އައްޑޫ ހަންކެޑެ ސަރަހައްދު.
30 ޖޫން 2025 - 21:44
އައްޑޫ ހަންކެޑެ ތަރައްގީ ކުރުމަށް ކުރިން ކަނޑައެޅި ކޮންސެޕްޓް ބަދަލުކުރަން ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށާއި އެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހްމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.
އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަންކެޑެ މަޝްރޫއު ހުއްޓާލައި، އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ނިންމި ނިންމުމާއި އައްޑޫގެ ގިނަ ރައްޔިތުންނާއި އޭނާ ވެސް ދެކޮޅު ކަމަށެވެ.
ހަންކެޑެ މަޝްރޫއުއަކީ ބޭންކް އޮފް ޗައިނާ އިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރަން ނިންމާފައިވާ މަޝްރޫއެއް ކަމަށާއި މި ސަރުކާރު ވެރިކަމަށް އައިއިރު އެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވިޔަސް، ލޯނުގެ ކަންކަން އޮތީ ވަރަށް "އެޑްވާންސްޑް ސްޓޭޖެއް" ގައި ކަމަށް އަޒާން ވިދާޅުވި އެވެ.
ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ އެޑްވާންސް ފައިސާ އިން ބައެއް ވެސް އޭރު ސަރުކާރުން ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުން ފަށައިފައި އޮތް ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި އެހެންވެ، މިދިޔަ އަހަރު އޭޕްރީލް މަހު ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު، އެ މަޝްރޫއު އިފްތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ވެސް ބޭއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު އަޒާން.-- ފޮޓޯ: މިހާރު
"އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ސަރުކާރުން މި ވަނީ އިއުލާންކޮށްފައި. މިއީ ކަންބޮޑުވާ ކަމެއް،" އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަންކެޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައި ވަނީ ދިވެހި ސަރުކާރުން ޗައިނާގެ އެކި ބޭންކުތަކަށް ދައްކަން ޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެންނެވެ. އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާ ލޯނެއް ދިނުން ޗައިނާގެ ގާނޫނުތަކާއި ގަވާއިދުތައް ތަން ނުދެ އެވެ.
އަޅުގަނޑުގެ ނަޒަރުގައި ހަންކެޑެ މަޝްރޫއުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން: މެމްބަރު އަޒާން
"އަޅުގަނޑުގެ ނަޒަރުގައި ހަންކެޑެ މަޝްރޫއުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން،" އަޒާން ވިދާޅުވި އެވެ.
"ދެއިރު ދެދަޅައަށް އާ ނަމެއް ކިޔައިފައި މަޝްރޫއެއް އިއުލާންކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އައްޑޫއަކީ ޓޫރިޒަމް އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވޭ. އައްޑޫގައި ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާންކުރުމުން ވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވޭ."
އަޒާން ވިދާޅުވީ ސަރުކާރާއި އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެޑެ މަޝްރޫއު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރަމުން ދަނިކޮށް އަދި ކޮންޓްރެކްޓަރަކާ ހަވާލުކޮށް، ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، އެކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރު ވެސް ގެއްލޭނެ ކަމެއް ކަމަށެވެ.
"ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް ގޮވާލަން،" އަޒާން ވިދާޅުވި އެވެ.
ސ. މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.
މިދިޔަ ސަރުކާރުގައި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު، ހަންކެޑެ ތަރައްގީކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ. ނަމަވެސް، އެ މަޝްރޫއުގައި ސަރުކާރުގެ ވިސްނުން މިހާރު ވަނީ ބަދަލުވެފަ އެވެ.
ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ ރަށްތައް ޓޫރިޒަމް މިނިސްޓްރީން ރޭ އިއުލާންކުރި އިރު، އޭގެ ތެރޭގައި ހަންކެޑެ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެައައްބެ
01 July 2025
އައްޑުއަކު ނެތޭ ރީތި ބީޗްތަކެއް އެއީ ޓުއަރިސްޓުން ގެނައުމަށް އޮތް ހުރަހަކީ. އައްޑޫގައި ހިންގަންވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން އިންޑަސްޓްރިއަލް މަސައްކަތްތައް. ގާމަންޓް ފެކްޓަރީ އެއްވެސް ކުރިން ހިންގި އައްޑޫގައި..
ކަހެރުވައް
01 July 2025
ހަންކެޑެގައި ހަދަންވީ އެންމެ ކުރިންވެސް ކަނޑައަޅާފަ އޮތްގޮތަށް ޓޫރިސްޓް ހޮޓަލެއް. ނިމުނީ. ބަލަ އަޒާނުމެން ތިހެން ރައްޔިތުންނޭ ފަޅޮލޭ ނުކިޔާ އައްޑޫގަ ހެދި ވިލިނގިއްޔާ ހެރެތެރެއާ އަދި މިހާރު އެއޮތް އިސްމެހެލާހެރަ އަށް ވެފަ އޮތްގޮތް ބަލާބަލަ. އެތަންތަން ސަސްޓެއިން ނުކުރެވުނު އިރު އަނެއްކާ ބިލިއަން ހަރަދުކޮށްގެން ހަންކެޑެ ހަދަން ތިއުޅެނީ ކޯންޗެއް ހޯދަންތަ؟ ފުރަތަމަ އެތަންތަން ރަނގަޅަށް ހިންގޭތޯ ބަލާބަލަ
ދަރަނިދަރަނިދަރަނި
01 July 2025
މީހަކު ނޫޅޭ އައްޑުއަށް ތިވަރަށް ޚަރަދު ކުރާކަށް. ރަށުގަ ނޫޅޭ މީހުން އަތޮޅުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ކޮންމެ މީހަކަށް ވަކިވަކިން އެޔާ ޕޯޓު އަޅާފަ ބުރިޖު އަޅާފަ. ރަށުގަ އުޅޭމީހާ މިޖެހެނީ ދެންވެސް ސިއްޙީ ކަމެއް ލައިގަތީމަ ސަލާން ޖަހައިގެން މާލެދާން. މިނޫންގޮތެއް ވޭތޯ އުޅުނީޔާ މާ ރަނގަޅު ފާޑުފާޑުގެ ނަންނަމުގަ ލޯނު ނުނަގާ. ދަރަނި ވުމަކީ ކަލޭމެނަށް ހަމަ އެއްވެސް މައްސަލައެއް ނޫންދޯ! ވެރިކަމަށް އަރާ އެކަކުވެސް ހިތަކަށް ނާރާ މިކަމެއް. ދަރަނި ނެގޭތޯ!
ކައްދައްތާ
01 July 2025
އެކަމް 2005 ން ފެށިގެން ނުވިކަމެއް ދެންވެސް ނުވާނެކަން އައްޑޫ ކުދިންނަށް ނިއެގުމަކީ، ލޭނައްކޭއު ނިއެގުން ދީ، ދެނަސް އައު ކަމައް ކޮއްފެއްލައު. ދުނިޔެ ވިޔަފާރި އަކައް އޮންނެއި ހަމައެކަނި ޙަރާމް ޓޫރިޒަމްތަ؟
އަހައްމާއްދީ
01 July 2025
ކަލޯ ގެޔާ، މިހާރު ޙަރާމް ޙަލާލު ޓޫރިޒަމެއް ވެސް އޮވޭތަ. ބަލަ ޙަރާމް އެއްޗިހިން ދޯ ޓެކުހާ، ރޯޔަލްޓީއާ، ރެންޓް ތިނަގަނީ، ކިހާ ބޮޑު ޖޯކެއްތަ އަޅޭ!
އަބްޑޫޅް +
01 July 2025
ހަންކެޑޭގެ މަސްރޫއު ހުއްޓާލީ، ހަންކަނޑާލީމަ ދޯ؟
ށަމީމާ
01 July 2025
ޢެމްޑީޕީ އިންޑިޔާއަށް ވިއްކާލާފައޮތް ތަނެއްތީ، ޗައިނާއިން ނޫން ކޮންމެތާކުން ދިނަސް ކާކު 120މ ބޭނުންނުވާނީ އެކަމު ވައިވެސް ނޭޅެވޭނެ އިންޑިޔާ އޮއްވާ. ސޮރީ.
ސުކުރީ ހަމީދު.
01 July 2025
ތިއޮތީ ހަރުތަނެއްގަ ޖެހިފަ. ރާއްޖޭގެ އެހެންތަނެއްގައިނަމަ ތިކަން ކުރެވުނީސް. އައްޑޫމީހުން ކައިރީ ފާޑުފާޑެއް ނުކުރެވޭނެ. މަށަށް މިހާރުވެސް ފެންނަންފަށައިފި ސަރުކާރުން އައްޑޫރައްއިތުންގެ އަޑުއަހާމަންޒަރު.
ނަންރީތި ހުސޭން
30 June 2025
ތިބުނާ ފަށޭހައިން މާކެޓްވާން އޮތްތަނެއްނަމަ އެހާބޮޑެތި ލުއިތައްދީފަ އޮތްއިރުވެސް ސަންގިރްލާ ނުހިންގިގެން އުޅޭކައް ނުޖެހުނީސްދޯ؟ ބޮޑައް ހީވަނީ ލޯނުތައް ފަސްކޮއްދޭން ބުނާތީ ތިބުނާ ލޯނުނުލިބެނީހެން. އެ ނުލިބެންޔާ ދެންޖެހޭނީ ޕްރޮޖެކްޓް ހިނގާ އެހެންގޮތެއް ހޯދަން. ގައިމުވެސް މިދިޔަ ސަރުކާރުތަކުން މުޅިރައްޔިތުންގެ ބޮލުގައަޅުވާއޮތް ބޮޑު ދަރަނި ފަސްކޮއްގެންވެސް ގައުމު ސަލާމަތް ކުރަންޖެހެ
އައިފާންޓޭ
30 June 2025
ބުނެލަން އޮތީ މިއީ ރަނގަޅު ވާހަކަ އެކޭ. އަދި މުއިއްޒު ގެ ފައިނޭންށަޝަލް ސެންޓަރ އަޅަންވީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލާފަ މުއިއްޒު ހިއްކަން ފެއްޓި ރަސްމާލޭގަ އެވެ