތާ
30 June 2025
ވައްކަމުގެ މައްސަލައެއްގައި ސަރުކާރުގެ އިސް މަޤާމެއްގައި ހުރި މީހަކުގެ މައްޗަށް ދަޢުވާކޮށް އަދަބު ދިނުމަކީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫން.. ބުނަން މިއުޅެނީ ގިނައީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންދާ ވެރިން.. މިމައްސަލައިގައި ޝަމްޢާން ބައްދާލައިފައި އެވަނީ ކޮންމެވެސް އެހެން ސަބަބަބެއް އޮވެގެން.. މިހާރު ކޮބާ ރެއިޑްތައް، އަތުލާ ބޮންދުންތައް.. މިއުޅެނީ ބައިއެޅުމާއި އަތްނުލާންޖެހޭ މީހެއްގައިގަ އަތްލެވިގެން
ވަހުގސްް
30 June 2025
އޮފީހެއްގެ އެއްމެ އިސް މަޤާމުގައި ހުންނަ މީހާ ޚިޔާނާތްތެރިވެ ވައްކަންކުރުމާއި ފޭރުން ކަހަލަ ކަންކަން ކުރުމަކީ އާދައިގެ ކަމެއްނޫން. އޭގެ ނަތީޖާ ވެސް އާދައިގެ ގޮތަކަށް ނުދާނެ. އެހެންވީމަ އެފްއޭއެމްގެ ބައްސާމާއި އިމިގްރޭޝަނުގެ ޝަމްއާނުގެ މައްސަލަ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކެމާ.
؟؟?
01 July 2025
އެއިރެއްގައި ރައީސް އަކަަށް ހުންނަ މީހާ އާއި އޭނާގެ އައުވާނުން އިންތިހާއަށް ކުރާ ގިނަގުނަ ވިޔަފާރިތަކާއި ވައްކަންތަކުގެ ވާހަކަ ކޮބައިތޯ? ހަމައެކަނި ޝަމްއާން އާއި ބައްސާމުތޯ? މޫކޭ މިހާރު ކޮބައިތޯ
ސަމްސިއްޔާ
30 June 2025
ކޮބައިތަ ޝައްމާނުގެ އަންހެނުން. އަދިވެސްގޮވާ ފްރޭމޭ
ދަލޭކަ ދައިތަ
30 June 2025
ޝައްމާން ގެއްލުނުފަހުން ބޮންދުން އުފަލުން ކުރިންވެސް އުޅުނުހެން. މިލިއަނުން ފައިސާ އަންބޮނޑިއަށް ކަހާލި މީހުން ނުވޭ ކުށެއްކުރިބަޔަކަށް. ބަލަން ބޭނުންވާ މައްސަލަތަށް ފަޓާސްބަރިއެއްހެން. ނުބަލަންވާ މައްސަލަތަށް ޕާކިންއަށްލާފަ. ނޫނޭވާ ސަޅި ސިސްޓަމެއް.
ަަދސސށ
30 June 2025
ފޭރުނު މައްސަލާގައި ހައްޔަރު ކުރީ.
ގޭމޭ
01 July 2025
ދަލޭކައަށް ހީވަނީ ދެންތިބީ ލޯބޯކޮށި ހަނދާން ބަލި އަދި ތަންދޮރު ނޭގޭ ބައެއް ކަމަކީތަ؟ ބިދޭސީން ހިފަނީއޭ ކިޔާ އަޖޭ ދޭވްގަން ހެދިފަ ފިލުމު ކުޅުނުތަން އަހަރުމެންވެސް ދުށީމޭ! އަދި ކޮބާ ތިޔަ މީހަކު އޭގެ ކުރިން ޖެއްސި ޖަރީމާތަށް؟
ށީމް
30 June 2025
ޝައްމާން އަށް މި ވެރިކަމުގަ އިންސާފެއް ނުލިބޭނެ. ޝައްމާން އާއި ޒާތީ ގޮތުން ޖައްސާލާފަ ތިބީ ވެރިން.
ަސ×ަސ
30 June 2025
އިންސާފު ކޮން މާނައެއްގައި ތި ބޭނުން ކޮށްލީ؟
ފުގުހާ
30 June 2025
އަހުމަދު ލައްސާން ޑީލް ހަދާލީ ސަރުކާރާއެކީ. ލައްސާންގެ ބޭބެފުޅަކީ މިސަރުކާރުގެ ބޮޑު ކުންފުނީގެ ބޮޑު މީހެއް.
ސީސީ
30 June 2025
''އޭނާ ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައިވާތީ އެވެ.'' މީ ދެން މާ ސަޅިގޮތެއް. ބޮޑެތި ކުށްތަކަށް އަރައިގަތުމަށްފަހު ދައުލަތާއެކު ވަރުގަދަ ޑީލެއްހަދާ ޔޫރަޕްގައި ދިރިއުޅެނިކޮށް ނިމުނީ
ޖަމީލުބެ
30 June 2025
ބައެއް މައްސަލަތައް ހާދަ ފާސްޓޭ! ފަޓާސް ބަރިއެއްހެން! އަނެއްބައި މައްސަލަތައް... ވީތަނެއްވެސް ނޭގޭ!